ކޮވިޑް-19 ޖެހިގެން ޖޯޑަން އިން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެއެވެ.

ޖޯޑަން އިން ކޮވިޑް-19 ޖެހިގެން މަރުވެފައިވަނީ އުމުރުން 80 އަހަރުގެ އަންހެނެކެވެ.

ޖޯޑަން އިން މިހާތަނަށް 235 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެގައުމުން 23 މީހަކު ވަނީ މިބައްޔަށް ފައްސިވެފައެވެ.

ޖޯޑަން އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 18 މީހަކު މިހާރު ވަނީ މި ބަލިން ރަނގަޅުވެފައެވެ.

މުޅި ދުނިޔެއިން މިހާތަނަށް 6 ލައްކައާއި ގާތްކުރާ އަދަދަކަށް މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މުޅި ދުނިޔޭން ޖުމްލަ 594,377 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، މިހާތަނަށް މި ބަލި ޖެހިގެން މުޅި ދުނިޔެއިން މަރުވެފައިވަނީ 27,250 މީހުންނެވެ. އެއީ ބަލި ޖެހުނު މީހުންގެ ނިސްބަތަށް ބަލާއިރު 4.57 އިންސައްތައެވެ. މިހާތަނަށް މި ބަލި ޖެހުމަށްފަހު ރަނގަޅުވެފައިވަނީ 133,006 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު