ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން 80 އަހަރުން މަތީގެ މީހުން މަރުވާން ދޫކޮށްލަން އިޓަލީވިލާތުން ކުރިން ނިންމާފައި އޮތް ނިންމުން ބަދަލުކޮށް، މިހާރު އުމުރުން 60 އަހަރުން މަތީގެ މީހުން މަރުވާން ދޫކޮށްލަން ނިންމާފައިވާ ކަމަށް ބަލި މީހުންނަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި ހަވާލާދީ ބައިނައަލްޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެތައް ބަލި މީހުންނެއް މަރުވާން ދޫކޮށްލަން އިޓަލީވިލާތުން ނިންމާފައި ވަނީ ހުރިހާ އެންމެނަށް ފަރުވާ ދެވޭނެ ވަސީލަތްތައް ނެތުމުންނެވެ. ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން އުމުރުން ދޮށީ މީހުންނަށް ފަރުވާ ދިން ނަމަވެސް އެމީހުންގެ ފުރާނަ ސަލާމަތް ކުރުމުގެ ފުރުސަތު ކުޑަކަމަށް ވެއެވެ. އެހެންވެ އިޓަލީވިލާތުގެ އޮފިޝަލުން މިހާރު ބޭނުން ވަނީ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމުގެ އުއްމީދު އޮތް މީހުންގެ ފުރާނަ ސަލާމަތް ކުރަން ޑޮކްޓަރުން މަސައްކަތް ކުރާށެވެ.

ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް މިހާރު އިޓަލީވިލާތުގެ ޕަރްމާއަށް ގޮސްހުރި އިސްރާއީލްގެ ޑޮކްޓަރެއް ކަމަށްވާ ގައި ޕެލަގް އެގައުމުގެ "ޗެނަލް-12" އަށް ދިން އިންޓަވިއުއެއްގައި ބުނީ ފަރުވާ ދޭން ޖެހޭ ބަލި މީހުންގެ އަދަދު އިތުރުވެ ހޮސްޕިޓަލްތަކަށް ނުކަތާ ވަރަށް ބަލި މީހުން އިތުރުވެފައި ވާތީ "އުމުރުން 60 އަހަރުން މަތީގެ މީހުން ދޫކޮށްލަން" ހޮސްޕިޓަލްގެ ވެރިން އަންގާފައިވާ ކަމަށެވެ.

ނަން ހާމަކުރަން ބޭނުން ނުވާ އިތުރު ޑޮކްޓަރަކު "ދަ ލޯކަލް" އަށް ދިން އިންޓަވިއުއެއްގައި ވެސް ބުނީ އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ފަރުވާ ދިނުން ހުއްޓާލާފައިވާ ކަމަށެވެ.

"މިއީ ފަސޭހަ ނިންމުމެއް ނޫން. ނަމަވެސް މިހާލަތުގައި މިނޫން އިތުރު އެއްވެސް ގޮތެއް ނެތް." އެ ޑޮކްޓަރު ބުންޏެވެ.

"ދަ ލޯކަލް" ގައި ބުނެފައި ވަނީ ހޮސްޕިޓަލަށް އަންނަ ބަލި މީހުންގެ ތެރެއިން ކިރިޔާ ވެސް ނޭވާލެވޭ މީހަކު ހުރި ނަމަ އެމީހަކު ގެއަށް ފޮނުވާލަމުންދާ ކަމަށެވެ. އެއީ ހޮސްޕިޓަލްތަކުގައި ޖާގަ ނެތުމުންނެވެ.

ކޮވިޑް-19 ގެ ސަބަބުން ހާލަތު އެންމެ ގޯސްވެފައިވާ ގައުމަކީ އިޓަލީވިލާތެވެ. އެގައުމުން މިހާތަނަށް 6077 މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ރުޝާ

    ހާދަ ނުލަފާ ބައެކޭދޯމީ އިންސާނިއްޔަތުގެ ކަންފުޅެއްވެސް ހަމަނެތީތަ؟އެމީހުންގެވެސް އާއިލާ މީހުން ތިބޭނެދޯ ކިހާދެރަވާނެ

    44
    62
    • ފާރިހު

      ބަލަ ހަބަރު ރަނގަޅަށް ކިޔާފަ ކޮމެންޓު ކޮށްބަލަ. މީގަ އިތުރު އެހެން ގޮތެއް މަންޖެ ބުނެދީބަލަ

      38
      8
    • މަޖުބޫރު

      އެ ގޮތަކަށް ނޫމް ނިންމުން އޮތީ ވަގުތުގެ ސުރުހީ އޮތް ގޮތް އެއީ.. އެންމެންނަށް އެއްފަހަރާ ފަރުވާ ދެވެން ނެތީމަ ނިންމުން އޮތީ ގަރުވާ ދިނުމުގަ އިސްކަންދިނުމުގަ ބަލާނެ ގޮތެއް އެ ގޮތުން ސަލާމަތް ކުރެވޭނެކަމުގެ އުއްމީދު އޮތް ފަރާތްތަކަށް ފަރުވާ ދިނުން އިސްކުރުން.. އެހެން އިސް ކުރާއިރު ގިނަފަހަރު ދުވަސް ވީ މީހުން ކަޓާތީ އެ ޒާތުގެ ވާހަކަ ދައްކަނީ.. އެއީ ނުބައިވުމެއް ނޫން އެ ފަދަ ހާލަތަކަށް ގޮސް ގޮތް ހުސްވީމަ އެކަހަލަ ގޮތަކަށް ހަދަން މަޖުބޫރުވާނެ ކޮންމެ ބަޔަކަށްވެސް..

