މިހާރު މުޅި ދުނިޔޭގައި ފެތުރެމުން އަންނަ ކޮވިޑް-19އިގެ ފަރުވާ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕު ކިޔައިދިން ބޭހެއް ކައިގެން އެމެރިކާއަށް ނިސްބަތްވާ ފިރިހެނަކު މަރުވެއްޖެއެވެ.

ބޭރުގެ މަޝްހޫރު ނޫސް "ޑެއިލީމެއިލް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މަރުވެފައި ވަނީ މި ބޭސް ބޭނުންކުރި ދެމަފިރިންގެ ތެރެއިން އެކަކެވެ. އެފިރިހެން މީހާ މަރުވެފައިވާއިރު އެ މީހާގެ އަންހެނުންގެ ހާލު ސީރިއަސް ކަމަށާއި، އޭނާ އަށް މިހާރު ދަނީ އައިސީޔޫގައި ފަރުވާ ދެމުން ކަމަށް އެނޫހުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި މިހާތަނަށް ބެލި ބެލުމުން އެ ދެމަފިރުންވެސް ބޭސް ބޭނުންކޮށްފައި ވަނީ އެއްވެސް ޑޮކްޓަރެއްގެ އިރުޝާދަކާއި ނުލާ ކަމަށްވެސް ބުނެފައިވެއެވެ.

އެ ދެމަފިރިންނަށް ފަރުވާ ދިން ބެނާ ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި އެމީހުން ބޭނުންކޮށްފައި ވަނީ "ކްލޮރޮކީން ފޮސްފޭޑް" ނަމަކަށް ކިޔާ މެލޭރިއާ އަށް ފަރުވާ ދިނުނަށް ބޭނުންކުރަމުން އަންނަ ބޭހެކެވެ. އެބޭސް ބޭނުން ކުރިތާ 30 މިނެޓު ތެރޭގައި ދެމީހުންގެ ހާލު ވެސް ސީރިއަސްވެގެން އެހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފައިވާ ކަމަށް އެނޫހުން ވަނީ ރިޕޯޓުކޮށްފައެވެ. އެ ދެމަފިރިންގެ ހާލުވެސް ސީރިއަސްވެ އޭގެ ތެރެއިން އެކަކު މަރުވެފައި ވަނީ ބޭހުގައި އެކުލެވޭ ނުރައްކާތެރި އަދި ބާރުގަދަ ކެމިކަލަކުން ކަމަށް ވެއެެވެ.

ކޮވިޑް-19ގެ ފަރުވާ އަކަށް ކަމާބެހޭ ފަރާތެއްގެ އިރުޝާދަކާއި ނުލައި އެއްވެސް ބޭހެއް ބޭނުން ނުކުރުމަށް އެފަރާތްތަކުން އަންނަނީ ކެނޑިނޭޅި އިރުޝާދު ދެމުންނެވެ. މިހާތަނަށް އަވަސް ޝިފާއެއް ލިބޭފަދަ ބޭހެއް އުފެއްދިފައި ނުވާ ކޮވިޑް-19 ވައިރަހަށް ހަތަރު ލައްކައާއި ގާތްކުރާ އަދަދަކަށް މީހުން ވަނީ ފައްސި (ޕޮޒިޓިވް) ވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ބުއްޅަ އެކްސް

  އެމެރިކާ މޮޔަބުއްޅަ ބުނާއެއްޗިހި ކާކަށް ނުވާނެއްނު މޯލްޑިވްސް މޮޔަބުއްޅަ ބުނާއެއްޗެއްވެސް މިއުޅޭ ކުދިން ކައިފާނެ ކީކޭދޯ ބުނާނީ

 2. އަހުމަދު

  މި ދެން ދުނިޔެއަށް ފޮނުއްވާފަހުރި މުސީބާތެއްކަހަލަ މީހެއް ކަލޭނޭ!

  11
 3. ކުރަންޕީ

  މިފަހަރު ބަފާ ކީރީ ފަރަށް ދޯ އެދިޔައީ

 4. އަލްޖިބްރާ

  ތިޔަ ބޭސް ޓްރަންޕަށް ކާންދީ ! ނޫނީ ބަޔަކު މަރަން ރޭވިކަމަށް ދައުވާކޮށް ދިގު މުއްދަތަކަށް ޖަލަށްލާ !

  9
  1