ދުނިޔޭގެ އެންމެ ގިނަ ފަތުރުވެރިން ގޮސް އުޅޭ ޗައިނާގެ ވެރިރަށް ބެެއިޖިންގައި ހުންނަ ބޮޑު ފާރު ހުޅުވާލައިފިއެވެ.

ޗައިނާގެ ބޮޑު ފާރު ބަންދު ކުރީ އެ ގައުމުގައި ހަލުވިކަމާ އެކު، ކޮވިޑް-19 ފެތުރި، ލޮކްޑައުނަކަށް ދިއުމުންނެވެ. މި ބަލި ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ވޫހާން ސިޓީންނެވެ. ޗައިނާގެ ބޮޑު ފާރު ހުޅުވާފައި މިވަނީ ދެ މަހަށް ވުރެ ގިނަ ދުވަހު ބަންދުކޮށްފައި އޮތުމަށް ފަހުއެވެ.

ދިގުމިނުގައި 21،196 ކިލޯމީޓަރުގެ މި ތަނަކީ ޓޫރިސްޓުންގެ މެދުގައި މަގުބޫލުކަން ލިބިފައިވާ ސަރަހައްދެކެވެ. ޗައިނާ ބޮޑު ފާރަކީ އެކި ބައިތަކަށް ބެހިފައިވާ ފާރެކެވެ. އޭގެތެރެއިން ޓޫރިސްޓުންގެ މެދުގައި އެންމެ މަޝްހޫރީ ބެޑަލިން ސަރަހައްދެވެ. އަދި މި ސަރަހައްދަކީ އެންމެ ގިނަ ފަތަރުވެރިން ޒިޔާރާތް ކުރާ ސަހަރައްދެވެ.

ބޮޑު ފާރު މަޝްހޫރުވާ މައިގަނޑު އެއް ސަބަބަކީ އެ ސަރަހައްދަކީ ޗައިނާގެ ވެރިރަށް ބެއިޖިން އާއި އެންމެ ކައިރި ހިސާބަށް ވެފައި އެސަރަހައްދަށް އަރައި ފޭބުމަށް ފަސޭހަވާނެތީއެވެ. އަނެއް ސަބަބަކީ އެ ސަރަހައްދަކީ އެންމެ ފުރަތަމަ ފަތުރުވެރިންނަށް ހުޅުވާލި ސަރަހައްދު ކަމަށްވުމެވެ. އެތަން ފަތުރުވެރިންނަށް ފުރަތަމަ ހުޅުވާލީ 1957 ވަނަ އަހަރުގައެވެ. ބެޑަލިން ސަރަހައްދުން ޗައިނާ ބޮޑު ފާރު އެންމެ ކުރީ އޮތް ގޮތަށް ބަލާލެވޭނެއެވެ.

ޗައިނާގައި ކޮވިޑް-19 އަށް 80،000 އަށް ވުރެ ގިނަ މީހުން ފައްސި (ޕޮޒިޓިވް) ވެފައިވާ އިރު، އެ ގައުމުން އެކަނި 3000 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. އެކަމަކު، ޗައިނާގައި މި ބަލި ވަނީ ކޮންޓްރޯލް ކުރެވިފައެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި މި ބަލި ވަރަށް ބޮޑަށް ވަނީ ފެތުރިފައެވެ.

ކިޔުންތެރިންގެ ހިޔާލު