ކޮވިޑް-19 ޖެހިގެން ދެކުނު އެފްރިކާއިން ފުރަތަމަ ފަހަރަށް ބަޔަކު މަރުވެއްޖެ އެެވެ.

އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވެފައި ވަނީ ދެމީހުންނެވެ. މި ދެމީހުން މަރުވިކަން ހާމަމޮށްފައި ވަނީ މިއަދު ހެނދުނުއެވެ.

އަދި މަރުވި ދެ މީހުންގެ ތެރެއިން އެކަކު މަރުވެފައި ވަނީ ކޭޕް ޕްރޮވިންސްގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި ފަރުވާދެމުންދިޔަ މީހަކާއި، ސަރުކާރު ފެސިލިޓީއެެއްގައި ފަރުވާދެމުންދިޔަ މީހެކެވެ.

އެ މީހުންނާއި ގުޅޭ އިތުރު ތަފްސީލް ފަހުން ހާމަ ކުރާނެ ކަމަށް އެ ގައުމުގެ ކަމާއި ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

މިހާތަނަށް އެ ގައުމުން ކޮވިޑް-19ޖެހުނު މީހުންގެ އަދަދު ވަނީ 927 އަށް އަރާފައެވެ. މީގެ ތެރެއިން 7 މީހަކަށް އައިސީޔޫތަކުގައި ފަރުވާދެމުން އަންނައިރު، މި ބަލި ޖެހިގެން ރަނގަޅުވެފައި ވަނީ 16 މީހެކެވެ.

އެ ގައުމުން މިއަދު މިހާތަނަށް އެއްވެސް މީހަކު ކޮވިޑް-19 އަށް ފައްސިވެފައެއް ނުވެއެވެ.

އިތުރު ތަފްސީލް އަންނަނީ...