ކޮވިޑް-19 އަށް އެންމެ ގިނަ ބަޔަކު ފައްސި (ޕޮޒިޓިވް) ވި ގައުމަކަށް ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމު ކަމަށްވާ އެމެރިކާ ވެއްޖެއެވެ.
މީގެ ދެ ގަޑިއިރެއްހާ ކުރިންވެސް އެމެރިކާ އޮތީ މި ލިސްޓުގެ ތިންވަނައިގައެވެ. ނަމަވެސް ފާއިތުވި ދެ ގަޑިއިރެއްހާ އިރުގެ ތެރޭގައި އެމެރިކާގެ އެކި ސަރަހައްދުތަކުން ލިބުނު އަދަދުތަކާއެކު، ކުރިން ލިސްޓުގެ އެއްވަނައިގައި އޮތް ޗައިނާއާއި، ދެވަނައިގާ އޮތް އިޓަލީއަށްވުރެ އެމެރިކާ މިވަނީ ކުރިޔަށް ޖެހިފައެވެ.
އެމެރިކާއިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 13،966 މީހަކު ވަނީ ފައްސިވެފައެވެ. އަދި އެއާއެކު މިހާރު އެގައުމުން ފައްސިވި މީހުންގެ އަދަދު މިވަނީ 82،177 އަށް އަރާފައެވެ.
ދެވަނައިގައި އޮތް ޗައިނާއިން މިހާތަނަށް 81،285 މީހަކު މި ބައްޔަށް ވަނީ ފައްސިވެފައެވެ. އަދި އިޓަލީން ލިސްޓުގެ ތިން ވަނައިގައި އޮތް އިރު، އެގައުމުން ފައްސިވެފައިވަނީ ޖުމްލަ 80،589 މީހުންނެވެ.
އެމެރިކާއިން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޖުމްލަ 150 މީހަކު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. އޭގެތެރެއިން 100 މީހުން މަރުވެފައިވަނީ ނިއު ޔޯކުންނެވެ. އެގައުމުން މަރުވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވާނެކަމަށް ބެލެވެއެވެ. އެމެރިކާއިން މިހާތަނަށް ޖުމްލަ 1،177 މީހަކު ވަނީ މަރުވެފައެވެ.
އެމެރިކާއިން ބަލި ޖެހޭ ނިސްބަތަށް ބަލާއިރު، ބަލިން ރަނގަޅުވަނީ މަދު ބައެކެވެ. އެގައުމުން މިހާތަނަށް މި ބަލިން ރަނގަޅުވެފައިވަނީ އެންމެ 1،864 މީހުންނެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 2،122 މީހުންނަށް ފަރުވާދެމުން ގެންދަނީ އައިސީޔޫ ތަކުގައެވެ.
އެމެރިކާގެ ނިއުޔޯކުގައި މިހާރު ވަނީ މޯޗަރީތައް އިތުރު ކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. މިހާރު ނިއުޔޯކުގައި މޯޗަރީގައި ބޭތިއްބޭނީ 900 މީހުންނެވެ. އެމެރިކާއިން ލަފާކުރާ ގޮތުގައި ހަފްތާއެއްގެ ތެރޭގައި ނިއުޔޯކުގެ ހުރިހާ މޯޗަރީއެއްގެ ޖާގަތައް ފުރޭނެއެވެ.
އެމެރިކާ މީހުންގެ ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުން ބަލި އިތުރަށް ފެތުރިގެން ދިއުމުގެ ފުރުސަތު ވެސް ވަރަށް ބޮޑެވެ.
އަމިއްލަ ލޮލަށް އެއްމެފަހުން ތިހެރުނީ އުތަ؟ ޗައިނާޔަކީ ނުގޯވާސޫއްޕެއްކަހަލަ އެއްޗެއް، ޗައިނާޔަށްލޮޓިދޭން އުޅެގެން ޓްރަންޕަކަށްވެސް މޯދީ އަކަށްވެސް އަދި އިޒްރާއީލަކަށްވެސް ކާމިޔާބެއްނުވި!
ކޮބައިތަ އެތާ ހުންނަ މަރުމޯލު ކަލޭގެ. މި ކަމާމެދު އެއްވެސް ވާހަކައެއް ނުދައްކާތަ؟ މިރާއްޖޭގައި އުޅޭ މަރުމޯލުވެސް މިހާރު މިކަމާމެދު އެއްވެސް އެއްޗެއް ބުނިކަމަކަށް އެއްވެސް ނޫހެއްގައި އޮތްވާ ނުފެނޭ. ބްރެޒިލްގެ މަރުމޯލާއެކީގައި މި ދެ މަރުމޯލުން ހަދާނެ ދޮގެއް ހޯދަން މަޝްވަރާއަކަށް ދިޔައީތަ؟
ހަމަ މީހުންގެ "ބޯހަރު" ކަމާއި މުޑުދާރު ކަމުންނޭ ދަންނަވާނީ. އެމެރިކާ މީހުންނަކީ ރާއްޖޭގެ މީހުންނަށް ވުރެ އެތައް ހާސް ބައެއް މުޑުދާރު ބައެއް. ކަންފަސޭހަ ކަމުން %100 މީހުން ގެއަށް ވަންނާނީ ބޫޓު ނުބާލާ. އެނދުގައި ވެސް އޮށޯވެ ދާނެ ބޫޓާ އެއްކޮށް. އަތްދޮންނާނީ ހިތަށް އެރިއްޔާ. ރާއްޖޭ މީހުން ކޮރޯނާ އިން ސަލާމަތް ވުމަށް ކުރާ ކަންކަމުން މި ގައުމުތަކަށް ވީ ގޮތް ނުވާނެ ކަން، މާތް ﷲ ރަހުމަތްފުޅުން ހަމަ ޔަގީން ! އިޓަލީ މީހުން ނަކީ ވެސް ވަރަށް މުޑުދާރު ބައެއް. ޗައިނާ މީހުން ވެސް. ރާއްޖޭ އެންމެން ރައްކާތެރި ކަމުގައި ލަހައްޓަވާށި !!!
މާތްﷲގެ ކުޅަދުންވަންތަކަން މާ ބޮޑު
ދެން ކީއްވެ ލިސްޓުގެ 1 ވަނައށް އެމެރިކާ ނާރުވަނީ؟
ޢެންމެން ﷲގެ މަގަށް ރުޖޫޢަވެ އީމާންކަންމަތީ ށާބިތުވެތިބެ ހެޔު ޢަމަލުގިނަކރުން ނުން ބޭހެއް ނޯންނާނެ!!! ސަލާމަތްކަން އޮތީ ސަލާމަތްވެ ﷲގެ ކިބަފުޅަށް ރުޖޫޢަވެ ނަމާދުތައް ކަނޑައެޅިފައިވާ ވަގުތުތަކުގައިކޮށް ހެޔޮޢަމަލު ގިނަކުރި މީހަކަށް!!!
އެމެރިކާ އިން ފެންނަމުން ދަނީ ޑިމޮކްރަސީގެ ކުލަ. އެއީ ހަގީގަތް. ލައިކް ރާއްޖެ