      27
      7
    • އަލީމްބެ

      ރަނގަޅައް އާޓިކަލް ކިޔާބަލަ، ކީއްވެތޯ އެހެން ހަދަނީ ބަލާފަ ކޮމެންޓް ކޮއްބަލަ

      22
      5
    • ގެރިބޯ

      60 އަހަރުގެ ބައްޕަޔާއެކު 30 އަހަރުގެ ދަރި ކަނޑުވެއްޖެނަމަ ފަތާފަ ބައްޕަގޮވައިގެން ދުރުން ފެންނަ ހިކިފަސްތަނަށްދެވޭނެކަމުގެ ޔަގީންކަންނެތްނަމަ ދެމީހުން އެއްކޮށްމަރުވުންތަ ފޮތުގައޮތީ ނުވަތަ ބައްޕަދޫކޮށްލާފަ ދިއުންތަ ތިކިޔާފޮތުގައޮންނަނީ! ދަރި ބައްޕަ ދޫކޮށްލާފަ ސަލާމަތްވީތީ ދަރި ކުފުރުވަނީތަ؟ މަރާލަންޖެހޭތަ؟ އިންސާނިއްޔަތުކަމެއްނެތޭ ބުނެ ޖަލަށްލާންވީތަ؟

      15
      12
  2. ހުދުހުދު

    ސުބުހާނައްﷲ ރަހުމެއް ވެސް ނެތް ބައެއްތަ؟ ތި އެންގި މީހުން މުސްކުޅިވާ ދުވަހު އެކަހަލަ ކަމެއް ވީމަ ހިތަށް ކުރާ އަސަރު އިހްސާސް ވާނީ

    27
    15
  3. މަ

    އިޓަލީ މީހުންގެ ހުންނަ ހަޔާތްކުޑަކަން

    16
    19
  4. ލަކްނާ

    އިޒްރާއީލު ޑަކްޓަރަކާ ހަވާލާދީ ހަދާފަ އޮތް ހަބަރެއް އަސްލަކަށް ބަލައިގެން ތިޔަވަރުގެ އިލްޒާމެއް އިޓަލީ ސަރުކާރުގެ ބޮލުގަ އަޅުވާފަ ޚަބަރު ލިޔަން ހެޔޮވެސް ނުވާނެ.. އިޒިރާއީލު ވަގުން ދޭނެތަ ރަނގަޅު މަޢުލޫމާތެއް.. އެކަހަލަ ނިންމުމެއް ނެތް ކަމަށް އެންމެ ފަހުންވެސް މީޑިޔާގަ އިޓަލީގެ ބޮޑުވަޒީރުގެ އޮފީހުންވެސް ބުނެފައޮތީ.. އެކަމު ސަލާމަތްކުރުމުގެ ފުރުސަތު ބޮޑު މީހުންނަށް އިސްކަން ދިނުމުގެ އުސޫލެއް ގެންގުޅޭ ނުކަތައިގެންދާ ސަރަހަށްދުތަކުގަ

    11
    2
  5. ބިސް

    ކޮބާތަ ކެނެރީގޭ ނަޝީދު؟ މީ އާދައިގެ ރޯގާއެކޭ ކިޔާފަ ފިލާދޯ އޮތީ... ދީނަށް ފުރައްސާރަކޮއް މޮޅުބިންދަން ނުކުންނަންވީނު...ނަމުރޫތު ރަސްގެފާނު ނިމިގެން ދިޔަގޮތަށް ވިސްނާބަލަ. ނަޝީދު މޮޅުކުރާ ވިލާތުގެ ގައުމުތަށް ކުޑަކަކުލަށް ތިރި އެކޮއްލީ ލޮލަށްވެސް ނުފެންނަވަރުގެ ކުޑަކުޑަ މަޚްލޫގެއް. ހެޔޮމަގަށް އެނބުރޭކަށް ނުވޭ؟

    51
    5
    • ޢަނިލް

      އެއީ ބޮގެންބޯ

    • ޚަލީމް

      3 ހަރަމްފުޅު ހުސްކޮށްލީ ވެސް ތިވައިރަސް

      8
      2
  6. ރަށުމީހާ

    93 އަހަރުގެ މާމައަކުވެސް މީގެ 2 ދުވަސް ކުރިން ފަރުވާދީ، ރަނގަޅުވެގެން ހޮސްޕިޓަލުން ދޫކޮށްލި ހަބަރު އިންޓަރނޭޝަނަލް މީޑިއާ ތަކުގައި އޮތް. ވަސީލަތްތަކަށް ނުތަކާވަރަށް ބަލިމީހުން ގިނަވީމައި ހިދްމަތްތައް (ޕްރިއޮރަޓައިޒް) ކުރެވިފައިވަނީ!
    މީ އާކަމެއް ނޫން. އާއްމު ހާލަތުގައިވެސް އައި.ޖީ.އެމް.އެޗް ގެ ލޭބަރ ރޫމްގައި ބެޑެއް ހުސްކޮށް ނެތިގެން އެޑްމިޝަން ފޯރމްވެސް ލިބި އަންހެނުން ޑިއު ޑޭޓްގެ އިތުރަށް 3،4 ދުވަހު މަޑުކުރަން ޖެހިފައި އެބަހުރި.

  7. މުޙައްމަދު

    ހާދަ ނުލަފާ ބައެކޭ ދޯ

    2
    1
  8. ސަރަފުއްދީން

    ކަލޭމެން ބަލާބޮޑުކޮއް ބުރަމަސައްކަތުން ތިވަރުކޮއްދިނީ މިއަދު 60 އަހަރުގެމީހު ކަލޭމެންގެ ލަދުހަޔާތްކޮބާ