ކޮވިޑް-19 ޖެހިގެން އީރާނުން އިތުރު 129 މީހަކު މަރުވެއްޖެއެވެ.

އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު 1685 އަށް އަރާފައެވެ. އެ ގައުމުން އިތުރު 1028 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، އެ ގައުމުން މި ވައިރަސް ޖެހެނު މީހުންގެ އަދަދު ވަނީ 21638 އަށް އަރާފައެވެ.

އަދި އެ ގައުމުން މި ވައިރަސް ޖެހުނު 7913 މީހަކު ވަނީ ރަނގަޅުވެފައެވެ.

ހަލުވިކަމާއެކު މުޅި ދުނިޔެއަށް ކޮވިޑް-19 ގެ ނުރައްކާ ކުރިމަތިވަމުންދާއިރު، މީގެ ކުރިން އީރާނަކީ އޭގެ ނުރައްކާ 3 ވަނައަށް އެންމެ ކޮށްފައިވާ އެއް ގައުމެވެ. އެހެން ނަމަވެސް މިހާރު އެގައުމުން ބަލި ފެތުރުން ކޮންމެވެސް ވަރަކަށް ވަނީ ހުއްޓިފައެވެ.

ކޮވިޑް-19 ޖެހިގެން މިހާތަނަށް އެގައުމުގެ މަރުވި މީހުންގެ ތެރޭގައި މިނިސްޓަރަކާއި ގާނޫނު ހަދާ މަޖިލީޙުގެ ބައެއް މެމްބަރުންގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިން ހިމެނެއެވެ.

ކޮވިޑް-19 ޖެހިގެން މިހާތަނަށް ދުނިޔެއިން 3 ލައްކައަށް ވުރެ ގިނަ މީހުން ރިޕޯޓް ކޮށްފައިވާއިރު މަރުވި މީހުންގެ އަދަދު 13,000 އަށްވުރެ ގިނައެވެ.

ކިޔުންތެރިންގެ ހިޔާލު