ދުނިޔޭގެ ގިނަ ގައުމަތަކަށް މިހާރު ފެތުރިފައިވާ ކޮވިޑް-19 ޖެހިގެން ސްޕެއިންގެ ބައެއް މީހުން، އެމީހުންގެ އަމިއްލަ ގޭގައި މަރުވެފައި ތިއްބާ ފެންނަން ފަށައިފިއެވެ.

ސްޕެއިންގެ ޑިފެންސް މިނިސްޓަރު މާގަރިތާ ރޮބްލްސް ވިދާޅުވީ ހަލުވި ކަމާ އެކީ އެ ގައުމުގައި ބަލި ފެތުރެމުން އަންނާތީ، މަގުތަކާއި ގޭގެ ޑިސްއިންފެކްޓް ކުރަން އުޅުނު ބައެއް ސިފައިންގެ މީހުންނަށް މަރުވެފައިވާ މީހުންގެ ހަށިގަނޑު ގޭގެއިން ފެނިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި އެންމެ ގިނައިން ފެނިފައިވަނީ އުމުރުން ދުވަސް ވެފައިވާ މީހުންގެ ހަށިގަނޑު ކަމަށް އޭނާ ވިދާޅުވިއެވެ.

"މަގުތަކާއި ގެތައް ޑިސްއިންފެކްޓް ކުރަން އެ ވަގުތު ޑިއުޓީގައި އުޅުނު ބައެއް ސިފައިންނަށް އުމުރުން ދުވަސްވީ މީހުންގެ ގޭގޭ އެނދުމަތީ މަރުވެފައި ތިއްބާ ފެނިފައިވޭ. މިކަން މިހާރު ކަމާ ބެހޭ އިދާރާތަކާއި ވަނީ ހިއްސާ ކޮށްފައި އަދި އެ މައްސަލަ ހަރުކަށިކޮށް ބަލާނެ" މާގަރިތާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެފަދަ އަމަލުތަކަކީ ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށާއި އެއީ އެގޭގައި ތިބޭ އެމީހުންގެ ކުދިންގެ ޒިންމާ އެއް ކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ހަތަރު މަސް ތެރޭގައި ދުނިޔޭގެ 196 ގައުމާއި ހިސާބަތް ފެތުރިފައިވާ މި ވައިރަސް ޖެހިގެން ސްޕެއިން އިން މިއަދާ ހަމައަށް ވަނީ 35،212 މީހަކު ރިޕޯޓް ކޮށްފައެވެ. އޭގެ ތެރޭއިން 76 މީހުންނަކީ މިއަދު ރިޕޯޓް ކޮށްފައިވާ މީހުންނެވެ. އެގައުމުން މިބަލި ޖެހިގެން 2،318 މީހަކު މަރުވެފައިވާއިރު 2،355 މީހަކަށް އަންނަނީ އައިސީޔޫގައި ފަރުވާ ދެމުންނެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަސަނު

    ޒަޔަނިސްޓުން ފަލަސްތީނުގެ މީހުން ބޮލަށް ކްލަސްޓަރ ބޮން އަލަމުން ދާއިރު މުޅި ދުނިޔ އޮތީ ނިދާފަ މިހާރު ހޭލައިގެން ތި އުޅެނީ ދޮން މީހުން މަރުވާތީތަ

    53
    2
  2. ޟަންދު

    ރަންގަޅައް ތިޔަބުނީ . އަޅަމެން މި ވައިރަސްއިން ސަލާމަތް ކުރައްވާށި. ޢާމީން

    26