ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން 181 މީހަކު މަރުވެއްޖެ އެވެ. މިހާތަނަށް އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވެފައި ވަނީ 759 މީހުންނެވެ.

އެ ގައުމުން އިތުރު 2921 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 14579 އަށް އަރާފައެވެ.

މިއީ މި ވައިރަސް ޖެހިގެން މިހާތަނަށް އިނގިރޭސިވިލާތުން އެންމެ ގިނަ މީހުން މަރުވި އަދި ފައްސިވި ފަހަރެވެ. އެގޮތުން މީގެ ކުރިން އެ ގައުމަުން އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ އިއްޔެ އެވެ. އެއީ 115 މީހުންނެވެ.

އަދި އެ ގައުމުން ތިން ވަނައަށް އެންމެ ގިނަ މީހުން މަރުވެފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ. އެއީ 87 އެވެ.

އެ ގައުމުން ދެވަނައަށް އެންމެ ގިނަބަޔަކު ފައްސިވެފައި ވަނީ އިއްޔެ އެވެ. އެއީ 2129 މީހުންނެވެ. އަދި އެ ގައުމުން ތިން ވަނައަށް އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ، މި މަހުގެ 25 ވަނަ ދުވަހުއެވެ. އެއީ 1452 މީހުންނެވެ.

އެ ގައުމުން މި ވައިރަސް ޖެހުނު މީހުންގެ ތެރެއިން 163 މީހެއްގެ ހާލު ސީރިއަސްއެވެ. އަދި 135 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެތެރެކުރީ

    މިބަލިގަނޑު ފެތުރެންފެށީމަ މިތަނުން ހިފައިގެން ރާއްޖެ މިއަންނަނީ. އެދިވެހިމީހާ ކުށްވެރިވޭ ނޫންތޯ.