ކޮވިޑް-19 ޖެހިގެން ރޯމޭނިއާއިން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ އެވެ.

އެ ގައުމުން ކޮވިޑް-19 ޖެހިގެން މީހަކު މަރުވެފައި ވަނީ މިއަދު ހެނދުނުއެވެ. މި ބަލީގައި ފަރުވެފައި ވަނީ 67 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ މާރިޗް 18 ވަަނަ ދުވަހު މި ބައްޔަށް ފައްސިވި މީހެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރޯމޭނިއާގެ ޓައުންއެއް ކަމަށްވާ ފިލިއަސީގައި ފަރުވާދެމުންދިޔަ އެ މީހާއަށް ފަރުވާދެމުން ގޮސްފައި ވަނީ ކްރައިވޯގައެވެ. އޭނާއަކީ އެބައްޔަށް ފައްސިވިކަން ކަށަވަރު ވުމުގެ ކުރިން ފްރާންސްއަަށް ދަތުރު ކުރި މީހެއް ކަަމަށް ރިޕޯޓްތައް ބުނެއެވެ.

އަދި އެ މިހާއަކީ ވަރަށް ސީރިއަސް ސިއްހީ މައްސަލަތަކެއް ހުރި ކަމަށާއި، އެގޮތުން ކެންސަރު ބައްޔަށް އޭނާ ފަރުވާ ހޯދަމުން ގޮސްފައިވާ ކަމަށް ވެއެވެ.

އެ ގައުމުން އިތުރު މީހެއްގެ ހާލު ސީރިއަސްއެވެ. އެއީ 64 އަހަރުގެ އަންހެނެކެވެ.

އިއްޔެ އާއި ހަމައަށް ރޯމޭނިއާއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 367 އަށް އަރާފައެވެ. އޭގެ ތެރެއިން 14 މީހަކަށް އައިސީޔޫގައި ފަރުވާދެމުންދާ ކަަމަށް ރިޕޯޓްތައް ބުނެއެވެ.

އަދި އެގައުމުން މި ބަލި ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު ވަނީ 52 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު