ކޮވިޑް-19 އާއި ގުޅިގެން ގައުމުތައް ފުރަބަންދު (ލޮކްޑައުން) ކޮށްފައި އޮންނަ މުއްދަތު ދިގުދެމިގެން ގޮސް ވަޒީފާތަކަށް ނުނިކުމެވި، މުވައްޒަފުން ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހިއްޖަނަމަ ކުރިމަތިވާނެ އިޤުތިޞާދީ ތަދުމަޑުކަމުގެ ސަބަބުން އެތައް ބަޔަކު މަރުވެގެން ހިނގައިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
ޓްރަމްޕް މިއަދު "ފޮކްސް ނިއުސް" އަށް ދިން އިންޓަވިއުއެއްގައި ބުނީ އެމެރިކާ ފުރަބަންދުގައި ގިނަ ދުވަސްތަކަކު އޮންނަން ޖެހިއްޖެނަމަ އަމިއްލައަށް ވެސް އެތައް ހާސްބަޔަކު މަރުވެގެން ހިނގައިދާނެ ކަމަށެވެ.
"ރޯގާގެ ސަބަބުން އެތައް ބަޔަކު މަރުވެގެން ދާނެ. ނަމަވެސް އަދި މާގިނަ މީހުން މަރުވެގެން ހިނގައިދާނެ އިޤުތިޞާދީ ތަދުމަޑުކަމުގެ ސަބަބުން. މިހާލަތު ދިގުދެމިގެން ދާނަމަ އެތައް ހާސްބަޔަކު އަމިއްލައަށް ވެސް މަރުވެގެން ދާނެ." ޓްރަމްޕް ބުންޏެވެ.
ޓްރަމްޕް ބުނީ "އީސްޓާ" އަންނަންވާއިރު އަލުން ސަރުކާރުތަކާއި ކުންފުނިތަކުގެ މަސައްކަތް ފެށޭނެ ކަމަށް އުއްމީދު ކުރާކަމަށެވެ. "އީސްޓާ" އަކީ އޭޕްރީލް 12 ވަނަ ދުވަހެވެ.
ނަމަވެސް ގިނަ ތަޖުރިބާކާރުން ބުނާ ގޮތުގައި މިހާރު ދިމާވެފައިވާ ހާލަތުން އަރައިގަންނަން މީހުން ގޭގައި ބަންދުވެގެން ހައެއްކަ ހަފްތާ ވަންދެން ތިބެން ޖެހޭނެއެވެ.
ޓްރަމްޕް ގެންދަނީ މުޅި އެމެރިކާ ފުރަބަންދު ކުރަން ދެކޮޅު ހަދަމުންނެވެ. އަދި އެމެރިކާއަށް މީހުން އެތެރެވުން އެއްކޮށް މަނާކުރަން ވެސް ޓްރަމްޕް ދެކޮޅެވެ. ޓްރަމްޕް ބުނާ ގޮތުގައި އެފަދަ ފިޔަވަޅުތަކެއް އަޅައިފިނަމަ ލިބޭނެ ގެއްލުން މިހާރަށް ވުރެ މާބޮޑުވާނެއެވެ.
އެމެރިކާގެ ގިނަ މީހުންނަކީ ލޯނާއި ކްރެޑިޓް ކާޑަށް ވަރަށް ބޮޑަށް ބަރޯސާ ވެފައިވާ ބައެކެވެ. އެހެންކަމުން ލޯނުތަކާއި ކްރެޑިޓް ކާޑުތަކަށް ފައިސާ ނުދެއްކާ ހާލަތެއް ކުރިމަތިވެއްޖެނަމަ އެމެރިކާ މީހުންގެ ދިރިއުޅުމަށް ވަރަށް ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ.
ކޮވިޑް-19 ގެ ސަބަބުން އިޤުތިޞާދަށާއި، ހިއްސާގެ ބާޒާރަށް ލިބޭ ގެއްލުން ކުޑަކުރަން ޓްރަމްޕް މީގެ ކުރިން ވެސް ތަފާތު ވާހަކަތައް ދައްކާފައެވެ. އާދައިގެ ރޯގާތައް ޖެހިގެން އެމެރިކާ އިން 70000 މީހުން އަހަރަކު މަރުވެގެން ދާއިރު ވެސް އެކަމުގެ އަސަރު އިޤުތިޞާދަށް ނުކުރާއިރު ކޮވިޑް-19 ގެ ސަބަބުން އިޤުތިޞާދަށް ނުރަނގަޅު އަސަރެއް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ޓްރަމްޕް ކުރިން ބުނެފައި ވެއެވެ.
ހޫނު ގަދަވުމުގެ ސަބަބުން ކޮވިޑް-19 ފެތުރުން އޭޕްރީލް މަހު ހުއްޓޭނެ ކަމަށް ވެސް ޓްރަމްޕް ކުރިން ބުނެފައި ވެއެވެ.
އެމެރިކާގެ އިޤުތިޞާދަށް މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދަން ދެ ޓްރިލިއަން އެމެރިކާ ޑޮލަރުގެ ޕެކޭޖެއް މިހާރު ސެނެޓުން ވަނީ ފާސްކޮށްފައެވެ.
މިކަހަލަ ގަމާރު ބޯހަރު ގޮތްދޫނުކުރާ ގަދަބަސްބުނާ ނުބެހޭ ކަމެއް ނޯންނަ ނުދަންނަ އެއްވެސް ކަމެއް ނޯންނަ އެކަކު މިގައުމުގައި ހުންނާނެ. ދެން ހުރި މީހާ ހުރީ ބްރެޒީލްގައި. ބަލަ ޞިއްޙަތު ސަލާމަތުން ތިބިއްޔާ މަސައްކަތްކުރާނެ ދުވަސް ދައްކަވާނެ. މަރުނުވެ ދުނިޔޭގައި ޞިއްޙަތު ސަލާމަތުން ތިބިއްޔާ ކާންބޯން މަސައްކަތްކުރެވޭނެ. މަރާ ހަނގުރާމަކުރަމުން ކޮން ކެއުމަކާއި ބުއިމެއްތަ؟
ސަރުކާރެއްގެ ބެނުމަކީ ވަޒީފާއަށް ނުދެވޭ ހާލަތެއް އަތުވެއްޖެނަމަ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް އެހީތެރިވެދިނުން ނޫންބާ؟
ބޯގަމާރު ތިޔަބުނީ ސަތޭކައިގެ ވާހަކައެއް. އެކަލޭގެވެސް ހެއްދެވި ފަރާތެއް، އިރާދަފުޅެއް ހަނދާނެއް ހުންނަހެނެއް ހިއެއް ނުވާނެ ވާހަކަ ދައްކާ އިރަކު. މިހުރިހާ ވަބާއަކުން ސަލާމަތް ކުރައްވާށި އާމީން
ރާއްޖޭގައި ނަމަ މީނަޔާ އެންމެ އެއްގޮތް ހިޔާލު ހުންނަމީހަކީ ކާކު؟؟ ހައްހައް