ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން އިތުރު 280 މީހަކު މަރުވެއްޖެއެވެ.

މިއަދަދާއި އެކު އެގައުމުން މި ބަލި ޖެހިގެން މަރުވި މީހުން އަދަދު މިހާރު ވަނީ 1,019 އަށް އަރާފައެވެ. އެގައުމުން މިއަދު މި ބައްޔަށް 2,546 މީހަކު ފައްސި (ޕޮޒިޓިވް) ވެފައިވާއިރު މިހާތަނަށް އެގައުމުން ފައްސިވި (ޕޮޒިޓިވް) މީހުންގެ އަދަދު މިހާރު ވަނީ 17,089 އަށް އަރާފައެވެ.

މިއީ އެގައުމުން މިހާތަނަށް އެއްދުވަހެއްގެ ތެރޭގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އެގައުމުން މި ބަލި ޖެހިގެން އައިސީޔޫގައި 163 މީހަކަށް ފަރުވާ ދެމުން އަންނައިރު މިހާތަނަށް މި ބަލިން ރަނގަޅުވެފައިވަނީ އެންމެ 135 މީހެކެވެ.

އެގައުމުން މިއަދު އެންމެ ގިނަ މީހުން މަރުވެފައިވާއިރު، މީގެ ކުރިން އެންމެ ގިނަ މީހުން މަރުވެފައިވަނީ އިއްޔެއެވެ. އެގޮތުން އިއްޔެ އެގައުމުން ވަނީ 181 މީހަކު މަރުވެފައެވެ. އެހެން ކަމުން އިއްޔެ އަށް ވުރެ މިއަދު 99 މީހުން އިތުރެވެ.

މި ބަލި ފެތުރިގެން ގިނަ ގައުމުތަކުން މީހުން މަރުވަމުން އަންނައިރު އިނގިރޭސިވިލާތަކީ މި ބަލި ޖެހިގެން 3 ވަނަ އަށް އެންމެ ގިނަ މީހުން މަރުވި ގައުމުވެ. މިހާތަނަށް އެންމެ ގިނަ މީޙުން މަރުވެފައިވަނީ އިޓަލީންނެވެ.

ކޮވިޑް-19 ޖެހިގން މިއަދު މިހާތަނަށް 41 ގައުމަކުން 1,612 މީހަކު ވަނީ މަރުވެފައެވެ. އަދި 25,280 މީހަކު ފައްސި (ޕޮޒިޓިވް) ވެފައެވެ. ބަލި ފެތުރިފައިވާ ގައުމުތަކަށް ބަލާއިރު 199 ގައުމަކުން 621,592 މީހަކު ވަނީ ފައްސި (ޕޮޒިޓިވް) ވެފައިވާއިރު، 28,792 މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު