ކޮވިޑް-19 ފެތުރުން ހުއްޓުވަން އަޅާ ފިޔަވަޅެއްގެ ގޮތުން ރާއްޖެއަށް ފަތުރުވެރިން ގެނައުން މިވަގުތަށް ހުއްޓާލުމާ މެދު ސަރުކާރުން ވިސްނަމުންދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ރާއްޖެ އަށް ފަތުރުވެރިން އައުން މަނާ ކުރަން ސަރުކާރުން ތައްޔާރުވަމުންދާ ކަމަށް އެމަޝްވަރާތަކުގައި ބައިވެރިވި ބައެއް ބޭފުޅުން ވަނީ ކަށަވަރު ކޮށްދީފައެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކައެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މީގެ ކުރިން ދުވާލަކު ރާއްޖެ އަށް 6000 އަށް ވުރެ ގިނަ ފަތުރުވެރިން އެވްރެޖްކޮށް ޒިޔާރަތް ކުރަމުން ގެންދިޔަ ނަމަވެސް މިހާރު ރާއްޖެއަށް ދުވާލަކު އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ސަތޭކައެއްހާ ފަތުރުވެރިންނަށް މަދުވެފައެވެ.

ރާއްޖެ އަށް ފަތުރުވެރިން އައުން އެއްކޮށް މަނާކުރަން ސަރުކާރުން ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކާއި މަޝްވަރާ ކޮށްފައެވެ. އެމަޝްވަރާތަކުގައި ބައިވެރިވި ވިޔަފާރިވެރިން ވަނީ މިހާރު ހާލަތު އޮތްގޮތުން ފަތުރުވެރިން ރާއްޖެ އައުން މަނާކުރި ނަމަވެސް ލިބޭނެ ގެއްލުމެއް ނެތް ކަމަށް ވިދާޅުވެފައި ކަމަށް ބައްދަލުވުމުގައި ބައިވެރިވި ބޭފުޅަކު "ވަގުތު" އަށް ވިދާޅުވިއެވެ.

ކޮވިޑް-19 ފެތުރެން ފެށުމުން ރާއްޖެ އަށް ފަތުރުވެރިން އަންނަ ގިނަ ގައުމުތަކުން ވެސް ވަނީ މިހާރު އެގައުމުތަކުގެ މީހުން ބޭރު ގައުމުތަކަށް ފުރައިގެން ދިއުން މަނާ ކޮށްފައެވެ. ގިނަ އެއާލައިންތަކެއްގެ ދަތުރުތައް ވެސް މިހާރު ވަނީ ހުއްޓާލާފައެވެ. އެހެންކަމުން ރާއްޖެ އަށް ފަތުރުވެރިން އައުން މަނާ ކުރަން ސަރުކާރުން ނިންމި ނަމަވެސް އެކަމުގެ ސަބަބުން އަސަރެއް ކުރާނެ ކަމަކަށް ނުބެލެވެއެވެ.

ކޮވިޑް-19 ފެތުރެމުން ދާތީ ރާއްޖޭގެ ބައެއް ރިސޯޓްތައް ވެސް މިހާރު ވަނީ ބަންދުކޮށްފައެވެ. ބައެއް ކުންފުނިތަކުން ލަފާކުރާ ގޮތުގައި އަލުން ރިސޯޓްތައް ހުޅުވަން ދެތިން މަހެއްހާ ދުވަސް ހޭދަވާނެއެވެ.

ރާއްޖެ އިން މިހާތަނަށް 13 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައި ވެއެވެ. އޭގެ ތެރެއިން 05 މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ބްރޯ

  މިހާރުވެސް މިކަންކުރުން ލަސްވެއްޖެ . އަވަހަށް ބަންދުކުރައްވާ އިޓަލީ ލަސްކުރިހެން ކޮށްގެން ހިތާމަވެރި ކަމެއް ނުގެންނަވާ.

  103
  3
 2. ކަންނަންނޫރު އަލީ

  އަދި ކިރިޔާދޯ ހޭވެރިކަމެއްމިވީ މާލަސް ވެެއްޖެ ތިކަންކުރަން.

  26
  7
 3. ވިސްނާ

  ތޫފާން އަޔަނުދޭން ރާއްޖޭގެ މައިގޭޓް ބަންދު ކޮއްބަލަ އެހެންވިޔާ. ސަރުކާރުން މި ވިލާގަނޑު ނާރަނީސް ރައްޖޭގެ މައިގޭޓް ބަންދު ނުކޮއްފިނަމަ ރައިސް ހިމެނޭ ގޮތަށް ރާއްޖެ އިން މަރުވާ ކޮންމެ މީހެއްގެ ޒިންމާ ނަގަން މި ސަރުކާރުން ޖިހޭނެ.

  30
  4
 4. ލޮލް

  ތޫފާން އަޔަނުދޭން ރާއްޖޭގެ މައިގޭޓް ބަންދު ކޮއްބަލަ އެހެންވިޔާ. ސަރުކާރުން މި ވިލާގަނޑު ނާރަނީސް ރައްޖޭގެ މައިގޭޓް ބަންދު ނުކޮއްފިނަމަ ރައިސް ހިމެނޭ ގޮތަށް ރާއްޖެ އިން މަރުވާ ކޮންމެ މީހެއްގެ ޒިންމާ ނަގަން މި ސަރުކާރުން ޖިހޭނެ.

