ތިން ވަނަ އަށް އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހުނު ގައުމަކަށް އެމެރިކާ ވެއްޖެއެވެ.

އެމެރިކާ އިން މިއަދު މިހާތަނަށް އިތުރު 2685 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. މިއަދު މިހާތަނަށް އެމެރިކާ އިން 46 މީހުން މަރުވެއްޖެއެވެ. މިހާތަނަށް އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 26892 އަށް އަރައެވެ. މަރުވި މީހުންގެ ޖުމްލަ 348 އަށް އަރައެވެ. މިހާރު ވެސް އެމެރިކާގައި 708 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުން އެބަގެންދެއެވެ. މިހާތަނަށް 178 މީހުން ވަނީ އެމެރިކާ އިން ރަނގަޅު ވެފައެވެ.

ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެމުން ދަނީ އެމެރިކާގެ ނިއުޔޯކްގައެވެ. ކޮވިޑް-19 އަށް އެމެރިކާ އިން ފައްސިވި މީހުންގެ ތެރެއިން ގާތްގަނޑަކަށް 50 އިންސައްތަ މީހުން ފައްސިވީ ނިއުޔޯކުންނެވެ.

ނިއުޔޯކްގެ އިތުރުން ވޮޝިންޓަން، ކެލިފޯނިއާ، ނިއުޖާޒީ، ފްލޮރިޑާ، ލޫޒިއާނާ، އިލޮނޮއިސް، ޖޯޖިއާ، މިޝިގަން އަދި މެސަޗޫސެޓްގައި ވެސް އަންނަނީ ކޮވިޑް-19 ހަލުވިކަމާއި އެކު ފެތުރެމުންނެވެ.

އެމެރިކާގެ ސްޓޭޓްތަކުގެ ތެރެއިން ކޮވިޑް-19 ޖެހިގެން އެންމެ ގިނަ މީހުން މިހާތަނަށް މަރުވީ ވޮޝިންޓަނުންނެވެ. ވޮޝިންޓަނުން 74 މީހުން ވަނީ މަރުވެފައެވެ. ނިއުޔޯކުން 38 މީހުން މަރުވެފައި ވާއިރު ކެލިފޯނިއާ އިން ވެސް 19 މީހުން މަރުވެއްޖެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނައިބު ރައީސް މައިކް ޕެންޗް ވެސް ވަނީ މިހާރު ކޮވިޑް-19 އަށް ޓެސްޓް ކޮށްފައެވެ. ދެމީހުން ވެސް ވަނީ ކޮވިޑް-19 އަށް ނައްސި (ނެގެޓިވް) ވެފައެވެ.

ކޮވިޑް-19 ފެތުރެމުން ދާތީ އެމެރިކާގެ ބައެއް ސްޓޭޓްތައް ވެސް މިހާރު ވަނީ ފުރަބަންދު (ލޮކްޑައުން) ކޮށްފައެވެ.

ނަމަވެސް ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކޮވިޑް-19 ކޮންޓްރޯލް ކުރަން އެމެރިކާ ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރެއެވެ. އެހެންވެ އެމެރިކާގައި ވަރަށް އަވަހަށް ބަލި ފެތުރިގެން ގޮސް، ކޮންޓްރޯލް ކުރަން ދަތިވާ ހިސާބަށް ކަންތައްތައް ހިނގައިދާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ރަނގަޅު

  ޔާ ﷲ އިބައިލާހައްދުވާ ކުރަން މުސްލިމުންގެ ދުޝްމިން އެމަރި ކާ އިޓަލީ އަށްޖެހުނުހާލަށްވުރެ 3ގުނަ ނުބައި ހާލެއް ޖައްސަވާންދޭވެ..

  10
  9
  • ފުތު

   ކާކަށް 3ގުނަ ނުބައި ހާލު ޖައްސާށޭ ތިކިޔަނީ؟؟!

 2. ޔާ ﷲ

  އިބައިލާހައް ހަމްދު ކުރަން އަހަރެންގެ ދުޢާ އިޖާބަ ކުރެއްވީތީ އެމަރި ކާއަށް ކޮރޯނާޖެހުން...މާތް ރަސް ކަލާން ގަދަޔަށް ތިބަލިމަޑު ކަން އެމަރި ކާ އިސްރާއީލު ގައި ފަތުރުއްވަވާންދޭވެ.

