ކޮވިޑް-19 ޖެހިގެން އިންޑިއާގެ ފާދިރީއަކު މަރުވުމާއި ގުޅިގެން އެގައުމުގެ ޕަންޖާބު ގައި 40،000 މީހުން ކަރަންޓީން ކޮށްފިއެވެ.

ކޮވިޑް-19 ޖެހިގެން އެގައުމުން މަރުވެފައިވަނީ 70 އަހަރުގެ ފާދިރީއެކެވެ. އެގައުމުގެ އޮފިޝަލުން ބުނެފައި ވަނީ އެ ފާދިރީ މީހާ މީގެ ކުރިން އިޓަލީ އަށާއި ޖަރުމަނަށް ގޮސްފައި އިންޑިއާއަށް ދިއުމުން ކަރަންޓީން ވާން ބުނެފައިވާނެ ކަމަށެވެ. އެހެން ނަމަވެސް އެގޮތަށް އޭނާ އަޑު ނަހާ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ. އޭނާގެ މަރަށް ހަފްތާއެއްވީ ފަހުން އޭނާގެ އާއިލާގެ 19 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ.

ކޮވިޑް-19 ގެ ސަބަބުން އޭނާ މަރުވުމުން ގިނަ ބަޔަކު ވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އެއީ އޭނާ މަރުވުމުގެ ކުރިންވަނީ ގިނަ އަދަދެއްގެ މީހުންނާއި އެކީ އެއްތަނަކަށް ޖަމާވެ އަޅުކަން ކޮށްފައި ވާތީއެވެ.

"މިހާތަނަށް އޭނާއާ ކޮންޓެކްޓް ވެފައިވާ 550 މީހަކު ވަނީ ފެނިފައި. މިހާރު 15 އަވަށެއް ވަނީ ބަންދު ކޮށްފައި" އެގައުމުގެ އޮފިޝަލަކު ބުންޏެވެ.

އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 640 އަށް އަރާއިރު އޭގެ ތެރެއިން 30 މީހުންނަކީ ޕަންޖާބުގެ މީހުންނެވެ. އެހެން ނަމަވެސް ކަމުގެ މާހިރުން ބުނެފައިވަނީ އެ ބަލި ޖެހުނު މީހުންގެ އަދަދު ގިނަ ވާނެ ކަމަށެވެ. އަދި އިންޑިއާއަކީ ދުނިޔެއަށް ބަލާއިރު އެ ބަލި ޓެސްޓް ކުރުން އެންމެ ދަށްކޮށް ދާ ގައުމުކަމަށެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ 21 ދުވަހުގެ ފުރަބަންދު (ލޮކްޑައުން) އެއް އިއުލާނު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަދިހާ

    އަޅެ މި އިންޑިޔާގެ ގެރި މޯދީކޮބާ ކެނެރީގެ ބުއްލަބެއާ އެއްގޮތަށް ބަލި ނުވަނީސް ރަޖާލީތަ މި ނުބާ ދެމީހުން އިތުރަން ނުބައި ކޮންދެއްވާފާންދޭ