ކޮވިޑް-19 ޖެހިގެން ގިނަބަޔަކު މަރުވަމުން އަންނަ އެއް ގައުމުކަމަށްވާ އީރާނުން އިތުރު 127 މީހުން މަރުވެއްޖެ އެވެ.

އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 1812 އަށް އަރާފައެވެ. އެ ގައުމުން އިތުރު 1411 މިހުން ވަނީ މި ވައިރަހަށް ފައްސިވެފައެވެ.

އެ ގައުމުން މި ވައިރަސްއަށް ފައްސިވި މީހުންގެ ޖުމްލަ އަދަދަކީ 23049 އެވެ.

އެ ގައުމުން މި ވައިރަސް ޖެހުނު 8376 މީހަކު ވަނީ ރަނގަޅުވެފައެވެ.

ކޮވިޑް-19 ޖެހިގެން އެ ގައުމުން ގިނަބަޔަކު މަރުވަމުން އަންނައިރު، އިއްޔެ މަރުވެފައި ވަނީ 129 މީހެކެވެ.

ކޮވިޑް-19 ޖެހިގެން މިހާތަނަށް އެގައުމުގެ މަރުވި މީހުންގެ ތެރޭގައި މިނިސްޓަރަކާއި ގާނޫނު ހަދާ މަޖިލީޙުގެ ބައެއް މެމްބަރުންގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިން ހިމެނެއެވެ.

މުޅި ދުުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 349,676 އަށް އަރާފައެވެ. މި ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު 15,303 އަށް އަރާފައިވާއިރު، ބަލި ޖެހިގެން ރަނގަޅުވި މީހުންގެ އަދަދަކީ 100,340 އެވެ.

ކިޔުންތެރިންގެ ހިޔާލު