ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ސްރީލަންކާގެ ބައެއް ސަރަހައްދުތަކުގައި ކާފިއު އިއުލާން ކޮށްފައި ބޭއްވުމަށް ފަހު މިއަދު ހެނދުނުން ފެށިގެން މެންދުރު ފަހު 14:00 އާއި ހަމައަށް ކާފިއު މެދުކަނޑާލުމާއި އެކު އެތައް ލައްކަ ބަޔަކު ފިހާރަތައް ކައިރިއަށް ޖަމާވެއްޖެއެވެ.
މިއަދު ކާފިއު މެދުކަނޑާލީ، ކޮންމެހެން ބޭހުންވާ ޒަރޫރީ ތަކެތި ގަތުމުގެ ފުރުސަތު އާއްމުންނަށް ދިނުމަށެވެ. ފިހާރަތައް ހުޅުވާލުމާއި އެކު އެތައް ލައްކަ ބަޔަކު ފިހާރަތަކަށް ޖަމަވުމުން ފިހާރަތަކުން ޚިދުމަތް ދިނުމަށް ވަނީ ދަތިވެފައެވެ. އަދި ގިނަ އަދަދެއްގެ ބަޔަތު މަގުތަކަމަށް ޖަމާވުމުން މަގުތައް ބްލޮކްވެ، ޓްރެފިކަށް ވެސް ވަނީ ދަތިތައް ކުރިމަތިވެފައެވެ.
މިއަދު ޒަރޫރީ ތަކެތި ގަންނަން ފިހާރަތައް ކައިރީ ކިއު ހަދާފައިވާ މީހުންގެ ތެރޭގައި ބައެއް ދިވެހިން ވެސް ހިމެނެއެވެ.
Orderly queues around supermarkets, but chaos in other places. This highlights the need for a better mechanism to deliver essentials to houses & relief measures for the marginalised. The govt., supermarket chains, cooperatives, delivery services should all come together. #COVID19 pic.twitter.com/mpQwu4HanL
— Rasika Jayakody (@rasikajy) March 24, 2020
ލަންކާގެ ވެރިރަށް ކޮލަމްބޯގެ ސްޕަމާކެޓެއް ކައިރީގައި މިއަދު ކިއު ހަދައިގެން ހުރި ދިވެއްސަކު ބުނީ އޭނާ ކިއުގައި ހުންނަތާ ދެގަޑިއިރު ވެއްޖެ ކަމަށާއި ނަމަވެސް އަދި ސްޕަމާކެޓާއި ހަމައަށް ނުދެވޭ ކަމަށެވެ.
"މިތަން އޮތީ ވަރަށް އަމާންކޮށް. ކިއު ފަޅާލާފައި އެއްވެސް މީހަކު ނުދޭ. ނަމަވެސް ވަރަށް ގިނަ މީހުން ޖަމާވެފައި އޮތުމުން ކާފިއު ގަޑި ފެށޭއިރު ވެސް އެންމެނަށް ވިޔަފާރި ކުރެވޭނެ ހެނެއް ހިޔެއް ނުވޭ." އޭނާ ބުންޏެވެ.
މިހާރު ލަންކާ އިން ކާފިއު ކުރިއަށް ގެންދަން ނިންމާފައި ވަނީ ވެރިރަށް ކޮލަމްބޯގެ އިތުރުން ގަމްޕަހަ އަދި ޕުއްތަލަމް ގައެވެ.
ކޮލަމްބޯގައި ކާފިއު ކުރިއަށް ގެންދަން އަދި ނިންމާފައި ވަނީ ހުކުރު ދުވަހު ހެނދުނު 06:00 އާއި ހަމައަށެވެ. ނަމަވެސް ކާފިއުގެ ވަގުތު އިތުރު ކުރުން ވެސް އެކަށީގެންވެއެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރަން ލަންކާ އިން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގައުމުގެ ސްކޫލްތަކާއި ޔުނިވަސިޓީތައް ވެސް ވަނީ ބަންދުކޮށްފައެވެ.
ޖަމާވިޔަސް 50މީހުން ގަންނަވަރަށް ވެސްއެއިންފިހާރައެއްގަ އެއްޗެއްނެތް....ބަންދޭބުނީމަނުނީ ޗައިނާމީހުންގެއަ ކާބޯތަކެތި އަސްކަރިޔާއިން ގެނެސްދިން..