އިރާންގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން 139 މީހަކު މަރުވެއްޖެއެވެ.

މި އަދަދާ އެކު، އިރާންގައި މަރުވި މީހުންގެ އަދަދު ވަނީ 2,517 އަށް އަރައިފައެވެ. އަދި އިތުރު 3,076 މީހެއްގެ ގައިން ބަލި ފެނިފައިވާ އިރު، މިހާތަނަށް އެ ގައުމުން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 35,408 އަށް އަރައިފައެވެ.

މިހާތަނަށް މި ބަލިން ސަލާމަތްވެފައި ވަނީ 11,679 މީހުންނެވެ. މި ބަލި ޖެހިގެން ސީރިއަސް ހާލަތުގައި ތިބީ 3,206 މީހުންނެވެ.

އީރާނަކީ ކޮވިޑް-19 ފެތުރިގެން ހަތަރު ވަނަ އަށް އެންމެ ގިނަ މީހުން މަރުވެފައިވާ ގައުމެވެ. މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އިޓަލީންނެވެ. އެގައުމުން މިހާތަނަށް 9,134 މީހަކު ވަނީ މަރުވެފައެވެ.

މީގެ ކުރިން އީރާން ބެލެވިފައި އޮތީ ކޮވިޑް-19 ފެތުރިއްޖެ ނަމަ ބަލީގެ ނުރައްކާ އެންމެ ބޮޑުވެގެން ހިނގައިދާނެ ގައުމުގެ ގޮތުގައެވެ. ނަމަވެސް މިވަގުތު އީރާނަށް ވުރެ އެމެރިކާގެ ހާލު ދެރައެވެ. އެގައުމުން މިއަދާއި ހަމައަށް ރިކޯޑް އަދަދަކަށް މީހުން ވަނީ ފައްސި ވެފައެވެ.

ކޮވިޑް-19 ޖެހިގެން މިހާތަނަށް ދުނިޔެއިން 27,677 މީހަކު މަރުވެފައި ވެއެވެ. މިހާތަނަށް މި ވައިރަސް އަށް 607,239 އަށްވުރެ ގިނަ މީހުން ފައްސިވެފައިވާއިރު ރާއްޖެ ހިމެނޭ ގޮތަށް މިހާތަނަށް 199 ގައުމަކުން މި ވައިރަސް ވަނީ ފެނިފައެވެ.

މިއީ ފަހުގެ ތާރީޚެއްގައިވެސް ދުނިޔެއަށް އެންމެ ބޮޑަށް ނުރައްކާ ކުރިމަތިކުރުވި ވައިރަސްއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްޑޫސިޓީ

    އިއްޔެއިން ފެށިގެން އޮންއެރަވަލް ވިސާދޫނުކުރަން ނިންމީ ރާއްޖެއަންނަ ފުލައިޓްތައް ހުއްޓާލުމުން ގެސްޓްންނަށް އާދެވެން އޮތްމަގު ބަންދުވީމަ ރައްޔެތުމީހާ ލޮލުގައެޅިވާލި އަނދުނެއް ހެންހީވޭ. މިހާރު ޕާޓީކުދިން ބުނާނެތާ އޯގާތެރި ރައީސޭ.