  14
  4
 5. ޑރ.ރާމީ ހަސަން މަނިކު(އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

  ޝުކުރިއްޔާ !!!

  19
  3
 6. Anonymous

  މިގޮތަށް ނިންމައިފިއްޔާ ވަރަށް ރަނގަޅު ނިންމުމަކަށްވާނެ. ހެޔޮނުވާނެ މިކަން ކޮށްދީ.

  35
  2
 7. ޞަތ

  މިގޮތަށް ނިންމައިފިއްޔާ ވަރަށް ރަނގަޅު ނިންމުމަކަށްވާނެ. ހެޔޮނުވާނެ މިކަން ކޮށްދީ.

  28
  2
 8. އިބޫ އަށް

  ވަރަށް ރަގަޅު ނިންމުމެއް. އެކަމަކު ކުރުކޮށް ފޮނިކޮށް ބުނެލަން އޮތީ މިހާރު " ވަގުތު ފާއިތުވެއްޖެއޭ " މި ސަރުކާރަށް ހޭ އަރާ އިރު އޮންނާއީ ކޮންމެ ކަމެއްގަވެސް ވާނެއެއްޗެއް ވެ ހަތަރުކަން ހަމަވެފައި. ދުރުވިސްނޭވަރު މީ. ބޯ ހަލާކު

  26
  7
 9. ސުވޭސް

  މިބަންދު ފަށަނީ ކޮންދުވަހަކުން

  25
  2
 10. Anonymous

  ހާދަ ފަރުވާކުޑަ ސަރުކާރެކޭ. މީހަކު މަރުވީމަ ބަންދުކުރަންތަ މިތިބެނީ

  31
  6
 11. Anonymous

  ފަތުރުވެރިން ގެނައުން ހުއްޓާނީ ކިހިނެއް ހެދީމަތޯ ސޯލިޙް ކައިރީ އަހާލަދީބަލަ. ބަލިފެތުރޭ ޤައުމު ތަކުން އަދި ވެސް މީހުންގެންނަނީ. މިއަދުވެސް ރަޝިޔާއިން 35 ވަރަކަށް މީހުން ގެނައީ. ކީއްކުރަންތަ މިގެންނަނީ ބަލި އަރުވަންތޯ ސޯލިޙް ބޭނުންވަނީ. އުޑެއްބުޑެއް ނޭނގޭ މީހުން ވެރިކަމުގައި ތިބެންޏާ ވާނެގޮތް މިވަނީ. ނަޝީދަށް
  މިހާރު ފެނޭބާ ދުނިޔެ ހުއްޓިފައިވާ މިންވަރު. އަދިވެސް ގަދަބަސް ބުނޭ

  24
  2
 12. ޑޮކްޓަރު

  އަންނާނެ ބަޔަކު ނެތުނީމަ، ގެންނާނެ ބޯޓެއް ނެތުނީމަ މި ބުނަނީ ފަތު ރުވެ ރިންނަށް ބަންދުކު ރަން ވިސްނަމޭ

  29
  3
 13. އެމަންޖެ

  އަދި ވިސްނަވާ ވާހަކަތަ ބުނަންވީ...މީހަކު ބޯހަލާކު ވެދާނެ.

  24
  1
 14. Anonymous

  ބަޔަކު ހަނާވީމަތަ ތެޅިގަންނަން އެގެނީ. އދ. މަހިބަދޫ ދާއިރާގެ މެމްބަރު ރޮއިފަ ތިޔަކުރަން އާދޭސ

 15. ޒީރޯ ޓޮލަރަންސް

  ރާއްޖޭގެ ބަދަރުތައް ބަންދުކުރަން އެގެނީ ބަޔަކުހަނާވާ ހިސާބަށް ދިޔައީމަތޯ. ބަދަަރުތައް ބަންދުކުރަން އދ. ދާއިރާގެ މެމްބަރު ރޮއިއާދޭސް ނުކުރޭތޯ. ދެންވެސް އަވަސްކުރޭ. ފާއިތުވި ވަގުތެއް އަނބުރާ ނުލިބޭނެ. މާދަމައަށް، އަނެއް ދުވަހަށް މަޑުނުކުރޭ.

 16. އަހުމަދު

  ދުނި ޔެ ނުހުއްޓުވޭނެ ، ރާއްޖެ ނުހުއްޓުވޭނެ.... ހުން ނާންނަނީސް ރަޖާލާކަށް ނުވާނެ... " ނަޝީދު "

  2
  1
 17. ޢަންސާރު

  ރައްކާވެތިބިއްޔާ ދަތުރޭ...

 18. އާދަނު

  ވާނެ އެއްޗެއް ވެނިމުނީތަ ބަންދުކުރަންވީ ގައިމު ކުރިން ބަންދު ކުރިނަމަ މިނުރައްކާތެރި ރޯގާ ނައީސް ރާއްޖެ އަދި މި ރޯގާ ކަންތައް ނިމުނީމަ ފަތުރުވެރިންވެސް އަންބުރާ އަނާނެ މާ ހިތް ހަމަ ޖެހިގެން