އެމެރިކާގެ ސެން ފްރަންސިސްކޯއަކީ ދުނިޔޭގައި އެރަށެއްގެ ރީތިކަމަށްޓަކައި ނަން މަޝްހޫރު ރަށެކެވެ. ރަން ރަށުގެ ގޮތުގައި ނަން މަޝްހޫރު ވެފައިވާ ސެން ފްރަންސިސްކޯއަކީ 1848 ވަނަ އަހަރާއި ހަމަޔަށް މެކްސިކޯގެ ބާރުގެ ދަށުގައި އޮތް ސަރަހައްދެކެވެ.

އެ ރަށް ހިމެނޭ ސަރަހައްދު އެމެރިކާގެ ސަރަހައްދަކަށްވެގެންދިޔައީ މެކްސިކޯއާއި އެމެރިކާއާއި ދެމެދު ހިނގައިދިޔަ ހަނގުރާމައަށްފަހުއެވެ. އެންމެ ފުރަތަމަ ޗައިނީޒް ފޯޗުން ކުކީ އީޖާދުކޮށްފައިވަނީވެސް ސެން ފްރާންސިސްކޯގެ ރައްޔިތެކެވެ.

ސެން ފްރާންސިސްކޯއަކީ ވިޔަފާރިކުރުމަށްވެސް އެވަރެއް ނެތް ރަށެކެވެ. އިގްތިސާދީ ޑިޕްރެޝަންގެ ތެރެއިން އެ ރަށުގެ އެއްވެސް ބޭންކެއް ބަނގުރޫޓުވެފައެއް ނުވެއެވެ. އަދި މަޝްހޫރު ބޮޑެތި ބްރިޖްތައްކަމުގައިވާ އޯކްލެންޑް ބޭ ބްރިޖް އަދި ގޯލްޑަން ގޭޓް ބްރިޖްވެސް ބިނާކުރެވިގެންދިޔައީ ޑިޕްރެޝަންގެ ތެރެއިންނެވެ.

ސެން ފްރާންސިސްކޯއަކީ އެމެރިކާއާއި ޖަޕާނުގެ ދެމެދުގައި ދެވަނަ ބޮޑު ހަނގުރާމައިގެ ތެރެއިން އޮތް ހަތުރުވެރިކަން ނިންމާލުމުގައި ބޮޑު ދައުރެއް އަދާކޮށްދިން ރަށެކެވެ. އެގޮތުން ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވުނު ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރެވުނީވެސް އެ ރަށުގައެވެ. 1906 ވަނަ އަހަރު ސެން ފްރާންސިސްކޯއަށް އައި ބޮޑު ބިންހެލުމެއްގެ ސަބަބުން އެ ރަށުގެ ބޮޑު ސަރަހައްދެއް ވަނީ މުޅިން ސުންނާފަތިވެސްވެފައެވެ.

އަދި ސެން ފްރާންސިސްކޯއަކީ ހުތުރު މީހުން އާންމުންގެ ތެރެއަށް ނިކުތުމަށް މަނާކުރާ ގާނޫނެއްވެސް އެންމެ ފުރަތަމަ އެމެރިކާގައި އުފެއްދި ރަށެވެ. އެ ގާނޫނު މިހާރު ވަނީ ނައްތާލެވިފައެވެ. އެ ގާނޫނުގެ ދަށުން ހުތުރު މީހުންނަށް އާންމުންގެ ތެރެއަށް ނިކުމެ އެމީހުންގެ މޫނު ދެއްކުމަކީ މަނާކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު