ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އިންޑިއާގެ ބިހާރް ސްޓޭޓްގައި ހުންނަ 4،500 ފައްޅި ބަންދު ކުރުމަށް ނިންމައިފިއެވެ.

ބިހާރް ސްޓޭޓްގެ 4،500 ފައްޅިތައް ބަންދު ކުރުމަށް ދީނީ ކަންތަކާއި ބެހޭ އިދާރާއިން އަމުރު ކޮށްފައިވަނީ މި މަހުގެ 31 ވަނަ ދުވަހާއި ހަމައަށެވެ. ބަންދުކުރަން އަމުރު ކޮށްފައިވާ ފައްޅިތަކުގެ ތެރޭގައި ބިހާރް ސްޓޭޓްގެ އެންމެ ބާރުބޮޑު މަހާވިރް މަންދިރްގެ އިތުރުން އެންމެ ގިނައިން މީހުން އެއްވާ ފައްޅިތައް ހިމެނެއެވެ.

އެ އަމުރުގައި ބުނެފައިވާ ގޮތުން ބައެއް ބޮޑެތި ފައްޅިތަކުގައި އިސް ފާދިރީންނަށް ވަކި އަދަދެއްގެ މީހުންނާއި އެކީ އަޅުކަން ކުރެވޭނެއެވެ. އަދި ގިނަ މީހުން ގޭގައި ތިބެގެން އަޅުކަން ކުރުމަށްވެސް ވަނީ އަމުރު ކޮށްފައެވެ.

ކޮވިޑް-19 އަށް އިންޑިއާއިން މިހާތަނަށް 360 މީހަކު ފައްސި ވެފައިވާއިރު އެގައުމުން ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 7 އަށް އަރާފައެވެ. އެ ބަލި ޖެހިގެން ބިހާރް ސްޓޭޓުން މަރުވެފައިވަނީ އެންމެ މީހެކެވެ.

އިންޑިއާގެ އެހެން ސްޓޭޓް ތަކާއި އެއްގޮތަށް އެ ސްޓޭޓުންވެސް ދަނީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ބަލި ކޮންޓްރޯލް ކުރުމަށް އަޅަމުން އަންނަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން މީހުން ބޭރަށް ނުކުތުމާއި ގިނަ މީހުން އެއްވާ ތަންތަނަށް ނުދިއުމަށް ވަނީ ގޮވާލާފައެވެ. އަދި މިހާރު ބައިނަލްއަގްވާމީ ފްލައިޓް ތަކުގެ ދަތުރުތައްވެސް އެގައުމުން ވަނީ ހުއްޓާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާރިޔާ

    ގެރި މޯދީ ތިޔަހަދަނީ ކިހިނެއް.

    13
    1
    • ޖާރިޔާ

      ކޮންފަދަ ނަފްރަތެއް!