ދުނިޔޭގެ ޤައުމުތަކުގައި ފެތުރޭ ބައެއް ވައިރަސް ތަކަކީ ބާރުގަދަ ކެޕިޓަލިސްޓް މަހުޖަނުންގެ ވިޔަފާރި ފައިދާ އަށްޓަކައި އެމީހުން އުފައްދާ އެއްޗެއް ކަމަށް ދޭހަވާ ގޮތަށް މީގެ 11 އަހަރު ކުރިން ލީބިޔާގެ އަވަހާރަކޮށްލާފައިވާ ކުރީގެ ޒަޢީމް، ކާނަލް މުޢައްމަރުލް ޤައްޒާފީ ވާހަަކަފުޅު ދެއްކެވި ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ.

 

ދެހާސް ނުވަވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އ.ދ ގެ އަހަރީ އާއްމު އެސެމްބްލީގައި ޤައްޒާފީ ދެއްވި ތަޤުރީރަކީ ވަރަށް ތާރީޙީ ތަޤުރީރެކެވެ. ޤައްޒާފީގެ ވާހަކަފުޅު ގާތްގަނޑަކަށް 2 ގަޑިއިރަށް ދެމިގެންދިޔައިރު، އޭނާ ވަނީ ދުނިޔޭގެ ތަފާތު ގިނަ ދާއިރާތަކާއި، މައްސަލަތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. ވާހަކަފުޅުގެ އެކި ހިސާބުތަކުން ޤައްޒާފީ ވަނީ އޭނާ ގެންގުޅުނު ނޯޓެއް ވެސް ވީދައި، ކުދިކުދިކޮށް ވައިގެ ތެރެޔަށް އުކާލާފައެވެ.

ހުޅަނގުގެ ނުފޫޒުގަދަ ޤައުމުތަކުން އ.ދ ގެ މިންގަނޑުތަކާއި ޙިލާފަށް ޤައުމުތައް އިސްތިޢުމާރު ކުރުމާއި، ވިޔަފާރީގައި ދަތިކުރުމާއި، ވީޓޯ ކުރުމުގެ ބާރު އޮންނަ 5 ޤައުމު ކަމަށްވާ؛ އެމެރިކާ، ފްރާންސް، ރަޝިއާ، އިންގްލެންޑް، ޗައިނާ އިން ދުނިޔޭގެ މަޝްރަހުގައި ހިނގަމުންދާ މުހިއްމު ކަންތައްތަކާއި ގުޅޭގޮތުން ނިންމަންޖެހޭ އެކަށީގެންވާ ނިންމުންތައް ނުނިންމާތީ އެކަމަށްވެސް އެޤައުމުތަކަށް ޤައްޒާފީ ފާޑުވިދާޅުވެފައެވެ.

ޤައްޒާފީ އެދުވަހު ވާހަކަ ދެއްކެވި އެއް ދާއިރާ އަކީ އެދުވަސްކޮޅު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން ދިޔަ 'އެޗް.1.އެން.1' ވައިރަސް ނުވަތަ ސްވައިން ފްލޫ ވައިރަހާއި ބެހޭގޮތުންނެވެ. ޤައްޒާފީ ވަނީ އެ ވައިރަހަކީ ބަޔަކު ޤަސްދުގައި އުފެއްދި ވައިރަހެެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަފުޅު ދައްކަވާފައެވެ.

"މަގުފޭރުމާއި، ނިރުބަވެރިކަން އަހަރެމެން މާނަ ކުރަނީ ގޯސްކޮށް، މިއަދު އެބައޮތް ސްވައިން ފްލޫ. ފަހަރެއްގައި މާދަމާ މަސް ފްލޫ އޮންނާނެ. ބައެއް ފަހަރު ވައިރަސް އެބައުފައްދާ، އެ ކޮންޓްރޯލް ކުރެވޭ ގޮތަށް. މިއީ ބޮޑު ވިޔަފާރިއެއް. ކެޕިޓަލިސްޓް ކުންފުނިތަކުން ވައިރަސް އުފައްދަމުން އެބަގެންދޭ، އެމީހުން އެ ވައިރަހަށް ތައްޔާރުކުރި ވެކްސިން ވިއްކައިގެން ބޮޑު ފައިދާ ލިބޭ ގޮތަށް." ޤައްޒާފީ ވިދާޅުވިއެވެ.

