ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން މިހާތަނަށް ލައްކައަކަށް ވުރެ ގިނަ މީހުން ރަނގަޅުކޮށްފިއެވެ.

ދުނިޔޭގެ 180 އަށް ވުރެ ގިނަ ގައުމުގައި ކޮވިޑް-19 ފެތުރެމުންދާ އިރު، މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 381,653 އަށް އަރައިފައެވެ.

ބަލި ޖެހެމުން އަންނަ މިންވަރާއި ބަލިން ރަނގަޅުވަމުން އަންނަ މީހުންގެ އަދަދު ބަލަމުން އަންނަ ހޮޕްކިން ޔުނިވަސިޓީ ސެންޓަ ފޯ ސިސްޓަމް ސައިންސް އެންޑް އިންޖިނިއަރިން އާއި ހަވާލާދީ ބޭރުގެ މަޝްހޫރު ނޫސް "ޑެއިލީ މެއިލް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ބަލިން ގިނަ އިން ރަނގަޅުވެފައި ހުރީ ޗައިނާގައި ތިބި މީހުންނެވެ. ޗައިނާ އިން 81,171 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހުނު ކަމުގައިވިޔަސް، 73,159 މީހުން ވަނީ ބަލިން ރަނގަޅުކޮށްފައެވެ. އެއީ 90 ޕަސަންޓު މީހުންނެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި މި ބަލި ޖެހިގެން ފަރުވާދިން 102,429 މީހުން ވަނީ ރަނގަޅުކޮށްފައެވެ.

މި ބަލި ފުރަތަމަ ފެނުނު ގައުމު ކަމަށްވާ ޗައިނާއިން ބައްޔަށް ފައްސިވާ މިންވަރުވެސް މިހާރު ވަނީ އިންތިހާއަށް ދަށަށް ގޮސްފައެވެ.

މިހާތަނަށް ކަމާބެހޭ އިދާރާތަކުން ހެދި ސާވޭތަކުން ދައްކާ ގޮތުގައި، ޔޫރަޕްގެ ގައުމުތަކުންނާއި އިނގިރޭސި ވިލާތުން މި ބަލި އިތުރަށް ފެނިގެން ދިއުމުގެ ފުރުސަތު ބޮޑެެވެ. މިހާރު އެންމެ ގިނައިން މިބަލީގައި މީހުން މަރުވަމުން އަންނަ ޔޫރަޕުން އަދިވެސް އޮތީ އިތުރަށް ވައިރަސް ފެނިދާނެ ކަމަށް ތައްޔާރުވެގެންނެވެ.

މިހާރު ޗައިނާ ނިސްބަތްވާ އޭޝިއާ ބައްރުން މި ބަލި ފެންނަ މިންވަރު އެންމެ ގިނަ ގައުމަކީ ދެކުނު ކޮރެއާއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލީ

    ރަގަޅު ކުރީތޯ ނޫނީ ރަގަޅުވީ ތޯ؟

  2. ފާތުން

    ކޮންމެ ކަމެއް ވެސް ހަދާ ޖޯކަކަށް

  3. އަޅުގަނޑު

    އަލްހަމްދު ލިﷲ. މާޝާﷲ