ކޮވިޑް-19 އާ ގުޅިގެން މުޅި އިންޑިއާ ތިން ހަފްތާއަށް ލޮކްޑައުން ކުރަން ސަރުކާރުން ނިންމާފައިވާއިރު، މި މުއްދަތުގައި ރައްޔިތުން ގޭގައި މަޑު ނުކޮށްފިނަމަ އިންޑިއާ 21 އަހަރުގެ ފަހަތަށް ދާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ބުނެފިއެވެ.

މިރޭގެ ދަންވަރުން ފެށިގެން 3 ހަފްތާ އަށް މުޅި އިންޑިއާ ފުރަބަންދު ކުރަން ނިންމާފައިވާކަން ހާމަ ކުރަމުން މޯދީ ބުނެފައި ވަނީ 21 ދުވަހަކީ ދިގު މުއްދަތަކަށް ވެދާނެ ކަމަށާއި ނަމަވެސް އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް މިއީ މުހިއްމު ފިޔަވަޅެއް ކަމަށާއި އަދި ވައިރަސް ކޮންޓްރޯލް ކުރަން އޮތް ހަމައެކަނި ހައްލަކީ ފުރަބަންދު ކުރުން ކަމަށެވެ.

”ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފްސަށް ބަލާތި. އަދި އާއިލާ މީހުންގެ އިތުރުން ކައިރީ އުޅޭ މީހުންނަށްވެސް ބަލާތި. މިކަހަލަ ހާލަތްތަކުގައި އެއްވެސް ބުރަދަނެއް ނެތް ވާހަކަތައް ދައުރުވާނެ. ނަމަވެސް އެއްވެސް މީހަކު އެފަދަ ވާހަކަތައް ނުފަތުރައި، ސަރުކާރުން ދޭ އިރުޝާދުތައް ބަލައި، އެކަންކަމަށް ބޯ ލެނބުމަކީ ވަރަށް މުހިއްމު ކަމެއް“ މޯދީ ބުނެފައިވެއެވެ.

މޯދީ އިތުރަށް ބުނެފައި ވަނީ މި ދަތި އުނދަގޫ ދަނޑިވަޅުގައި ޕްރައިވެޓް ސެކްޓާ އޮންނާނީ ރައްޔިތުންނާއި އެކުކަން ޔަގީންކުރާ ކަމަށާއި، މިހާރު ހުރިހާ ސްޓޭޓުތަކެއްގެ ސަރުކާރުތަކަށް ވެސް ސިއްހީ ކަންކަމަށް އިސްކަން ދިނުމަށް އަންގާފައިވާ ކަމަށެވެ.

އިންޑިއާގެ މައި ސަރުކާރުން ސިއްހީ އިންފްރާސްޓްރަކްޗާ ތަކަށް 15،000 ކްރޯރް ޙަރަދު ކުރަން ނިންމާފައިވާއިރު، މޯދީގެ ވާހަކާގައި އޭނާ ވަނީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ އިން ދީފައިވާ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރަމުން އަންނަކަމަށް ބުނެފައެވެ.

”މައި ސަރުކާރުން މަސައްކަތް ކުރަމުން މި ގެންދަނީ ސިއްހީ ދާއިރާ ވަަރުގަދަ ކުރުމަށް. ފުރަތަމަ އިސްކަން ދޭނީ ފުރާނަތައް ސަލާމަތް ކުރެވެން ހުރި ކަންކަން ކުރުމަށް. މި ހާލަތުގައި މިކަން އެންމެ ބޮޑަށް ތަހައްމަލް ކުރަން ޖެހޭނީ ފަގީރުން. މުޅި ސަރުކާރު މި އޮތީ މި ގެއްލުންތައް ކުޑަކުރަން ތައްޔާރުވެގެން. މިގޮތުން ފަގީރުންގެ ގޮތުގަ ރެޖިސްޓަރ ވެފަ ތިބި މީހުންނަށް 2000 ރުޕީސް ލިބިގެން ދާނެ“ މޯދީ ބުނެފައިވެއެވެ.

މުޅި ދުނިޔެއިން ފުރަތަމަ 67 ދުވަސްތެރޭ ބަލި ޖެހުނީ 1 ލައްކަ މީހުންނަށެވެ. އޭގެ ފަހުން 11 ދުވަސް ތެރޭ އިތުރު 1 ލައްކަ މީހުންނަށް ވައިރަސް ޖެހުނުއިރު ދެން 2 ލައްކަ އިން 3 ލައްކަ އަށް އެ އަދަދު އިތުރުވާން ނެގީ އެންމެ 4 ދުވަހެވެ. މިކަން ފާހަގަކުރަމުން މޯދީ ވަނީ ވައިރަސް އިންޑިއާގައި ގަދައަށް ފެތުރެން ފަށައިފިނަމަ ކޮންޓްރޯލް ކުރަން އުނދަގޫވާނެ ކަމަށް ބުނެފައެވެ. އަދި އެމެރިކާ ޗައިނާ އަދި އިޓަލީ ފަދަ ގައުމުތަކުގައި ޒަމާނީ ސިއްހީ ވަސީލަތްތަކާއި އެކުވެސް ވައިރަސް ކޮންޓްރޯލް ނުކުރެވުނީ މި ސަބަބާއި ހުރެކަން މޯދީ ވަނީ ފާހަގަކޮށްފައެވެ.

