ދުނިޔޭގެ ކަންކޮޅުތަކުގައި މިހާރު ހިފެހެއްޓުމެއް ނެތި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ވައިރަހަށް އިސްރާއީލް ޑިފެންސް ފޯސް (އައިޑީއެފް) ގައި މަސައްކަތް ކުރަމުން އަންނަ 16 މީހަކު ފައްސި (ޕޮޒިޓިވް) ވެއްޖެއެވެ.
އައިޑީއެފް އިން މިއަދު ވަނީ ކޮވިޑް-19 ބަލިމަޑުކަމަށް މިހާތަނަށް 16 ސިފައިންގެ މީހަކު ފައްސިވެފައިވާ ކަމަށް ބުނެފައެވެ. އަދި އައިޑީއެފް އިން ވަނީ މީގެ ތެރެއިން އެންމެ ފަހުން ފައްސިވި 2 މީހުންނާއި ބެހޭ ބައެއް މަޢުލޫމާތު އާއްމު ކޮށްފައެވެ. އިސްރާއީލް ސިފައިންގެ ތެރެއިން ވައިރަހަށް އެންމެ ފަހުން ފައްސިވެފައިވާ ދެމީހުންނަކީ މިހާރުވެސް އަސްކަރިއްޔާގައި ޙިދުމަތް ކުރަމުން އަންނަ ދެ މީހުންނެވެ.
އެގޮތުން މި ވައިރަސް ޖެހުނު 16 ވަނަ ސިފައިންގެ މީހަކީީ 22 އަހަރުގެ މީހެއް ކަމަށާއި، އެމީހާ އަކީ މި ވައިރަސް އޭގެ ކުރިން ޖެހުނު 19 އަހަރު ސިފައިންގެ މީހާ އާއި ކޮންޓެކްޓު ވެފައިވާ މީހެއް ކަމަށް އައިޑީއެފް އިން މިކަމާ ގުޅޭގޮތުން މިއަދު ހާމަކުރި މަޢުލޫމާތުތަކުން އެނގެއެވެ.
އިސްރާއީލް ސިފައިންގެ އިދާރާއިން މިހާރުވެސް ދަނީ ވައިރަހަށް ފައްސިވެފައިވާ ސިފައިންނާއި ބައްދަލުވެފައިވާ މީހުން ވަކިން އެކަހެރި ކޮށް، ކަރަންޓީނު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން، އެންމެ ފަހުން ވައިރަހަށް ފައްސިވެފައިވާ ދެމީހުންގެ އާއިލާގެ މީހުންނާއި، އެމީހުންނާއި ބައްދަލުވެފައިވާ މީހުންގެ މަޢުލޫމާތުތައް އެއްކޮށް، ފިޔަވަޅު އަޅަމުންދާ ކަމަށް އެ އިދާރާއިން ބުނެއެވެ.
އިސްރާއީލުގައި ފުރަތަމަ ފަހަރަށް، މިދިޔަ ހަފްތާ ބަންދުގައި ވަނީ ނޮވެލް ކޮރޯނާ ވައިރަސް ބަލިމަޑުކަމާ ހެދި މީހަކު މަރުވެފައެވެ. މިހާތަނަށް އެޤައުމުގެ 883 މީހަކު ވަނީ މި ވައިރަހަށް ފައްސިވެފައެވެ.
މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ މި ވައިރަސް، އިސްރާއީލްގައި އާއްމުކޮށް ފެތުރުނަ ނުދިނުމަށް އެޤައުމުގެ ސަރުކާރުން ވެސް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ އިރު، މިހާތަނަށް އަދި އެޤައުމުގައި ވައިރަސްގެ ނުރައްކާ އޮތީ އަދި އެންމެ ބޮޑަށް ކަންބޮޑުވާން ޖެހޭ ހިސާބެއްގައި ނޫން ކަން ތަފާސް ހިސާބުތަކުން ދައްކައެވެ.
ﷲގެ ކުޅަދުންވަންތަކަށް ފަލަސްތީނުގެ މުސްލިމުންނަށް އަނިޔާކުރާ ޔަހޫދީ ބައިގަނޑަށްވެސް މިކަމުން ރަނގަޅު ފިލާވަޅެއް ލިބި. ޢެބައިމީހުން މި ދުނިޔޭގަވެސް ނިކަމެތިކުރައްވާ ބަލިކުރައްވާށި
އިސްރާއީލް ނެތި ކުރައްވާށި..
الحمد لله. ފަލަސްތީނުގެ ރައްޔިތުންނަށާއި މުސްލިމުންނަށް ރައްކައުތެރިކަން ދެއްވާށި.
އާމީން الحمد لله
ހާދަ އުފާވެ ރި ހަބަ ރެކޭ. އާމީން.
الحمد لله. ފަލަސްތީނުގެ ރައްޔިތުންނަށާއި މުސްލިމުންނަށް ރައްކައުތެރިކަން ދެއްވާށި
އާމީން الحمد لله
މުސްލިމު.ސިފައިންގެ މީހެއް ވެސް ހުރި
may allah bless all muslims
އަލްޙަމްދުލިއްލާހި އިސްރާއީލުގެ ނުބައި ލާއިންސާނީ ޔަހޫދީން ނެތިކުރައްވާށި! އާމީން