ޤައްޒާފީ އެދުވަހު ވަނީ ވައިރަހަކީ ކެޕިޓަލިސްޓް ކުންފުނިތަކުގެ "ބޮޑު ވިޔަފާރި" އެއް ކަމަށް ސިފަކޮށް، އަދި އެކަމަކީ ވަރަށް ދަށުދަރަޖައިގެ ޢަމަލެއް ކަމަށް ވިދާޅުވެ، ވާހަކަފުޅު ދައްކަވާފައެވެ. ބޭހާއި، ވެކްސިނަކީ ހުރިހާ އެންމެންނަށްވެސް ހިލޭ ލިބެންޖެހޭ އެއްޗެއް ކަމަށް ޤައްޒާފީ ފާހަގަކުރެއްވިއެވެ.

ކެޕިޓަލިސްޓު ކުންފުނިތަކުން ވައިރަސް އުފައްދައިގެން ވިޔަފާރި ބޭނުމުގައި އާއްމުންނަށް ވެކްސިން ހިލޭ ފޯރުކޮށް ނުދީގެން އުޅެނީ ކީއްވެގެންތޯ ޤައްޒާފީ ތަކުރާރުކޮށް އާއްމު މަޖިލީހުގައި އެދުވަހު ސުވާލު އުފެއްދިއެވެ. ޤައްޒާފީ ވިދާޅުވީ އެއްވެސް ގޮތަކުން ވެކްސިން ވިއްކައިގެން ނުވާނެ ކަމަށެވެ.

އެ ވީޑިއޯ އަށް ކޮމެންޓު ކޮށް، މީސްމީޑިއާ އެކައުންޓްތައް މެދުވެރިކޮށް އެ ވީޑިއޯ 'ޝެއަރ' ކުރަމުންދާ ގިނަ ބަޔަކު ވަނީ މިހާރު ދުނިޔޭގައި ފެތުރިގެން އުޅޭ ކޮވިޑް-19 ވައިރަހަކީ ވެސް ބާރުގަދަ ބަޔަކު ގަސްދުގައި އުފެއްދި ވައިރަހެއް ކަމަށް ބުނަން ފަށާފައެވެ.


ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާގެ ވުހާންގެ މަސްމާރުކޭޓަކުން އެންމެ ފުރަތަމަ ފެނިފައިވާ ކޮވިޑް-19 ވައިރަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރި، 194 ޤައުމަކުން، 424،863 މީހުން މި ވައިރަހަށް ފައްސިވެ، ވައިރަހުގެ ސަބަބުން މިހާތަނަށް 19،000 އެއްހާ މީހުން ވަނީ މަރުވެފައެވެ.

އެމެރިކާ އާއި، އޮސްޓްރޭލިއާ، އިނގިރޭސިވިލާތާއި، ކެނެޑާ، ޗައިނާ، އިންޑިއާ ފަދަ ޤައުމުތަކުގެ ސައިންސްވެރިންނާއި، ސިއްޙީ މާހިރުންގެ ޓީމުތަކުން މިހާރު ގެންދަނީ ކޮރޯނާ ވައިރަހުގެ މި އާ ޕެންޑެމިކަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ކޮވިޑް-19 ވައިރަހަށް ކާމިޔާބު ވެކްސިނެއް އުފައްދައި، އާއްމުންނާއި ހަމަޔަށް އައުމަށް އަދި މަދުވެގެން 18 ވަރަކަށް މަސް ނަގާނެ ކަމަށް ބައެއް ސިއްހީ މާހިރުން ވަނީ ލަފާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ވިސްނެންވެއްޖެ ނޫންތޯ

  ލީބިޔާގެ 'އަވަހާރަކޮށްލާފައިވާ' ކުރީގެ ޒަޢީމް، ކާނަލް މުޢައްމަރުލް ޤައްޒާފީ.

  58
  1
 2. ދަރަނި ދަންތުރަ

  މިއީ ލީޑަރުންނަކީ އިންސާނިއްޔަތަށްޓަކާ ގިނަގުނަ ރަނގަޅު ބަސްތަކެއްވިދާލުވި ރަނގަޅުމަގުދެއްކެވި އިސްލާމީ އުއްމަތް އެކަތިގަނޑަކަށް ހެއްދެވުމަށް މަސަތްކަތްކުރެއްވި އެހެން ނަމަވެސް ދުނިޔޭގެ ބާރުގަދަ ބަޔަކު މިބޭފުޅާ އެއީ އަނިޔާވެރިޔެއްކަމަށް ނިންމި ، އަދި އަސްލު އަނިޔާވެރިންގެ އަނިޔާތަށްލިބި މިދުނިޔެއަށް އަލްވަދާއުކީ ، މިފަދަބޭފުޅެއް ރައީސް ޔާމިނަކީ ވެސް އަނިޔާވެރި ބަޔެއްގެ އަނިޔާ މިއަދު ރައީސް ޔާމީނަސް އެލިބެނީ ހައްގަކާނުލައި ، ޔާﷲ ރައީސް ޔާމިނަށް ރައްކާތެރިކަމާއި ކެއްތެރިކަން މިންވަރުކުރައްއްވާށި އާމީން

