ކޮވިޑް-19 ހަލުވިކަމާއި އެކު ފެތުރެމުންދާ އިޓަލީ އިން މިހައިތަނަށް 23 ޑޮކްޓަރަކު ބަލި ޖެހިގެން މަރުވެއްޖެއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާ އިން ފެތުރެން ފެށި ވައިރަސްގެ އަސަރު މުޅި ދުނިޔެ އިންވެސް އެންމެ ބޮޑަށް ކުރަމުން ގެންދާ ގައުމަކީ އިޓަލީއެވެ. އެ ގައުމުން ބަލި މީހުންނަށް ފަރުވާ ދެމުން ގެންދިޔަ 23 ޑޮކްޓަރަކު މަރުވެފައިވާކަން ހާމަ ކޮށްފައި ވަނީ އިޓަލީގެ ޑޮކްޓަރުންގެ ޖަމިއްޔާ އިންނެވެ.

މަރުވި 23 ޑޮކްޓަރުންގެ ތެރެއިން 19 ޑޮކްޓަރުންނަކީ އިޓަލީގައި ވައިރަސްގެ އަސަރު އެންމެ ގަދައަށް ކޮށްފައިވާ ލޮމްބާޑީ އަވަށަށް ނިސްބަތްވާ ޑޮކްޓަރުންނެވެ. އެންމެ ފަހުގެ ރެކޯޑުތައް ދަައްކާ ގޮތުން އިޓަލީގެ 4،824 ސިއްހީ އޮފިޝަލުން ވަނީ ވައިރަހަށް ފައްސި (ޕޮސިޓިވް) ވެފައެވެ.

އިޓަލީ އިން މިހައިތަނަށް ވައިރަސްގެ ޝިކާރަ އަކަށްވެ 5000ށް ވުރެން ގިނަ މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުން ނަމަވެސް ޒުވާނުންވެސް މީގެ ތެރޭގައި ހިމެނެއެވެ.

ލޮމްބާޑީގެ ހޮސްޕިޓަލްތަކުގައި ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ބަޔަކު މަރުވަމުން އަންނައިރު ދާދި ފަހުން އެ ސަރަހައްދު ވަނީ ނޫސްވެރިންނަށް ދައްކާލާފައެވެ. އެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގައި ގިނަ ކޮޓަރިތަކެއްގައި މިހާރު ދަނީ މަރުވާ މީހުންގެ ސަންދޯއްތައް ބަހައްޓަމުންނެވެ. އަދި ހޮސްޕިޓަލްތައް ފުރުމުން ކްރިސްޓިއަނުން އަޅުކަން ކުރަންދާ ޗާޗުތައްވެސް މިހާރު ވަނީ ސަންދޯއްތަކުން ފުރިފައެވެ.

ކޮވިޑް-19 އިޓަލީވިލާތުގެ ޑޮކްޓަރުންނާއި ނަރުހުންނަށް ޖެހޭ މިންވަރު އެހެން ގައުމުތަކާއި އަޅައިބަލާއިރު މާބޮޑަށް ވެސް އިތުރެވެ. މިހާރު ވެސް އެގައުމުން ގިނަ ސިއްހީ އެހީތެރިންނަށް ބަލި ޖެހިފައި ވާއިރު ބަލި މީހުން ގިނަވެ އެކަށީގެންވާ އަދަދަށް ޑޮކްޓަރުންނާއި ނަރުހުން ނުލިބުމުގެ މައްސަލަ ވަނީ ކުރިމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރއޔތނ

    މި ވަ ރުން ވެސް ސަ ރުކާ ރު ހޭއަ ރާ ..ބަލި ވަން ނަ ދޮ ރާށި ބަންދު ކު ރާކައް ނުވޭތަ. މި ރާއްޖޭ ގަ ސިއްހީ ނިޒާމް ގަ ނެތް ބަލި ފެތު ރިއްޖިޔާ ކު ދެވޭނެ ކަމެއް . ރައްޔިތުން ބޭނުމީ ރައް ކާތެ ރިކަން މިސަ ރުކާ ރެކައް ހޯދާ ނުދެވޭ.

    42
    4
  2. Anonymous

    އެހެން މީހުންގެ މަރުން ޢިބްރަތް ލިބިގަނޭ. ދަތުރު ތައް ހުއްޓާލަދީ

    11
  3. ީއިބުރަާހިމް

    މި ވަ ރުން ވެސް ސަ ރުކާ ރު ހޭއަ ރާ ..ބަލި ވަން ނަ ދޮ ރާށި ބަންދު ކު ރާކައް ނުވޭތަ. މި ރާއްޖޭ ގަ ސިއްހީ ނިޒާމް ގަ ނެތް ބަލި ފެތު ރިއްޖިޔާ ކު ދެވޭނެ ކަމެއް . ރައްޔިތުން ބޭނުމީ ރައް ކާތެ ރިކަން މިސަ ރުކާ ރެކައް ހޯދާ ނުދެވޭ.

    6
    1
  4. ބަހާރު

    ޓީޗަރުންނާ ސިއްހީދާއިރާގެ މީހުންގެ ތަފާތު މިހާރު މީހުންނަށް ފަހުމްވެދާނެކަމަށް ހީކުރަން. މިފަދަ ކޮންމެކަމެއްގައި ސްކޫލްތައްބަންދުކުރިއަސް، ހަސްފަތާލުތަކާ ސިއްހީހިދުމަތްދޭ ތަންތަން ހުންނަންޖެހެނީ ހުޅުވާފަ. އަދި އެއްގިޔަރުމަތީގަ.

    6
    2
  5. ?

    ރައްޔިތު މީހާވެސް ރައްކާތެރިކަން ބޭނުންނަމަ ފަރުދީ ޒިންމާ ނަގަން ވީ ފުރަތަމަ. ނޫނީ ކިތަންމެ ކަމެއް ކުރިއަސް ހައްލެއް ނުލިބޭނެ. ފޭސް ބުކް ނޫނީ ވައިބަރ އިން ޝެއަރ ކުރާ ވާހަކަ ތަކަކުން ހައްލެއް ނުލިބޭނެ. ޢެންމެ ބޮޑު ހައްލަކީ ފަރުދީ ޒިންމާ....