މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން އެފްރިކާގެ ގައުމެއް ކަމަށްވާ ނައިޖާއިން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެއެވެ.

މަރުވީ އެ ގައުމުގެ މީހެއްކަމެއް އަދި ނޫން ކަމެއް ރިޕޯޓްތަކުގައި ބުނެފައެއް ނުވެއެވެ.

އެ ގައުމުން މިހާތަަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ހަތް މީހެކެވެ. އޭގެ ތެރެއިން ހަތަރު މީހުން ފައްސިވީ މިއަދުއެވެ.

ނައިޖާއިން ކޮވިޑް-19 ފެނިފައި ވަނީ މީގެ ފަސް ދުވަސް ކުރިންނެެވެ.

އެ ގައުމުން ކޮވިޑް-19 ފެނިފައި ވަނީ، އެ ގައުމަށް އެ ބަލި އައިސްދާނެތީ ފިޔަވަޅުތައް ވަރުގަދަ ކުރި ފަހުންނެވެ. މި ބަލި އެ ގައުމުން ފެނިދާނެތީ އެއްގަމު ބޯޑަރު ބަންދު ކުރިއެވެ.އަދި އިންޓަނޭޝަނަލް އެއާޕޯޓުވެސް ބަންދުކުރިއެވެ.

މި ވައިރަސް އެފްރިކާގެ ގިނަ ގައުމުތަކުން މިހާރު ވަނީ ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު