ޖަރުމަންވިލާތުގެ ޗާންސެލާ އެންޖެލާ މާކެލް އާއި ބައްދަލުވި ޑޮކްޓަރަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވުުމުން އެކަމަނާ ގެކޮޅުގައި ކަރަންޓީން ވެއްޖެއެވެ.

ޖަރުމަންވިލާތުގެ ސަރުކާރުން ވަނީ މާކެލް ކަރަންޓީން ވެފައިވާކަން ކަށަވަރު ކޮށްދީފައެވެ.

މާކެލް ވަނީ ހުކުރު ދުވަހު ބެކްޓެރިއަމް އިން ރައްކާތެރިވުމަށް ވެކްސިނެއް ޖަހާފައެވެ. ކޮވިޑް-19 އަށް ފައްސިވި ޑޮކްޓަރަކީ މާކެލް އަށް ވެކްސިން ޖެހި ޑޮކްޓަރެވެ.

މާކެލްގެ ހާލަތާއި ގުޅޭ ގޮތުން ޖަރުމަންވިލާތުގެ ސަރުކާރުން އަދި އެއްވެސް މައުލޫމާތެއް ނުދެއެވެ. ހަމައެކަނި ބުނެފައި ވަނީ ޑޮކްޓަރު ކޮވިޑް-19 އަށް ފައްސިވުމުން މާކެލް ވެސް ރައްކާތެރިކަމުގެ ފިޔަވަޅެއް ގޮތުން ގޭގައި ކަރަންޓީން ވެފައިވާ ކަމަށެވެ.

ޖަރުމަންވިލާތުގެ ސަރުކާރުން ބުނީ މާކެލް ގޭގައި ކަރަންޓީންގައި ހުންނެވި ނަމަވެސް ގޭގައި ހުންނަވައިގެން ވަޒީފާގެ ޒިންމާތައް އަދާކުރައްވަމުން ގެންދަވާނެ ކަމަށެވެ.

މާކެލް ކަރަންޓީން ވުމުގެ ކުރިން ވަނީ އިއްޔެ ގައުމާއި މުހާތަބު ކުރައްވާފައެވެ. ގައުމާ މުހާތަބު ކުރައއްވާ މާލެ ދެއްކެވި ވާހަކަފުޅުފައި ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ދެމީހުންނަށް ވުރެ ގިނައިން އެއްވެސް ތަނަކަށް އެއްވެސް އުޅުން މަނާ ކުރިކަން އިއުލާން ކޮށްފައެވެ. އާއްމުން ތަންތަނަށް އެއްވުން މަނާކޮށްފައި ވަނީ ދެހަފްތާ ދުވަހުގެ މުއްދަތަކަށެވެ.

މިހާތަނަށް ޖަރުމަންވިލާތުން 21000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އިޓަލީވިލާތާއި ސްޕޭން ފިޔަވައި ޔޫރަޕުން އެންމެ ގިނަ މީހުންނަށް ބަލި ޖެހިފައި ވަނީ ޖަރުމަންވިލާތުންނެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޔޫރަޕްގެ ގިނަ ގައުމުތަކުން މިހާރު ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައި ވީނަމަވެސް ހަލުވިކަމާއި އެކު ޔޫރަޕްގައި ދަނީ ބަލި ފެތުރެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު