ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ސްޕެއިން އިން އިތުރު 832 މީހަކު މަރުވެއްޖެއެވެ.

ސްޕެއިން އިން އިތުރު 832 މީހަކު މި ބަލި ޖެހިގެން މަރުވެފައިވާއިރު، މިއީ އެއް ދުވަސް ތެރޭ މިގައުމުން މި ބަލި ޖެހިގެން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އެގައުމުން މި ބަލި ޖެހިގެން މިހާތަނަށް ޖުމްލަ 5,690 މީހަކު ވަނީ މަރުވެފައެވެ. އަދި އިތުރު 8,189 މީހެއްގެ ގައިން ބަލި ފެނިފައިވާ އިރު، މިހާތަނަށް އެ ގައުމުން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 72,248 އަށް އަރައިފައެވެ.

އެގައުމުން މިހާތަނަށް ބަލި ޖެހިގެން 12,258 މީހަކު ވަނީ ރަނގަޅު ވެފައެވެ. މި ބަލި ޖެހިގެން އައިސީޔޫގައި ފަރުވާ ދެމުން އަންނަނީ 4,165 މީހަކަށެވެ. ސްޕެއިން އަކީ މިހާތަނަށް އެންމެ ގިނަ މީޙުން ހާލު ދެރަވެގެން އައިސީޔޫގައި ފަރުވާ ދެމުން އަންނަ އެއް ގައުމެވެ.

ދުނިޔޭގެ 199 ގައުމަކަށް ކޮވިޑް-19 ފެތުރިފައިވާއިރު، ސްޕެއިން އަކީ މި ބަލި ފެތުރިގެން 2 ވަނަ އަށް އެންމެ ގިނަ މީހުން މަރުވެފައިވާ ގައުމެވެ. އަދި 4 ވަނަ އަށް އެންމެ ގިނަ މީހުން ފައްސި ވެފައިވާ ގައުމެވެ. ކޮވިޑް-19 ޖެހިފައިވާ ގައުމުތަކުން މިހާތަނަށް 6 ލައްކައަށް ވުރެ ގިނަ މީހުން ރިޕޯޓް ކޮށްފައިވާއިރު މި ބަލި ޖެހިގެން މިހާތަނަށް 28,231 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސުޓޫޑެންޓު

    ޗައިނާއިން ފޮނުވި ކިޓުތަކުގެ %70 ނަތީޖާ ނުބައިކޮށް ދައްކާ ކަމަށް ސުޕެއިންގެ މީޑިއާއިން އަންގަނީ
    ރާއްޖެއަށް ފޮނުވި ކިޓްތައްއަވަސްވީ ގޮތަކުން ނައްތާލާ