ޗައިނާ ސަރުކާރުން ސިއްރު ކޮށްފައިވާ މައުލޫމާތުތަކުން ކޮވިޑް-19 ވައިރަސް އަށް ފައްސިވާ ކޮންމެ 3 މީހުންގެ އެކަކުގެ ފަރާތުން ވައިރަސް ޖެހިފައިވާކަމުގެ އެއްވެސް އަލާމާތެއް ނުފެންނަކަން ހާމަވެއްޖެއެވެ.

ޗައިނާގެ ނޫހަކުން މި މައުލޫމާތުތައް އާއްމު ކުރަމުން ބުނެފައި ވަނީ ސަރުކާރުގެ ރެކޯޑުތައް ދައްކާގޮތުން ފެބްރުއަރީ މަހުގެ ނިޔަލާއި ހަމައަށް އެ ގައުމުން ވައިރަސްގެ އެއްވެސް އަލާމާތެއް ނުފެނި 43،000 މީހަކު ފައްސި (ޕޮސިޓިވް) ވެފައިވާ ކަމަށާއި ނަމަވެސް މި އަދަދުތައް ރަސްމީ ހިސާބުތަކުގައި ހިމަނާފައި ނުވާ ކަމަށެވެ.

މީގެ ކުރިން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ އިން ބުނެފައިވަނީ ވައިރަސްގެ އަލާމާތްތައް ނުފެނި މީހުން ފައްސި ވުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ. ނަމަވެސް މިހާރު ގިނަ ސައިންސްވެރިންތަކެއް އަންނަނީ އެއީ ތެދެއް ނޫންކަމަށް ބުނަމުންނެވެ.

ސިއްހަތު ޖަމިއްޔާ އިން ވައިރަސް ޖެހިފައިވާ މީހެއްގެ ގޮތުގައި ބަލައިގަންނަނީ ވައިރަސް އަށް ފައްސިވުމުން ނަމަވެސް، ފެބްރުއަރީ 7ން ފެށިގެން ޗައިނާ އިން ވައިރަސް ޖެހިފައިވާކަމަށް ބަލަނީ މީހެއްގެ ގައިން ވައިރަސްގެ އަލާމާތްތައް ފެނި، ވައިރަސް އަށް ފައްސިވުމުންނެވެ.

ކޮވިޑް-19 ވައިރަސް ހަލުވިކަމާއި އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން އަންނަ އިރުގައި ވަައިރަސްގެ އަލާމަތްތައް ނުފެނި މީހުން މި ވައިރަސް އަށް ފައްސިވުމަކީ މީގެ ނުރައްކާތެރިކަން އިތުރުވެގެންދާ ކަމެކެވެ. އެހެންކަމުން މިދުވަސްވަރު ކޮންމެހެން މަޖުބޫރުވެގެން މެނުވީ ބޭރު ތެރެއަށް ނިކުމެ އުޅުމަކީ ބުއްދިވެރިކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބްރޯ

    ފޮޒިޓިވްވާ މީހުނަށް އެހެން ދިމާވަނި ކީނޫން . މީހާއަށް މި ބަލިޖެހިފާހުރިކަން ނޭގުނަސް އެމީހާ ގެ ފަރާތުން އެހެން މީހުނަށް ބަލިޖެހޭތީ ބަލި ބޮޑަށް ނުރައްކާތެރިވަނީ