  86
  37
 3. ގުޅޭހިޔާލެއް

  މިހާރު ބޭސް ވިއްކުމަކީވެސް ކެޕިޓަލިސްޓުން ކުޅޭ ކުޅިވަރެއް. އެމެރިކާ އަކީ ދުނިޔޭގެ އެންމެ ނަން މަޝްހޫރު ކެޕިޓަލިސްޓް ގައުމު. އެމެރިކާގައި އިންސިޔުލިންގެ ޑޯސްއެއް އުޅެނީ 300 ޑޮލަރަށް ވުރެ އަގުބޮޑުކޮށް. ވިޔަފާރިވެރިންވަނީ އިންސިޔުލިން އުފެއްދޭ ހުރިހާގޮތްތަކެއް ޕޭޓެންޓްކޮށް އިންތިހާއަށް އަގުބޮޑުކޮށްފަ. ހަމަ މިގޮތަށް އެޗްއައިވީގެ ފަރުވާއަަކަށް ބޭނުންކުރާ ބޭހެއް ވަނީ 14 ޑޮލަރަށް އިންދާ 750 ޑޮލަރަށް އަގުބޮޑުކޮށްފައި. އެމެރިކާ ބޭނުންވަނީ ގައްޒާފީ ވިދާޅުވިހެން ބޭސް އަގުބޮޑުކޮށް ވިއްކާ ފައިދާހޯދަން. އިތުރަށް ފައިދާ ހޯދަންވެގެން ބަޔޮލޮޖިކަލް ހަތިޔާރު ބޭނުން މިކުރަނީ.

  57
 4. ވެކްސިން

  މި ރާއްޖޭގަ މިޖަހާ ވެކްސިން ތަކަކީވެސް މިބަޔަކު މިކަމެއްގަ ހިންގާ ޖަރީމާ އެއް

  20
  2
 5. ދުންމާރި4

  ދުނިޔޭގަ ތިބި މިފަދަ ޖެހިލުން ކުޑަ މުސްލިމުންގެ ދިފާޢުގަ ބަސްބުނި މުސްލިމުންގެ ދިފާޢުގަ މަސައްކަތްކުރި ހުރިހާ ލީޑަރުން ޔަހޫދީން ވަނީ ޤަތުލުކޮށްފަ ކޮންމެވެސް ބަހަނާއެއްދައްކައި އެ ޤައުމުތަކުގެ ރައްޔިތުންގެ ބޮލަށް ސަވާރުވެގެން އެ ޤައުމުތަކަށް އަރައި ހުޅަގުގެ ޔަހޫދީންގެ ހަން ހުރިހާ ޤައުމުތަކަށްވަނީ ފަތުރާފަ ޔަހޫދީން ބޭނުމެއްނުވާނެ މިފަދަ ލީޑަރުން ބައިތިއްބާކަށް މީ ފެންނަންހުރި ޙަޤީޤަތްތަކެއް މިހާރު ދުނިޔޭގަ މުސްލިމުންގެ ދިފާޢޫގަ ބަސްވުނާ ހަމަ އެކަނި ލީޑަރަކީ ތުރުކީގެ ރައީސް މިފަދަ ލީޑަރުންދެކެ ޔަހޫދީން ވަރަށް ބިރުގަންނާނެ ޤަައްޒާފީއަކީ ދެ ރައްޔިތުންގެ ޙައްޤުގައި މުޅި ހުރިހާ ޔަހޫދީ ދައްލަތްތަކާ ދެކޮޅަށް އެތަށް ޤުރުބާނީއެއްވެވަޑައިގެން ލީޑަރެއް ބަހާ ޢަމަލްފުޅާ ދިމާވާ މުސްލިމު ލީޑަރެއް މާތްﷲ ޤައްޒާފީގެ ފުރާނަފުޅަށް ހެޔޮ ރަޙުމަތް ލައްވާށި=އާމީން=

  39
 6. ދައްތަ

  މި ޒަމާނުގައި އިޚްލާސްތެރިން ވަނީ އަނިޔާވެރިންގެ ޓެގް އަޅުވާ އަގުވައްޓާލާ ނި ކަމެތި ކޮށްފާ

  13