ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ލޯން ސްކީމްތަކަށް ފައިސާ ދެއްކުން އޮގަސްޓް މަހާއި ހަމައަށް ފަސްކޮށްފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ލޯން ސްކީމްގެ ލޯންތައް ދެއްކުން 01 މާޗުން ފެށިގެން 01 އޮގަސްޓާއި ހަމައަށް ފަސް ކުރެވިފައިވާ ކަމަށެވެ. މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯދެއްވުމަށް 333466 ނުވަތަ 3000112 އަށް ގުޅުއްވުމަށް މަބްރޫކް އެދިވަޑައިގެންނެވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ލޯނުތައް ދެއްކުން ހަމަސް ދުވަހަށް ފަސްކޮށްދިނީ އެޗްޑީސީ އިން ކަމަށް މަބްރޫކަށް ވިދާޅުވެވުނީ އޮޅިގެން ކަމަށް އޭނާ ފަހުން ވަނީ މީޑިއާ މައުލޫމާތު ދެއްވާފައެވެ. ލޯނުތައް ދެއްކުން ފަސްކޮށްދިނީ އެޗްޑީއެފްސީ އިން ކަމަށް މަބްރޫކް ފަހުން ވިދާޅުވިއެވެ.

މާލޭގެ ގެތަކުގެ ކުލި ދުނިޔޭގެ އެންމެ އަގު ބޮޑު ސިޓީތަކާ އެއްވަރު ކަމަށާއި ކުލި ދަށްކުރުމާ މެދު ވިސްނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، މާލޭގައި ދިރިއުޅުމަށް ދޭ ތަންތަނުގެ ކުލި ރެގިއުލޭޓް ކުރުމާ މެދު އަދި ސަރުކާރުގެ ވަކި ވިސްނުމެއް ނެތެވެ. އެކަމަކު ކުލި ކުޑަކުރުމުގެ ވިސްނުން ގަބޫލުފުޅު ކުރައްވާ ކަމަށާއި އެކަމާ މެދު ވިސްނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އިއްޔެ ވިދާޅުވީ ޖުމްލަކޮށް މާލޭގެ ކުލި ކުޑަ ކުރެވޭނެ ގޮތެއް ވިސްނަވާނަންތޯ ނުވަތަ ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުލި ކުޑަކުރެވޭނެ ވާހަކަތޯ ނޫސްވެރިޔަކު މިރޭ ސުވާލު ކުރުމުން މަބްރޫކް ވިދާޅުވީ ރައީސް ވިދާޅުވެފައި ވަނީ ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުލި ކުޑަކުރާނެ ވާހަކަ ކަމަށެވެ.

ކޮވިޑް-19 ފެތުރި އެތައް ބައެއްގެ އާއްމުންދަނީ އަށް އަސަރު ކޮށްފައި ވާތީ ވަރަށް ގިނަ ބަޔަކު ގެންދަނީ މާލޭގެ ކުލި ކުޑަކުރެވޭނެ ގޮތެއް ހޯއްދަވައި ދެއްވުމަށް ސަރުކާރުގައި އެދެމުންނެވެ. މާލޭގެ ބައެއް ބޭފުޅުން ވަނީ އެބޭފުޅުންނަށް އަމިއްލަފުޅަށް ފެނިވަޑައިގެން ބައެއް ގެތަކުގެ ކުލި ކުޑަކޮށްފައެވެ. ނަމަވެސް އެއީ ނިސްބަތުން ވަރަށް މަދު އަދަދެއްގެ މީހުން ދިން ލުޔެކެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. އަލީ

  ހުޅުމާލޭގެ އިންޑަސްޓްރިއަލްޒޯން ގެ ތަންތަނުގެ ކުލިވެސް ދެއްކުން ފަސްކޮށްދެއްވުން އެދެން.

  1
  1
 2. ބްރޯ

  ކުލި ބޮޑު ވެގެން ދިޔައީ ބޭންކުތަކުން ނަގާ އިންޓރެސްޓް ބޮޑުވުމަާ ލޯނު އަދާކުރެވެއިރު ލޯނު ދަބަލްވެގެން ދެއްކެ މިންވަރަށް ލޯނު ބޮޑުވެގެން ދާތީ މިނޫނަހައްލެއް އޮތްތޯ ބައްލަވަދެއްވާ.

 3. ބްރޯ

  އެޗްޑީސީ އަށް ފައިސާ ދެއްކުން ފަސް ކުރެވޭއިރު އެޗްޑީއެފް ސީ އަށް ދައްކަންޖެހޭ ޕޭމަންޓް އޮތީ ކިހނެތް ބާ؟

 4. ކުރަފި

  ކޮބާ އެޗް ޑީ އެފް ސީ، ނިދާފަތޯ؟! ކޮރެލްވިލް ހުލުމާލޭގެ އެޕާރޓްމަންޓްތަކުގެ ކުލި ފަސްނުކުރޭތަ!

