ކޮވިޑް-19 ޖެހިގެން އެމެރިކާގެ ޑޮކްޓަރަކު މަރުވެއްޖެއެވެ.

އެ ޑޮކްޓަރު މަރުވެފައިވަނީ އެމެރިކާގެ ފްލޮރިޑާގެ ދެކުނު ސަހަރައްދުންނެވެ. އެމެރިކާގެ ފްލޮރިޑާއިން މަރުވެފައިވަނީ އެލެކްސް ހުސޫ ނަމަކަށް ކިޔާ އުމުރުން 67 އަހަރުގެ ޑޮކްޓަރެކެވެ.

އެމެރިކާއިން މަރުވި ޑޮކްޓަރަކީ ދާދި ފަހުން ޗައިނާއަށްވެސް ދަތުރުކޮށްފައިވާ މީހެކެވެ. އޭނާގެ ގައިން ބަލީގެ އަލާމާތްތައް ފެންނަށް ފެށުމާއެކު އޭނާ ވަނީ ބައްޔަށް ޓެސްޓުކޮށްފައެވެ. އޭނާ ފައްސިވިކަން ޔަގީންވެފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

ކޮވިޑް-19 ޖެހިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ޞިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުން ދަނީ މަރުވަމުންނެވެ. އެގޮތުން އިޓަލީން މިހާތަނަށް 36 ޑޮކްޓަރަކު ވަނީ މަރުވެފައެވެ. އަދި ފްރާންސްއާއި ފިލިޕީންސް އިންވެސް ގިނަ ޑޮކްޓަރުން ވަނީ މަރުވެފައެވެ.

އިތުރު ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު