ކޮވިޑް-19 ފެތުރިފައިވާ ގައުމަކަށް ދަތުރުކޮށްފައި ނުވާ އަދި ކޮވިޑް-19 ޖެހިފައިވާ ކަމަށް އެނގިފައިވާ މީހަކާއި ކޮންޓެކްޓްވެސް ވެފައިނުވާ އިންޑިއާ އަންހެނަކު ކޮވިޑް-19 އަށް ފައްސި ވެފައިވާ ކަމަށް އިންޑިއާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮން ވައިރޯލޮޖީ އިން ވިދާޅުވެއްޖެއެވެ.

މިއީބަލި ޖެހިފައިވާ މީހަކާއި ކޮންޓެކްޓް ނުވެ ނުވަތަ ދަތުރު ކޮށްފައިނުވާ މީހަކު އިންޑިއާ އިން ކޮވިޑް-19 އަށް ފައްސިވި ފުރަތަމަ ފަހަރެވެ.

އެގައުމުގެ ހެލްތް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ކޮވިޑް-19 އަށް ފައްސި ވެފައިވަނީ އުމުރުން 41 އަހަރުގެ ޕޫނޭގައި ދިރިއުޅެމުން އަންނަ އަންހެނެއް ކަމަށާއި އޭނާގެ ހާލު ދެރަވެގެން ވެންޓިލޭޓަރުގެ އެހީގައި އައިސީޔޫގައި ބާއްވައިގެން ފަރުވާ ދެމުން އަންނަ ކަމަށެވެ. މިހާރު އޭނާއަށް ބަލި ޖެހުނު ގޮތް ބަލަމުން އަންނަ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ. ޕޫނޭ އަކީ އެންމެ ފުރަތަމަ އެގައުމުން ކޮވިޑް-19 އަށް ދެ މީހަކު ފައްސި ވެގެން ރިޕޯޓް ކޮށްފައިވާ ސިޓީއެވެ.

"އެ އަންހެން މީހާއަށް ބަލި ޖެހިފައިވަނީ ކިހިނެއްތޯ ބަލަމުން މިގެންދަނީ. ބަލި ޖެހިފައިވާ މީހުންނާއި ކޮންޓެކްޓް ވެފައިވާ މީހުންގެ އަދަދެއް ބުނަން ނޭނގުނަސް އެ އަންހެން މީހާއާއި ބަލި ޖެހިފައި ހުރި މީހަކާއިނޭނގި ބައްދަލުވެފައި ހުރެދާނެ." ހެލްތުގެ އޮފިޝަލަކު ވިދާޅުވިއެވެ.

ކޮވިޑް-19 އަކީ ގައިންގަޔަށް އަރާ ބައްޔެކެވެ. ގިނައިން ބަލި ޖެހިފައި ވަނީ ބަލި ޖެހުނު މީހަކާއި ބައްދަލުވެ، އެކުގައި އުޅުމުގެ ތެރޭގައެވެ. ކޮވިޑް-19 ޖެހިގެން ގިނަ ދުވަސްތަކެއް ވަންދެން އަލާމާތްތައް ނުފެނި ހުރެއެވެ. އަލާމާތްތައް ނުފެނި ހުންނައިރު ވެސް އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ބަލި ފެތުރެއެވެ. ބަލި ޖެހިފައި ހުރި މީހަކު އަތް ޖައްސާފައި ހުންނަ ތަނެއްގައި އަތް ލެވިގެން ވެސް ކޮވިޑް-19 ގެ ވައިރަސް ހަށިގަނޑަށް ވާސިލް ވެދާނެއެވެ.

އެހެންކަމުން އެންމެ ރައްކާތެރި ގޮތަކީ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމެވެ. އަދި ކޮންމެހެން ގެއިން ބޭރަށް ނިކުންނަން ޖެހިގެން ގެއިން ނިކުތް ނަމަވެސް ބަލި ޖެހިދާނެ ކަމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހެއެވެ. މޫނުގައި އަތް ނުލުމާއި އަތް ދޮވުމަށް ސަމާލުކަން ދޭން ޖެހެއެވެ.

ކޮވިޑް-19 ޖެހިގެން މިހާތަނަށް އިންޑިއާއިން ވަނީ 283 މީހަކު ރިޕޯޓް ކޮށްފައެވެ. އެގައުމުން މި ބަލި ޖެހިގެން މަރުވެފައިވަނީ 5 މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޝާޑް

    ނުބައި ފަޙިޝް ޢަމަލު ތަކުން ދުރުވޭ، ކަމެއް ފޮރުވާން އުޅޭހެން ހީވަނީ، އެއަންހެން މީހާ

    12
    2
  2. މެގަލޯޑް

    އިންޑިއާ ތި ކިޔަނީ އިންފެ ކްޓް ވެފަ ތިބި މީހުން ބައިގަނޑުގަނޑައް ފިލައިގެން އުޅޭ ތަނެއް.. ކޮންޓެ ކްޓް ވިޔަސް ނޭންގޭނެ...

    19
  3. ހުސޭނުބޭ

    ތި މީހާޔަށް ކޮވިޑް ތި ޖެހުނީ ގެރީގެ ސަބަބުން! އެންމެ ރަގަޅު ގޮތަކީ ގެރިތައް ކަތިލުން!

  4. ސަދސ

    ތިމީހުންނަށް ވާނުވާވެސް ނޭނގޭނެ. އެއުޅޭނީ ދުނިޔޭގެ ސަމާލުކަމުގެ ތެރެއަށް އިންޑިޔާ ގެންނަން. ތިއީ ގައުމުގެ އާބާދީ ރަނގަޅަށް ގުނަން އެނގުނު ބައެއްވެސް ނޫން.

  5. ކަނީރު

    ސަރުކާރުން ނުވަތަ މީޑިއާ އަކުންވެސް ކުރަންވީކަމަކީ ރައީސް ނަޝީދުގެ ހަބަރެއް ނުވަތަ އިންޑިއާގެ ޚަބަރެއް ދޭތެރެއަކުން ޖަހާލަންވީ. އެއިރުން މިބައިގަނޑު ނުކައި ނުބޮއި ތިބޭނެ ތަރަތަރަ ލައްވަން. ގޭގަ މަޑުކުރުވަންވެސް ރަނގަޅުގޮތެއް.