  13
  3
  • ތަހުޒީބަކީ ކޮބާ

   ތިދުޢާ ކުރުން މާޙައްޤު އެބައިމީހުންގެ ސަބަބުން އަނިޔާ ލިބިފައިވާ އެތައް މިލިއަން އިންސާނުން. މިސާލަކަށް އަފްޢާނިސްތާނުގައި ތިބި، ޢިރާގުގައި ތިބި، ފަލަސްތީން، ސީރިއާ، ލުބްނާން، ވިއެޓްނާމް، ޖަޕާން..

 3. ޑރ.ރާމީ ހަސަން މަނިކު(އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

  އެމެރިކާ މީހުންނަކީ ރާއްޖޭ ގެ ރައްޔިތުންނާ އަޅާ ބަލާ އިރު ވަރަށް ކަންފަސޭހަ ވަރަށް މުޑުދާރު ބައެއް. އަތް ދޮންނާނީ ވެސް ހިތަށް އެރިއްޔާ. ވީމާ ރާއްޖެ އަށް ކޮރޯނާ ވައިރަސް ބޮޑަށް ފެތުރި މި ގައުމުތަކަށް ވީވަރު ނުވާނެޔޭ ކަނޑައެޅިގެން ދަންނަވަން ކެރިދާނެ. ރާއްޖޭ ގެ ރައްޔިތުން ނަކީ މި 3 ގައުމުގެ ރައްޔިތުނަށް ވުރެ އެތައް ހާސް ބައެއް ތާހިރު ބަޔަކަށް ވާތީ އާއި ކޮރޯނާ އިން ދިފާއުވުމަށް އަމިއްލަ އަށް ވެސް ކުރަންޖެހޭ "ގިނަ" ކަންކަން ކުރާތީ. ހާލަތު ތަންނުދޭތީ މަގުމައްޗަށް ނުކުމެ އުޅޭއުޅުން މާބޮޑުތަން ވެސް މަދުކުރަންޖެހޭ !

  19
 4. ޝައްފަ

  އާދެ ޑޮކްޓަރ ރާމީ! އިޓަލީމީހެއްގެގެއަށް ބޯ ދިއްކޮށްލަންނުކެރޭނެދުވާނުބައިވަހުން.ޗައިނާ ޔޯ.

 5. ކޮރޯނާ

  ކޮބާ ދުނިޔޭގެ ގަދަބާރު ކަމަށް ދަޢުވާ ކުރާ މީހުން. ﷲގެ ކުޅަދުންވަންތަ ކަން ކަމުން އިބުރަތް ހާސިލް ކޮށްބަލަ!

 6. Anonymous

  އެމެރިކާގައިވެސް މުސްލިމު އަޚުންނާއި އުޚުތުން ދިރިއުޅޭ. އެގޮތަށް ދުޢާ ނުކުރަށްވާ.

 7. އެމެރިކަން މުސްލިމް

  އެމެރިކާ އާންމު ރައްޔިތުންތޯ ގޯހީ ނޫނީ އެތަނުގެ ކޮންޓްރޯލް އޮތް ޒަޔަނިސްޓުންތޯ؟

 8. ށަޒަން

  ޢަލްހަމްދުލިއްލާހި .... މުޅިދުނިޔެ ފަސާދަކުރަމުންދާ އެމެރިކާ އަދި އިޒްރާހެލް ހަލާކުކުރައްވާދޭ... ފަލަސްތީނުން އެމީހުންގެ އެހީއާއެކު މެރިކޮންމެމީހަކަށް 4 މީހުން މިދެގައުމުން ދިއުމަކީ ހާއްސަ އުފަލެއް...

 9. އުފާ

  އެމެރިކާގަ މުސްލިމުން އުޅޭކަށް ނުޖެހޭ. މުސްލިމުންނާ ހަނގުރާމަ ކުރާބަޔަކާ އެކީގަތަ އުޅންވީ. އެހެން ރަނގަޅު ބިމަކަށް ކުޅަދާނަ ވެގެންވާ މީހާ ހިޖުރަ ކުރުން ވާޖިބު.