ކޮވިޑް-19 އާ ދެކޮޅަށް ދުނިޔޭގެ އެކިކަންކޮޅުތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދުނިޔޭގެ މަޝްހޫރު ފޯން ކުންފުނި އެޕަލް އިން ނުވަ މިލިއަން އެން9 ޕްރޮޓެކްޓިކް މާސްކް ހަދިޔާ ކުރަން ނިންމައިފިއެވެ.

އެ ކުންފުނިން މާސްކް ހަދިޔާ ކުރަން ނިންމާފައި ވަނީ މެޑިކަލް ސްޓާފުންނަށެވެ. އެއީ އެމީހުން ކޮވިޑް-19 އިން ސަލާމަތް ކުރުމަށެވެ.

އެމެރިކާގެ ނައިބް ރައީސް މައިކް ޕެންސް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވިގޮތުގައި، އެޕަލް ކުންފުންޏަކީ ކެލިފޯނިއާގައި ހިންގާ މުއްސަނދި ކުންފުނިތަކުގެ ތެރެއިން ހޮސްޕިޓަލްތަކަށް އެހީތެރިވުމުގެ މަސައްކަތް ކުރަމުން އަންނަ އެއް ކުންފުނި ކަމަށެވެ. އެގޮތުން އެ ކުންފުނިން ޕްރޮޓެކްޓިކް ގިއަރު ފަދަ އެއްޗެހި ހުސްވާން ކައިރިވިކަމުގެ ހަބަރުތައް ފެތުރުމާއެކު އެ ތަކެތި ހަދިޔާ ކުރަން ނިންމި ކަމަށް އޭނާ ވިދާޅުވިއެވެ.

އެޕަލް ފަދަ ކުންފުންޏަކީ މާސްްކް ފަދަ އެއްޗެހި ހަދާ ކުންފުންޏެއް ކަމަށް ނުވާއިރު، އެ ކުންފުނިން އެހާ ގިނަ އަދަދެއްގެ މާސްކް ހޯދާނެ ގޮތަކާއި މެދު ގިނަބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ނަމަވެސް އެ ކުންފުންޏަކީ ސަރުކާރާއި ގުޅުން ނޯންނަ ބޮޑެތި ކުންފުނިތަކާއި،ގުޅުން އޮންނަ ކުންފުންޏަކަށްވުމުން މާސްކް ފަދަ އެއްޗެހި ހޯދުމުގައި ދައްޗެއް ނުވާނެ ކަމަށް ރިޕޯޓްތައް ބުނެއެެވެ.

އިނގިރޭސިވިލާތުގައި މާސްކް ލިބުމުގައި ދަތިވެ، އެކަމާއި ގުޅިގެން އެތައް ބަޔަކު އެހީތެރިވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން. ފޭސްބުކް، އައިބީއެމް ސޭލްސްފޯސްއާއި ޓެސްލާ އިންވެސް މާސްކް ބަހަން ނިންމާފައިވާކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    އެޕްލް ކުންފުނިން ފޯނު އުފައްދާ އުފައްދާ ފޫހިވެގެން ވައިރަސް މާސްކްވެސް އުފައްދާ ލޯންޗުކުރީތަ؟ ކޮން ނަމެއްތަ ރި މާސްކަށް ކިޔަނީ! އައި މާސްކް 20 ތަ؟