މިރޭ ދަންވަރުން ފެށިގެން ތިން ހަފްތާގެ މުއްދަތަކަށް މުޅި އިންޑިއާ ފުރަބަންދު (ލޮކްޑައުން) ކުރަން ނިންމާފައިވާކަން އިންޑިއާގެ ބޮޑުވަޒީރު ނެރެންދްރާ މޯދީ ހާމަކޮށްފިއެވެ.

މިކަން ހާމަ ކުރަމުން މޯދީ ބުނެފައި ވަނީ މުޅި ގައުމު ފުރަބަންދު ކުރުމުން އެކަމުގެ އަސަރު އިގްތިސާދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށާއި ނަމަވެސް މިވަގުތު އިގްތިސާދަށް ވުރެން ސަރުކާރަށް މުހިއްމީ ރައްޔިތުންގެ ރައްކާތެރިކަން ކަމަށެވެ.

މޯދީ އިތުރަށް ބުނެފައި ވަނީ މި 21 ދުވަހު ރައްޔިތުންގެ އެއްބާރުލުން ފުރަބަންދަށް ނުލިބިއްޖެނަމަ އިންޑިއާ 21 އަހަރު ފަހަތަށް ދާނެ ކަމަށާއި އެހެންކަމުން ހުރިހާ އެންމެންވެސް ގަވާއިދުތަކަށް ބޯލެނބުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

"ވައިރަސް ޖެހިފައިވާ ކޮންމެ މީހެއްގެ ގައިން އަލާމާތްތަކެއް ނުފެނޭ. މިއީ ވައިރަހުގެ ނުރައްކާ އިންތިހާ އަށް އިތުރުވެގެންދާ ކަމެއް. މި ދަނޑިވަޅުގަ އެންމެންވެސް އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނާފައި ގެތަކުގައި ތިބެންވީ" މޯދީ ބުނެފައިވެއެވެ.

މިހާރުވެސް އިންޑިއާގެ ބޮޑެތި ސިޓީތަކުގައި ވަނީ ކާފިއު އިއުލާން ކޮށްފައެވެ. މުޅި އިންޑިއާ ފުރަބަންދު ކުރި ނަމަވެސް، ޒަރޫރީ ބޭނުންތަކަށް ބޭރަށް ނިކުމެ އުޅެވޭނެއެވެ. ނަމަވެސް މިހެން ނިކުންނަ ވަގުތުތަކުގައިވެސް ސާފުތާހިރު ކަމާއި މީހުންނާއި ގައިގޯޅި ނުވެ، އަވަހަށް ގެއަށް އެނބުރި ދިއުމަށް އިންޑިއާ ސަރުކާރުން ވަނީ ލަފާ ދީފައެވެ.

އަވަށްޓެރި އިންޑިއާގައި މިހައިތަނަށް 500ށް ވުރެން ގިނަ މީހުން ވައިރަސް އަށް ފައްސިވެފައި ވާއިރު 10 މީހަކު ވަނީ ވައިރަސްގެ ޝިކާރަ އަކަށްވެ މަރުވެފައެވެ. އިންޑިއާގައި ގިނަ އަދަދެއްގެ ދިވެހިންތަކެއްވެސް ދިރިއުޅެމުން ގެންދާއިރު ހުރިހާ ދިވެހިންވެސް އެ ގައުމުގެ ސަރުކާރުން ދީފައިވާ އިރުޝާދުތަކަށް ބޯލެނބުން މުހިއްމެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ދޮގެއް؟

  ކުޑަމޯޑީ މިވާހަކަ ދައްކަން މިފެށީ ބޮޑުމޯޑީ މިކަން ކުރީމަ. ދެން ތަރުޖަމާނު ދޮގެކޭ ކިޔާނެ ކަމެއް ނެތް. އޭޕްރިލް 1 އެބައާދޭ.

 2. ހިސެން

  ނަސީބެއް ނޫންނަމަ މިހާލަތުގަ އަދި ވެސް ތި ގައުމުން މިގައުމައް މީހުން އެތެރެވުން މިތަނަކުން ނުހުއްޓުވާނެ. އެކަމު އިންޑިޔާ އަކީ މި ވަގުތު މި ސަރަހައްދުގަ ދެވަނަޔައް އެންމެ ގިނަމީހުން ވައިރަސްއަށް ފައްސިޔަވެފަ އޮތްގައުމު. ބަޅާބާއީ ފަރުދީ ޒިންމާ

 3. ޣަރޭ

  ދެން ހީވަނީ މޯޑީސިޓީ ވެސް ބަންދުކުރާނެހެން. މިވެސް ނުރަސްމީކޮށް ގެރި އިންޑޔގެ ސިޓީއެއްތާ!؟ އެމީހުންގެ އިސާރާތަކަށްހެން ހީވަނީ މަޑުކުރީ.

  5
  1
 4. ގެރިސްތާން

  މިބަލީގެ ސަބަބުން އިންޑިޔާގެ ހިންދޫއިންގެ ބާރު ކެޑިއްޖެއްޔާ ވަރަށްވެސް ރަނގަޅު. ބީޖޭޕީއާއި ރ.ސ.ސ އަކީ މިބަލި ޖެހުން ހައްގުބައެއް.

 5. ޝްރޭ

  ރާއްޖޭގެ ވާލީއުލް އަމުރު ކޮބައިތޯ ؟އެހެން ޤައުމުތަކުގައި ބޮޑެރި ނިންމުން ތަކުގެ އަޑު އިއްވަނީ އެޤައުމުގެ ވެރިޔަކަށް ހޮވައިފަ ހުރި މީހާ..

 6. ވޫލުކާށި

  އަނެއްފަހަރު އަނެއް ބަސް! ޕިސްސްސް
  ވަގުތު ކުދިންގެ ރަދީފެއް ނެރެންވީއެއްނެ!
  މަގޭ ކަިރީ ގޭމީހުންވެސް އެބައަހާ "އޭ ފުރަބަންދަކީ ކޯޗެއް"
  ބޯހަލާކް