ކޮވިޑް-19 ޖެހިގެން ސްޕެއިން އިން އިތުރު 769 މީހަކު މަރުވެއްޖެ އެވެ. މިއީ 24 ގަޑިއިރު ތެރޭގައި މި ވައިރަސް ޖެހިގެން އެ ގައުމުން މިހާ ގިނަ ބަޔަކު މަރުވި ފުރަތަމަ ފަހަރެވެ.

އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 4858 އަށް އަރާފައެވެ.

އެ ގައުމުން އިތުރު 7871 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު، މިއީވެސް އެ ގައުމުން އެއް ދުވަސް ތެރޭގައި މިހާ ގިނަބަޔަކު ފައްސި (ޕޮޒިޓިވް)ވި ފުރަތަމަ ފަހަރެވެ.

އީރާނުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 64059 އަށް އަރާފައެވެ. މީގެ ތެރެއިން 4165 މީހަކަށް ފަރުވާދެމުން ދަނީ އައިސީޔޫތަކުގައެވެ.

މިޔާއެކު ބަލި ޖެހިފައިވާ މީހުންގެ ތެރެއިން އެންމެ ހާލު ސީރިއަސް މީހުން ގިނަ ގައުމަކަށް ސްޕެއިން ވަނީ ވެފައެވެ.

އަދި މި ބަލި ޖެހުނު 9357 މީހަކު މިހާތަަނަށް ވަނީ ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. muguri

    އެއްވެސް މީހަހަކަށް މިގައުމަށް އެތެރެވިޔަނުދޭންވީ. އެއީ ހަމައެކަނިހައްލަކީ. ކަރަންޓީނު ސާދަ ދުވަހަކީ މިހާރު ހަގީގަތެއްނޫން . އެއައްވުރެގިނަދުވަސްވަންދެން ވައިރަށް ހަށިގަޑުގައި ހުރޭ. ވީމާ މިކަމަށްވިސްނާ ވަގުތުން ދިވެހިރާއްޖެއަށް މީހުންއެތެރެވުން މަނާކުރަންވީ. ތިމާމީހުންނަކީ މާމޮޅުބަޔަކަށް ވުމުގެކުރިން

    32