މެލޭޝިއާގެ ރަސްގެފާނު ސުލްތާން އަބްދުﷲ ސުލްތާން އަހުމަދު ޝާހު ކަރަންޓީން ކޮށްފިއެވެ.

ސުލްތާން އަބްދުﷲ ސުލްތާން އަހުމަދު ޝާހުގެ އިތުރުން އަނބިކަބަލުން ޓުންކު އަޒީޒާ އަމިނާ މައިމޫނާ އިސްކަންދަރިއާ ވަނީ 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކޮށްފައެވެ.

ޝާހީ ގަނޑުވަރުން ބުނެފައިވަނީ ރަސްގެފާނާއި އަނބިކަނބަލުން ކަރަންޓީން ކުރުމަށް ނިންމާފައިވަނީ ކޮވިޑް-19 އަށް ފައްސިވުމުން ނޫން ކަމަށާއި ރަސްގެފާނު ހެދި ޓެސްޓް ނައްސި ވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ގަނޑުވަރުގައި މަސައްކަތް ކުރާ 7 މުވައްޒަފަކު ކޮވިޑް-19 އަށް ފައްސި ވެފައިވާތީ ރައްކާތެރިވުމުގެ ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

ގަނޑުވަރުން ކޮވިޑް-19 އަށް ފައްސިވެފައިވާ 7 މުވައްޒަފުން މިހާރު ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، އެމީހުންނަށް ބަލި ޖެހިފައިވަނީ ކިހިނެއްކަން ބަލަމުން އަންނަ ކަމަށް ގަނޑުވަރުން ވަނީ ބުނެފައެވެ.

ރައްކާތެރިވުމުގެ ގޮތުން މިހާރު ގަނޑުވަރު ވަނީ ޑިސްއިންފެކްޓް ކޮށްފައެވެ.

މެލޭޝިއާގައި ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންގެ އަދަދު 2,000 އަށް އަރާފައިވާއިރު މިއަދު މިހާތަނަށް 235 މީހަކު ވަނީ އެގައުމުން ފައްސި ވެފައެވެ. އަދި މި ބަލި ޖެހިގެން މިއަދު މިހާތަނަށް 3 މީހަކު މަރުވެފައިވާއިރު ބަލި ޖެހިގެން މިއަދާއި ހަމައަށް 23 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ހެޔޮނުވާނެ

  މިދުވަސްވަރަކީ ޓެސްޓްތައް ނިމި މާލެ ދިއުމަށް ޓީކެޓް ނަގާފައިވާ ދުވަސްވަރު. އެކަމަކު ހުރިހާ ފްލައިޓް ތަކެއް ކެންސަލް. އަހަރެމެން އެއްވެސް ގޮތަކަށް ނޭދެން ސަރުކާރުގެ ހަރަދުގައި ރާއްޖެ ގެންދާކަށް. އަހަރަމެންގެ ހަމައެކަނި އެދުމަކީ ރާއްޖެ ދެވޭނެ ގޮތެއް. މިކަމަށް އާދެސްކޮށްކޮށް އެއްވެސް ކުރިއެރުމެއް ނުލިބުނު. އެމްބަސީގެ މަސައްކަތް ފާހަގަ ކުރަން. އެހެން ނަމަވެސް ރާއްޖެ ނުދެވުމުގެ ސަބަބުން ލިބޭ ދަތިތަކަށް ހައްލެއް ބޭނުން. =މެލޭގައި ތިބި ކިޔަވާ ކުދިން=

  6
  5
 2. ހެޔޮނުވާނެ

  މެލޭޝިއާގެ ހާލަތު ދަނީ ދުވަހެއް ދުވަހެއް ގޯސްވަމުން. ހެޔޮނުވާނެ މިތަނުން އަހަރެމެން ގެންގޮސްދީ. އަމިއްލަ ޚަރަދުގަ ދާން މިތިބީ ތައްޔާރަށް.

  10
  2