ކޮވިޑް-19 ޖެހިގެން އިޓަލީވިލާތުން އިތުރު 683 މީހަކު މަރުވެއްޖެއެވެ.

އިޓަލީވިލާތުގެ ސަރުކާރުން ދެންމެ އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެގައުމުން މަރުވި މީހުންގެ ޖުމްލަ މިހާރު ވަނީ 7508 އަށް އަރާފައެވެ.

މިއަދު އިތުރު 5210 މީހަކު ވަނީ ކޮވިޑް-19 އަށް އިޓަލީވިލާތުން ފައްސި (ޕޮޒިޓިވް) ވެފައެވެ. މިހާރު އެގައުމުން ފައްސިވި މީހުންގެ ޖުމްލަ އަދަދު 74386 އަށް އަރައެވެ. މިހާތަނަށް 9362 މީހަކު ބަލިން ރަނގަޅު ވެފައި ވާއިރު ބަލި ޖެހިފައި ތިބި މީހުންގެ ތެރެއިން 3489 މީހެއްގެ ހާލު ވަރަށް ސީރިއަސްއެވެ.

އިއްޔެ އަށް ވުރެ މިއަދު އިޓަލީވިލާތުން މަރުވި މީހުންގެ އަދަދު މަދެވެ. އިއްޔެ 743 މީހުން މަރުވެ 5249 މީހަކު ފައްސިވިއެވެ.

އިޓަލީވިލާތުގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންނާއި ފައްސިވި މީހުންގެ އަދަދު އިއްޔެ އިތުރުވީ އޭގެ ކުރިން ދެދުވަހު މަރުވި މީހުންނާއި ފައްސިވި މީހުންގެ އަދަދު ދަށަށް ދިއުމަށް ފަހު އެވެ. އާދީއްތަ ދުވަހު އިޓަލީވިލާތުން މަރުވީ 651 މީހެކެވެ. ހޯމަ ދުވަހު މަރުވީ 601 މީހެކެވެ.

އިޓަލީވިލާތުގެ ސިވިލް ޕްރޮޓެކްޝަންގެ އިސްވެރިޔާ އެންޖެލޯ ބްރެލީ ވެސް މިއަދު ވަނީ ހުން އައިސްގެން ހޮސްޕިޓަލުން ފަރުވާ ހޯދާފައެވެ. ކޮވިޑް-19 އަށް އޭނާ ހެދި

އިޓަލީވިލާތުން މިއަދު ފައްސިވި މީހުންގެ އަދަދު އެމެރިކާ އާއި ސްޕޭނުން މިއަދު ރިޕޯޓް ކުރި އަދަދަށްވުރެ މަދެވެ. އެމެރިކާ އިން މިއަދު މިހާތަނަށް 5797 މީހުން ފައްސިވެފައި ވާއިރު ސްޕޭނުން ވަނީ 5552 މީހަކު ފައްސިވެފައެވެ.

މިހާރު މުޅި ދުނިޔެ އިންތިޒާރު ކުރަމުން ގެންދަނީ މުޅި އިޓަލީވިލާތް ފުރަބަންދު (ލޮކްޑައުން) ކުރުމުން އެގައުމުގައި ކޮވިޑް-19 ފެތުރުމަށް އަންނާނެ ބަދަލެއްގެ ނަތީޖާއަށެވެ. ފުރަބަންދު ކުރުމުގެ ނަތީޖާ ފެންނަން ދެހަފްތާ ނަގާނެ ކަމަށް ލަފާކުރެވެއެވެ. އިޓަލީވިލާތް ފުރަބަންދު ކުރީ މާޗް 09 ގައެވެ. ނަމަވެސް އޭގެ ފަހުން ވެސް ވަކިވަކި އަވަށްތަކުގައި މީހުން ބޭރަށް ނިކުމެ އުޅުން މަނައެއް ނުކުރެއެވެ. މީހުން މަގުމައްޗަށް ނިކުތުން މަނާކޮށްފައި ވަނީ މިމަހުގެ 23 ވަނަ ދުވަހު އެވެ.

ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 450000 އަށް ވުރެ މައްޗަށް އަރާފައެވެ. އަދި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 20000 ފަހަނައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަމްދުކުރަން

    މުސްލިމުން މިސް ކިތައް ވެއްދިޔަނުދީ ތަޅާބޭރު ކޮއް މުސްލިމުންނަ ކީ ޓެރަރިސްޓުންނޭބުނެ ޒާތީ ކޮށް. މަގުމަތީގައި ޖަމާއަތް ހަދާހާލު ނި ކަމެތި މުސްލިމުން ނަމާދު ކޮއްހެދީ..ނުލަފާ އިޓަލީއަށް މާތް ﷲގެ އަޒާބު ހައްގު...

    5
    1