ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން އިޓަލީން އިތުރު 889 މީހަކު މަރުވެއްޖެއެވެ.

އިޓަލީ އަކީ މިހާތަނަށް ދުނިޔެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑް-19 ޖެހިގެން މީހުން މަރުވެފައިވާ ޤައުމެވެ. މިއަދު އެކަނިވެސް އެޤައުމުން އެތައް ސަތޭކަ ބަޔަކު މަރުވެފައިވާ އިރު މިހާތަނަށް މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 12384 އަށް އަރާފައެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމި އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިޓަލީން މިހާތަނަށް ޖުމްލަ 92472 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭތެރެއިން 5974 މީހަކު މި ވައިރަސް އަށް ފައްސިވެފައި ވަނީ ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައެވެ.

އެޤައުމުގައި ކޮވިޑް-19 ޖެހިގެން ފަރުވާދެމުންދާ ގިނަ އަދަދެއްގެ މީހުންގެ ތެރެއިން 3856 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ކަމަށް އިދާރާތަކުން ބުނެއެވެ.

އިޓަލީން ކޮވިޑް-19 އެންމެ ފުރަތަމަ ފެނިފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު