ކޮވިޑް-19 ފެތުރެމުންދާ ގައުމުތަކުގެ ތެރެއިން ގިނަބަޔަކު މަރުވަމުން އަންނަ އިޓަލީން މަރުވި ޑޮކްޓަރުންގެ އަދަދު 37 އަށް އަރާފައިވާކަމަށް އެ ގައުމުން ހާމަކޮށްފިއެވެ.

މި ވައިރަސް ޖެހިގެން އެ ގައުމުން މިހާތަނަށް 6000 އަށްވުރެ ގިނަ ސިއްހީ ހިދުމަތްތެރިންނަށް ފަރުވާދެމުން އެބަ ދެއެވެ.

މަރުވި ޑޮކްޓަރުންގެ ތެރެއިން ތިން ޑޮކަރުން މަރުވެފައި ވަނީ އިއްޔެ އެވެ. އެ ތިން ޑޮކްޓަރުން މަރުވެފައު ވަނީ ތިން ސިޓީއަކުންނެވެ. އެއީ ގެރްގާމޯއިންނާ ފޯއްގިއާއިންނާއި ނެޕްލްސް އިންނެވެެ.

އިޠަލިއަން ފެޑެރޭޝަން އޮފް މެޑިކަލް ޕްރޮފެޝަނަލްސް އިން ބުނީ، މިއާއެކު މި ވައިރަސް ޖެހިގެން މަރުވި ޑޮކްޓަރުންގެ އަދަދު 37 އަށް މިހާރު އަރާފައިވާ ކަމަށެވެ.

އިޓަލިއަން ރީޗާޒް އިންސްޓިއުޓްގެ ވެރިޔާ ބުނީ، 6205 ސިއްހީ ހިދުމަތްތެރިއަކަށް މި ވައިރަސް ޖެހިފައިވާ ކަމަށެވެ.

"ކޮންމެ ދުވަހަކުވެސް އަހަރެމުން ކުރިމަތިލާން މި ޖެހެނީ ބޮޑު ހަނގުރާމައަކާއި". ޑޮކްޓަރސް ފެެޑެރޭޝަންގެ ރައީސް ބުނެފައި ވެއެވެ/

އެ ފެޑެރޭޝަނުން ވަނީ މި ވައިރަސް ޖެހިގެން ވިޔަސް އަދި ނޫންކަމުގައިވިޔަސް އެ ގައުމުން އިތުރު ޑޮކްޓަރުން މަރުވާނެ ކަމުގެ އިންޒާރު ދީފިފައެވެ.

"ގިނަ ޑޮކްޓަރުން މަރުވަނީ ކުއްލިއަކަށް. ބައެއް ފަހަރު އެ މަރާއި ވައިރަސްއާ ގުޅުމެއްވެސް ނޯވޭ".

އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ކޮވިޑް-19 ޖެހިގެން އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 7503 އަށް އަރާފައެެވެ. އަދި އެ ގައުމުން މި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 74386 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ބަލިމީހުންނަށް ފަރުވާކޮށްދެން ތިބި ގިނަ ޢަދަދެއްގެ ޑޮކްޓަރުން މަރުވުމަކީ ހިތާމަ ހުރިކާމެއް. ޔާﷲ މިނުރައްކާތެރި ވަބާއިން ދުނިޔެ ސަލާމަތް ކުރަށްވާނދޭވެ އާމިން

    33