 5. އަހްމަދު

  އެޗްޑީއެފްސީ އާ އެޗްޑީސީ މީގެތަފާތަކީ ކޮބައިބާ

 6. އާދޭސް

  ހުޅު މާލެ ފްލެޓް ތަކުގަ ދިރި އުޅޭ މީހުން ހައުސިންގ މިނިސްޓްރީ އަށް ދައްކަންޖެހޭ ކުލި ފަސްކޮއްދެއްވުން އެއީ މިސަރުކާރަށް ކޮއްނުދެވޭ ވަރުގެ ކަ މެއްތޯ މަބްރޫކް ވިދާޅުވެ ދެއްވުން އެދެން. ނޯޕޭތަކާއި މުސާރައިން % ތައް އުނިކުރު މާއި ގޭގަ ތިބެން ޖެހު މުން މިިވަގުތު މިކުލި ދައްކާނީ ކިހިިނެއްތޯ ވިދާޅުވެދެއްވުން އެދެން.

 7. އާދޭސް

  މިހިސާބަށް ދިޔައިރު ހައުސިންގ މިނިސްޓަރ ނުވަތަ މިނިސްޓްރީން ހުޅުމާލެ ފްލެޓް ތަކުގެ ކުއްޔާ ބެހޭގޮތުން ބަހެއް ނުބުނެ ހަނުހުންނަނީތޯ.

 8. Anonymous

  ހުރިހާ ބޭންކުތަކުންވެސް އަދި މާލީ އިދާރާތަކުންވެސް ގެތައް ކުއްޔަށްދީގެން އުޅޭ މީހުންގެ ލޯނުތައް ފަސްކޮށްދޭންޖެހޭނީ ކުލި ކުޑަ ކޮށްދޭނަމަ ބޮޑު ކުލި ނަގާ ބަޔަކަށް ލުއިކަން ދިނުމުގެ ބޭނުމެއް ނެތް

 9. Anonymous

  ރައްޔިތުންނަށް ލުއިދޭއިރު އެހާ ޝަރުތު ގިނަ ކުރުން ރަނގަޅުތަ؟ އެޗްޑީއެފްސީ އިން ލޯނު ފަސް ނުކޮށްދީވާނެ ޝަރުތެއް އެބަ ކިޔާ. "ގަވާއިދުން ލޯނު ދެއްކުން" މީގެ ބަދަލުގައި މިހާތަނަށް ދައްކަންޖރހޭ ލޯނުފައިސާ ދައްކާވުން ބުނިނަމަ އިހްލާސްތެރިކަން އެނގޭ. ގަވާއިދުން ނުދައްކާކަމަށް ނިންމަފާނެ ލޯނު ދެއްކުން 1 ދުވަސް ލަސްވެފަ ތިބި މީހުނަށްވެސް

 10. އުލާ

  މިހާލަތުގައި ކުއްޔަށް އުޅޭ މީހުނަށާ ކުއްޔަށް ދީފަ ތިބި މީހުނަށާ ވިޔަފާރިތަކަށް ލުޔެއްލިބި އިގްތިސާދު ހުއްޓުމަކަށް ނައިސް ކުރިއަށްދާނީ، ލޯނު ފަސްކުރަން އެދޭ އެންމެންނަށް އެކަން ކޮށްދިނުމުގެ ނިޔަތާ އެކު. ދެއްކުން ތެރިކަން ނުވަތަ ވަަކި ބަޔަކަށް ކަންކަން ކޮށްދިނުމުން ވާޖިބު އަދާވީކަމަށް ދޭހަވާގޮތަށް އަމަލުކުރުމުން އެއީ ނުބައި ނިޔަތް. ﷲ ތައާލާ މިފަ މުޖުތަމައަކަށް ހެޔޮގޮތް މިންވަރު ކުރައްވާނެ ކަމަށް ހީވެސް ކުރަން ނުވާނެ.

 11. ދާދު އަހްމަދު

  ފާގަކުރެވޭ ކަމަކީ، ސަރުކާރަށް ފައިސާ މަދުވާނެ ކަމަކަށް ކުރިކަމަކީ ބޮޑެތި މަހުޖަނުންނަށް ދޫކޮށްފައިވާ ރިސޯޓްތަކުގެ ކުލި ކަނޑާލިކަން. އެކަމަކު އެޗްޑީސީއާއި ގުޅީފަޅާ، ތިލަފުށިތަންތަނުން ކުއްޔަށް ބިންނަގައިގެން ތިބި އާދައިގެ ވިޔަފާރިތަކަށް އެއްވެސް ލުޔެއް ނުދޭކަން.

 12. ާއަލީ

  ޑައިރެކްޓް ޑެބިޓް އިން ކަނޑާ މީހުންގެ މާރޗް މަހުގަވެސް ކެނޑި. ޢަމިއްލަ ފުލައް ވިދާޅުވާ އެއްޗެއްތޯ. ޢޮޅުވާލިޔަސް ތީ ބޮޑުވަރު