މޯދީގެ ވާހަކަ ނިންމާލަމުން އޭނާ ބުނެފައި ވަނީ 21 ދުވަސް ވަންދެން ބޭރުގައި ކުރަން ޖެހޭ ކަންކަން ހަނދާން ނައްތާލުމަށާއި، 21 ދުވަސް ވަންދެން ގޭގައި ރައްޔިތުން މަޑު ނުކޮށްފިނަމަ މުޅި ގައުމު 21 އަހަރު ފަހަތަށް ދާނެކަމަށެވެ. މި ވާހަކަ މި ދައްކަނީ އިންޑިއާގެ ބޮޑުވަޒީރުގެ ހައިސިއްޔަތުން ނޫން ކަމަށާއި އާއިލާ މީހެއްގެ ހައިސިއްޔަތުން ކަމަށްވެސް މޯދީ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ލޮލާލޯ

    ކީކޭތަ ހިތަށްއެރީ ދުނިޔެމަތީ ސުވަރުގެ ތަކުގައި ހުޅުޖާހާ އެންދިއިރު ބަލާބަލަ ފެނޭތަ ތިމާމެންގެ އާރެއް ބާރެއް ނެތްތަން މުސްލިުން ތައް މަރަމުން ގެންދިޔައީ ހިންދޫ ނަށްވުރެ މުސްލިމުން މަދުކުރާށޯ!

    32
  2. ލާދީނީ

    އޭތް މޯދީ ކޮބާތަ ލާދީނީ މީހުންގެ ގެރިކަލާންގެ ބުދު ފަށްޅިތައް ﷲއަށް ފުރަށްސާރަ ކުރާ ޖައްބާރުންނަށް ހަލާކުހުރި ތިމާމެންގެ އަތާއިފައިގެ ހަރަކާތް ދެއްވީ އެންމެމަތިވެރި ﷲ ކަން ހިތަށްނާރާ ޖައްބާރުން ނަށް ހަލާކުހުރި!

    31
  3. އިންޑިއާ

    ހެޔޮނުވާނެ މޯޯދީި، މުސްލިމުންނަށް ތިކުރާ ލާއިންސާނީި އަނިޔާތަށް ހުއްޓާލަބަލަ... އާދޭސް ކުރަން...

    32
  4. އެމަންޖެ

    އޯ ރައްޔިތުން މަރަމުންދާ މީހަކަށް އެއްޗެއް ތިޔަ ވިސްނުނީ ގައުމު ފަނާވެދާނެހެން ހީވިމަތަ.

    21
  5. ޙަސަނު

    ކަލޭމެން 1000 އަހަރު ފަހަތަށް ދިއުން އަހުރެންގެ ދުޢާ އަކީ

    14
  6. ކިނބޫ

    ތިހެން ވެގެންވެސް ކަލޭމެންގެ ބަލާއިން މުސްލިމުން ސަލާމަތްވުން ދުއާއަކީ.

    10
  7. ޢޭތި

    ފަގީރުންގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭފަދަ އަޅާލުމެއް ނެތް ގިނަބަބަކު ތިތާގަ ތިބީވެސް. ޢަދި ރަޖިސްޓަރީކުރާނެ ގޮތްވެސް ނޭނގޭ ފަގީރުކަމުން މަގުމަތީ ނިދާ މީހުންވެސް ގިނަ ތަނެއް. ކަލޭމެންގެ ގިނަ މީހުންނީ ފަގީރުންނަށް އަޅާލާބައެއްނޫން. މިހާލުގަ އެފަދަ މީހުންނަށް ފަރުވާކުރާނެ ކަމާމެދުވެސް ޝައްކު

    11
  8. އަފީ

    އިންޑިއާ 21 ގަރުނުގެ ފަހަތަށް ދިއުމަކީ މުސްލިމުނަށް ލިބޭ އުފަލެއް! އަދި ދިވެހިރާއްޖެއަށް މިނިވަންކަން ލިބޭނޭ ދުވަސް.

  9. ފިކުރީ

    އެހެންވީމާ މޯދީ ގެ އުމުރުން 21 އަހަރު ކެނޑޭނެ ދޯ