ކޮވިޑް-19 ގެ ސަބަބުން ފުރަބަންދު (ލޮކްޑައުން) އިއުލާނު ކޮށްފައިވަނިކޮށް ބޭރަށް ދިޔަ އާންމުންގެ މީހަކަށް ފުލުހުން ހަމަލާ ދީ މަރާލައިފިއެވެ.

މި ހަމަލާގައި މަރުވެފައިވަނީ ހައުރާ ސިޓީ އަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ ލާލް ސުވާމީއެވެ.

އޭނާގެ އާއިލާއާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފައިވަނީ ފުލުހުން އޭނާއަށް ހަމަލާ ދީފައިވަނީ ގޭގައި ހުރެފައި ކިރު ގަންނަން ބޭރަށް ނިކުތް ގަޑީ މުގުރުން ތަޅައި ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް މަރުވެފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

"ލާލް ގައިގެ އެކި ތަންތަނުގައި ތަޅާފައިވާ ނިޝާންތައް ފެންނަން ހުރި، ވަގުތުން ހޮސްޕިޓަލަށް ގެންދެވުނު އެހެން ނަމަވެސް ގެންދެވުނު އިރު މަރުވެފައިވާ ކަމަށް ޑޮކްޓަރު ބުނީ" އޭނާގެ އާއިލާއިން ބުނެފައިވާކަމަށް އިންޑިއާގެ މީޑިއާތަކުގައި ބުނެފައި ވެއެވެ.

ލާލްގެ މަރުވެފައިވަނީ ފުލުހުން ކޮށްފައިވާ އަނިޔާގެ ސަބަބުން ނޫން ކަމަށް ފުލުހުން ވަނީ ބުނެ އާއިލާއިން ކުރާ ތުހުމަތު ދޮގު ކޮށްފައެވެ. ފުލުހުން ބުނެފައިވަނީ އޭނާ މަރުވެފައިވަނީ ހިތަށް ދިމާވި ކަމަކުން ކަމަށެވެ.

އިންޑިއާގެ އިތުރުން ފުރަބަންދު އިއުލާނު ކޮށްފައިވާ އެހެން ގައުމުތަކުގައިވެސް ފުލުހުން އަންނަނީ އާންމުންގެ މީހުން ބޭރަށް ނުކުތުމުން ހަމާލާ ދެމުންނެވެ. އެހެން ނަމަވެސް މިއީ ފުރަބަންދު ކޮށްފައިވާ ދަނޑިވަޅެއްގައި ހަމަލާ ދީގެން މީހަކު މަރުވި ފުރަތަމަ ފަހަރެވެ.

އިންޑިއާގައި މިހާތަނަށް 694 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު އެގައުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ މުޅި ގައުމު ފުރަބަންދު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ގެރިމޯދީ

  ފުރަބަންދުގައިނުނިކުންނާށޭބުނީއެހެންވެގެން

  5
  47
 2. ނިއުމަތު

  މި އިންޑިއާ މީހުންނަކީ ހާދަހައި ނާތަހުޒީބް ބައެކޭދޯ.. ދުނިޔޭގައި އޮތް އެންމެ ބޮޑު ޑިމޮކޮރަސީ އޭ ކިޔައިގެން މި މީހުން މި ގެން ގުޅެނީ ވަލުޖަނަވާރު ގެންގުޅޭ ޢޫސުލް. އިންސާނުންނާ ޖަނަވާރުން މި މީހުންނަށް ވަކިނުވޭ...

  124
  3
  • ފދފަފފ

   ބަލައެކިޔާ ޑިމޮކްރަސީގެ އަސްލަކީ ވަލުޖަނަވާރުގެ އުޞޫލޭ

   55
   2
 3. ޙަބޭސް

  އިންޑިޔާގަ ތިބޭނީ ރަޙްމުކަޑާ ވަޅުލާފަތިބޭ މީހުން
  ރަޙްމޭ ކިޔާއަޑުވެސް ނުއިވޭނެ. އަދި އިންޑިޔާގެ
  ފިލްތަށް ޕްރޮމޯޓްްްްް ކުރަން އެންބޮޑަށް ބޭނުންކުރާނީ
  ތަޅާފޮޅުމާއި، ރިސްވަތާއި، ވަށްކަމާއި، ފޭރުމާއި، ޚިޔާނާތްތަށް އެތަނުގަ ޑިމަކްރޮސީއެއް ނޯންނާނެ އެތަނުގަ އޮތީ ޖަންގަލްސީ. ....

  72
 4. އަޅުގަނޑު

  ? ޔާﷲ

  55
 5. ޒަމީރު

  މިއީ މުސްލިމު ގައުމެއްގައި ހިނގި ކަމެއް ނަމަ ހުންނާނެ ފޯރި އަރުވާލާފަ މިއުޅޭ މުލްހިދުންތަކާ ޔަހޫދީ މީޑިއާތައް

  53
  1
 6. Anonymous

  އިންޑިޔާ މީދެން ޙައްދުފަހަނައަޅާފައިވާ ބައެއް.
  ޤާނޫނާއި ޤަޥާޢިދުތައް ހިފަހައްޓަން ވިޔަސް މިދެން ބޮޑުވަރު. އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތްބަޔަކާއި މިޤައުމުގެ ވެރިން ގުޅިގަނެގެން މިއުޅެނޫ. ހެޔޮވާނީ ކިހިނެތްތޯ. އެތާނގެ މުސްލިމުންނަށް ވެސް ހައުދަހާ އަނިޔާއެކޭ ދިނޫ

  25
  1
 7. ޑިމޮކުރަސީ

  މިއުޅޭ ބުއްޅަބޭ ވެސް ހުރިހާ ވަގުތެއް އެ ހޭދަކޮށްލަނީ އެޒާތުގެ ޑިމޮކުރަސީ އެއް މި ރާއްޖޭގަ ތަންފީޒު ނުކުރެވިގެނެއް ނުން...އެވަރުންވެސް ރީދޫކުދިން ހަމަ ކޯލްގެޓް އިސްތިހާރުގަ ބާރަށް އަތްޖަހާފަ ހޭން އެތިބެނީ ވާނުވާގަ...

  28
  1
 8. ?chicken ?

  Why did the police killed that innocent man

  21
  1
 9. Anonymous

  ވިސްނާލާދެން މިހާރު މިޤައުމު އިންޑިޔާގެ އަޅުވެތިކަމަށް ގޮސް ފިއްޔާ އަފިރިން އުޅެންޖެހޭނެ ޙާލު.ގޮތެއް ވާ ފޮތެއް ނުބަލާ ފުރަތަމަވެސް ތަޅާލަނީދޯ

  9
  1
 10. ސަރަފުއްދީން

  ގެރި ގާމުވެސް ހިމާޔަތްކުރޭ