ކޮވިޑް-19 އަށް ޓެސްޓް ހެދުމަށް ޗައިނާގެ ކުންފުންޏަކުން ތައްޔާރު ކުރި ކިޓް ތަކުގެ މައްސަލަ އުޅޭ ކަމަށް ސްޕެއިންގައި ހުންނަ ޗައިނާ އެމްބަސީން ބުނެފިއެވެ.
ޗައިނާ އެމްބަސީން ބުނެފައިވަނީ ސްޕެއިންގެ ސަރުކާރުން ގަނެފައިވާ ޓެސްޓް ކިޓްތަކަކީ ހުއްދަ ދީފައިނުވާ ކުންފުންޏެއް ކަމަށްވާ ޝެންޒެން ބަޔޯއީޒީ ބަޔޯޓެކްނޮލޮޖީ އިން ގަނެފައިވާ ކިޓް ތަކެއް ކަމަށެވެ.
ސްޕެއިންގެ ސަރުކާރުން ބުނެފައިވަނީ އެ ކިޓްތައް ބޭނުން ކޮށްގެން ހަދާ ޓެސްޓްތަކަށް އެންމެ އެދެވޭ ނަތީޖާ ނުލިބޭ ކަމަށެވެ. އެ ކިޓްތަކުގެ އެކިއުރެސީ ލެވެލް ހުރީ 30 ޕަސެންޓްގައި ކަމަށެވެ. އެގޮތުން ޗައިނާ އަދި ދެކުނު ކޮރެއާއިން ފުރަތަމަ ގެނައި 9،000 ކިޓް ގެ ނަތީޖާ ދިމާ ނުވެގެން ވަނީ ފޮނުވާލެވިފައެވެ.
ސްޕެއިން އިން ޗައިނާއަށް ދީފައިވަނީ 5.5 މިލިއަން ކިޓްގެ އޯޑަރެކެވެ. އެއީ 466 މިލިއަން އެމެރިކާ ޑޮލަރެވެ. މިކަމާއި ގުޅިގެން އެކުންފުނިން ބުނެފައިވަނީ އެގޮތަށް ދިމާވެފައިވަނީ ބޭނުން ކުރަން ޖެހޭގޮތް ނޫން އެހެން ގޮތަކަށް ބޭނުން ކުރުމުން ކަމަށެވެ. އަދި ފޮނުވާލެވިފައިވާ ކިޓްތަކަށް އިތުރު ކިޓްތަކެއް ހޯދުމުގެ މަސައްކަތް އެގައުމުގެ ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ.
ސްޕެއިން އިން މިގޮތަށް ބުނެފައިވާއިރު، ޗައިނާ ކުންފުންޏަކުން ތުރުކީ ވިލާތައް ވިއްކާފައިވާ ބައެއް ކިޓް ތަކަށްވެސް ވަނީ މައްސަލަ ދިމާވެފައެވެ.
ކޮވިޑް-19 ސްޕެއިންގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނައިރު މިއަދު އެގައުމުން 6،529 މީހަކު ފައްސިވެފައިވާއިރު، ޖުމްލަ ފައްސިވެފައިވާ މީހުންގެ އަދަދަކީ 72،248 އެވެ. 552 މީހަކު ވަނީ ބަލި ޖެހިގެން މިއަދު މަރުވެފައިވާއިރު، މިހާތަނަށް 5،690 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ.
އަނެއްކާ ރާއްޖޭގައި ހުރީ ކޮންކަހަލަ ކިޓް ތަކެއްބާ؟؟؟ ???
ސަފީ ރު ބުނީ އޯކޭ ވާނޭ... ބޭނުން ކުރަން ޖެހޭގޮތް ނޫން އެހެން ގޮތަކަށް ބޭނުން ނުކުކުރ ރުމަށް އެދުނީ
ޗައިނާ ފޭކު، އަބަދުވެސް ޗައިނާ މީހުން އުޅޭނީ ފޭކު އެއްޗެއް ނުހެދިގެން،
ތިކަމެއް ނޭގެ ކޮއްކޮ އަތުގަައި ތި އޮތީ ވެސް ޗައިނާ ފޯނެއް... ޢެތާ ސަރުކާރުން ދޯ ބުނީ ވެސް ހުއްދަ ނުދޭ ތަނަކުން ހޯދި ތަކެތި ކަމަށް
ދެން އިންޑިޔާ ފާދިރީ ބުނިގޮތް ހަދަން ވީނު މިސަރުކާރުގެ ބައިނޑު މައިރިވާނީ ކިހާވަރެއް ގެ މުސީބާތެއް ކުރިމަތި ވީމަބާ!