ކޮވިޑް-19 އަށް ފައްސިވިމީހުންގެ ތެރެއިން ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ ސްޕެއިންއިން އިތުރު 394 މީހުން މަރުވެއްޖެއެވެ.

ސްޕެއިން ސަރުކާރުން ހާމަކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދުވެސް މިހާތަނަށް 344 މީހުން ވަނީ މަރުވެފައެވެ.

އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދަކީ 1725 އެވެ.

އެ ގައުމުން މިއަދު މިހާތަަނަށް 3076 މީހަކު ވަނީ ވައިރަސްއަށް ފައްސިވެފައެވެ. އަދި އެ ގައުމުން މި ވައިރަސްއަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 28572 އަށް އަރާފައެވެ. މީގެ ތެރެއިން 2125 މީހަކަށް އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެެ.

މިއާއެކު އަނެއްކާވެސް ސްޕެއިންވެފައި ވަނީ ކޮވިޑް-19 އަށް އެންމެ ގިނަ މީހުން ފައްސިވި ތިން ވަނަ ގައުމަށެވެ.

އެ ގައުމުން މި ބަލި ޖެހިގެން ރަނގަޅުވެފައި ވަނީ 1725 މީހުންނެވެ.

މިއީ މިހާތަނަށް ސްޕައިނުން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އަދި އިޓަލީއަށް ފަހު ގައުމަކުން އެއް ދުވަސް ތެރޭ މިހާ ގިނަ ބަޔަކު މަރުވި ފުރަތަމަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު