އިންޑިއާގެ އޮޑިޝާގެ ފެމަލީ ކޯޓު ތެރޭގައި ފިރިހެނަކު އޭނާގެ އަނބިމީހާ ގައިގާ ކަނޑިއަކުން ޖަހާ މަރާލައި އަދި އާއިލާ މީހުންނަށް އަނިޔާކޮށްފިއެވެ.
ރަމޭޝް ނަމަކަށް ކިޔާ އޭނާ، އޭނާގެ އަނބިމީހާ ސަންޖިތާއަށް ކަނޑިން ހަމަލާދިނުމަށް ފަހު ވަނީ މައިދައިތައަށް ވެސް އަނިޔާކޮށްފައެވެ. އަދި ކުޑަކުއްޖަކަށްވެސް ވަނީ އަނިޔާކޮށްފައެވެ. ނަސީބުކަންދިމާކުރި ގޮތުން ސަންޖީތާގެ ބައްޕައަށް އަނިޔާދޭން އުޅެނިކޮށް ވަނީ ސަލާމަތްވެފައެވެ.
ސަންޖީތާ އޭނާގެ މައިންބަފައިންނާއެކު ކޯޓަށް ދިޔައީ، ފިރިމީހާ އޭނާ ދެކެ ރުޅިވެރިކޮށް ކަންތައް ކުރާތީ އެކަން ހަމަޔަކަށް އެޅުމަށެވެ. ސިންޖީތާ ވަނީ މީގެ ދުވަސްކޮޅެއް ކުރިން މައިންބަފައިން ކައިރިއަށް ދިރިއުޅުން ބަދަލުކޮށްފައެވެ. އެއީ ފިރިމީހާ އޭނާއަށް އަނިޔާކުރާތީއެވެ.
ކުރިން ސަންގީތާ އުޅެމުން ދިޔައީ އޭނާގެ ފިރިމީހާއެކު ވަކިންނެވެ. ރަމޭޝް ވަނީ ކޯޓަށް ސަންގީތާ އޭނާގެ ގެއަށް ބަދަލުކޮށް ދިނުމަށް އެދި ހުށަހަޅާފައެވެ.
އެކަމާއި ގުޅިގެން ސަންގީތާގެ އާއިލާއިން ކޯޓަށް ހާޒިރުވުމުން ރަމޭޝް ވަނީ އެ މީހުންނަށް އަނިޔާދީފައެވެ.
ސަންގީތާ މަރުވީ ލިބުނު އަނިޔާތަކަށް ފަރުވާދެމުންދަނިކޮށް ހޮސްޕިޓަލްގައި އޮއްވާއެވެ. އެ ހާދިސާގައި އަނިޔާވި މައިދައިތަ އާއި ކުޑަކުއްޖާއަށް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.
ރިޕޯޓްތައް ބުނާގޮތުގައި، ކޯޓު ތެރެއިން ބަޔަކު ރަމޭޝް ކުރަމުންދިޔަ ކަންތައް ހުއްޓުވައި އޭނާއަށް އަނިޔާކުރުމަށްފަހު، ފުލުހުންނާއި ވަނީ ހަވާލުކޮށްފައެވެ.
ބަރާބަރަށް ތިޔަހަރީ އަނިޔާލިބޭ މީހާއަށް އިންސާފު ހޯދާދެވިފައި. މިވަރު ބައެއްގެ އަޅުވެތިކަމަށް ދާން ވިއްޔަ މިގައުގު ޣައްދާރު ކެރަފާ މުގާބޭ އެއުޅުނީ.....!!!
ސަންޖީތާ، ސިންޖީތާ، ސަންގީތާ ކޮބާބަ އަސްލު ނަމަކީ؟
ކޯޓުން ކަނޑި ވިއްކަން ހުންނަނީ ކިހާވަރަކަށްބާ؟ ނޫނީ ހަތިޔާރު ބަހާ ތަނަކައްބާ ތި މީހުން ކޯޓޭހިތާ ތި ދިޔައީ
ޠަމިނުވަރުގެ ކުލަދަނަޔަމިނުވަރުގެވެރިޔަކުނެތް2018 2018 ހޮވަނި ޔަމިނު
ކޯޓަށް ކަނޑި ވެއްދުނީ ކިހިނެތްބާ؟ އަދި ވަޅިއެއްވެސް ނޫން. ކަނޑިއަކީ ކުޑަވެސް އެއްޗެއް ނޫނޭ.