ދުނިޔޭގެ ހުރިހާ ހިސާބެއްގައި ފެތުރެމުން އަންނަ ނުރައްކާތެރި ވަައިރަސް ކޮވިޑް-19ގެ ސަބަބުން ލަންކާ އިން މީހަކު މަރުވެއްޖެއެވެ.

މިއީ ކޮވިޑް-19ގެ ޝިކާރަ އަކަށްވެ ލަންކާ އިން މަރުވި ފުރަތަމަ މީހާ ކަމުގައިވާއިރު އޭނާ އަކީ އުމުރުން 60 އަހަރުގެ ޑައިބެޓީސް ޕޭޝަންޓެއްގެ އިތުރުން، ކިޑްނީ ޓްރާންސްޕްލާންޓެއްވެސް ހަދާފައިވާ މީހެކެވެ.

ލަންކާގެ ހުޅަނގު އުތުރުގައި އޮންނަ މަރަވިލަ އަށް ނިސްބަތްވާ އެ މީހާ މަރުވެފައި ވަނީ ކޮލަމްބޯގެ އައިޑީއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނިކޮށެވެ.

މިއީ ލަންކާ އިން މީހަކު މަރުވި ފުރަތަމަ ފަހަރު ނަމަވެސް، މިދިޔަ ބުރާސްފަތި ދުވަހު ލަންކާ އަށް ނިސްބަތްވާ ރައްޔިތަކު ވަނީ ވައިރަސް ޖެހިގެން ސްވިޒަލޭންޑުގައި މަރުވެފައެވެ.

ލަންކާ އިން މިހައިތަނަށް 113 މީހަކު ވައިރަހަށް ފައްސިވެފައި ވާއިރު އޭގެ ތެރެއިން 9 މީހަކު ވަނީ ފަރުވާ ދީގެން ރަނގަޅު ކޮށްފައެވެ. އަދި 199 މީހަކު މިވަގުތު އޮބްޒަވޭޝަންގައި އެބަހުއްޓެވެ.

ވައިރަސް ފެތުރުން ހުއްޓުވުމަށް ލަންކާގެ ސަރުކާރުން މުޅި ގައުމުގައި ކާފިއު އިއުލާންކޮށް، ފުލުހުން ލައްވައި މަގުތަކުގައި ދަނީ ފޯރިމަރަމުންނެވެ. ގިނަ ދިވެހިން އުޅޭ ކޮލަމްބޯގައި ކާފިއު ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް އިތުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދދދދދ

    އެދެނީ މިވަބާގައި އިތުރު މީހަކު މަރުނުވެ ލަންކާ ރައްޔިތުންވެސް މިކަމުން ސަލާމަތްވުން. އެކަމަކު ޓްރަމްޕް ޗައިނާއަށް ގޮވި އެއްޗިހި ދިވެހިންނަށް ގޮވާ މަލާމާތްކޮށް، ކުޑަ ތަނެކޭ ބޭހެއް ނުހުންނާނޭ ތިމަންމެންގެ ގައުމު ބޮޑޭ ވަސީލަތް އެބަހުއްޓޭ ކިޔާ ފާޑުފާޑު ވާހަކަ ދެއްކުން ހުއްޓާލަންޖެހޭ. ލަންކާއަށްވުރެ އިޓަލީ ކުޑައީތަ؟ އިރާދަކުރެއްވިއްޔާ ދިވެހިންނާއި މުޅި އިސްލާމީ ދުނިޔެ އަދި މުޅި އިންސާނިއްޔަތު މިވަބާއިން ސަލާމަތް ކުރައްވާށި!

  2. ހަބީބާ.

    ކޮބާރޭގަނޑު ޒިމެކޮ އް ފަތިސްވީމަ ނިދާޒުވާނުން ރޯދަމަހު ވަގަ އްކާ މީހުންކޮބާ އަދިވެސް ކިހާވަގުތެ އްބާ ﷲ ތިޔަ ފާފަވެރިންނަ އް ދޭންވީ އެކަމަކު ހަނދާން ކުރާތި މީފަހު ފުރުސަތު ކަމަ އްވެސް ވެދާނެ