ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ އިޓަލީން 793 މީހަކު މަރުވެއްޖެއެވެ.

މިއީ މިހާތަނަށް ކޮވިޑް-19 ޖެހިގެން ގައުމަކުން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އަދި މިއީ އިއްޔެ އިޓަލީން މަރުވި އަދަދަށްވުރެ 160 އެއްހާ މީހުންގެ އިތުރު އަދަދެކެވެ.

އިޓަލީގައި އެންމެ ބާރަށް ކޮވިޑް-19 ފެތުރެމުންދާ ލޮމްބާޑީ ރީޖަނުން އެކަނިވެސް 546 މީހުން މަރުވިއެވެ. އިޓަލީގެ ވިޔަފާރީގެ މައި މަރުކަޒު މިލާނުވެސް ހިމެނެނީ މި ސަރަހައްދުގައެވެ.

މިޔާއެކު އިޓަލީން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 4825 އަށް އަރާފައެެވެ.

މިއަދު އިޓަލީން މި ބައްޔަށް އިތުރު 6557 މީހުން ވަނީ ފައްސިވެފައެވެ، މި ކޮވިޑް-19 އަށް އެ ގައުމުން އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ. އިޓަލީން މިހާތަނަށް ވަނީ މި ބައްޔަށް 53578 މީހުން ފައްސިވެފައެވެ.

މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް އެ ގައުމުން ރަނގަޅުވެފައި ވަނީ 6072 މީހުންނެވެ. އަދި 2857 މީހަކަށް އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ.

މިއަދު މިހާތަނަށް ދުނިޔޭގެ 35 ގައުމަކުން 1395 މީހަކު ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ. އަދި 21908 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ޔާﷲ މިނުރައްކާތެރި ބަލިން އަޅަމެން އެންމެން ސަލާމަތް ކުރަށްވާނދޭވެ އާމިން.

    17
  2. ޔާއްޓޭ

    މިއަދު މިހާތަނަށް ދުނިޔޭގެ 35 ގައުމަކުން 1395 މީހަކު ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ. ؟؟؟؟؟؟