ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކާއި އެކު ކާބޯތަކެތި ލިބުން ދަތިވެ ދުނިޔެ ބަނޑަށްޖެހިދާނެ ކަމުގެ އިންޒާރު، އދ.ގެ ކާބޯތަކެއްޗައި ބެހޭ ޖަމިއްޔާ އިން ދީފިއެވެ.
އދ.ގެ ކާބޯތަކެއްޗާއި ބެހޭ ޖަމިއްޔާގެ އިގްތިސާދީ މާހިރެއް ކަމަށްވާ މެކްސިމިއޯ ޓޮރޭރޯ މިކަމާއި ގުޅޭގޮތުން ނޫސްތަކުގައި ވިދާޅުވެފައި ވަނީ، ދަނޑުވެރިކަން ރަނގަޅުވީކަމުގައި ވީނަމަވެސް ދަނޑުގޮވާކުރާ މީހުންގެ އަދަދު ވަރަށް މަދުވުމުން އެކަމުގެ އަސަރު މުޅި ދުނިޔެއަށް ކޮށްފާނެ ކަމަށެވެ. އެހެންކަމުން ކުރިޔަށް އޮތް ހަފްތާތަކުގައި ދުނިޔެއަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
"ބައެއް ޤައުމުތަކުން ރައްޔިތުން ގެއިން ބޭރަށް ނިކުތުން ވަނީ މަނާކޮށްފައި. މިކަމުގެ ސަބަބުން ދަނޑުވެރިންނާއި އެކަމާއި ގުޅުންހުރި މަސައްކަތް ކުރާ މަސައްކަތްތެރީންނަށް ޤާނޫނީ ގޮތުން އެ މަސައްކަތް ކުރެވޭކަށް ނެތް. މިއީވެސް ކުރިޔަށް އޮތް ތަނުގައި ދުނިޔެ އިން ކާބޯތަކެތި ލިބުމަށް ދަތިވާން މެދުވެރިވެދާނެ ކަމެއް،" ޓޮރޭރޯ ވިދާޅުވިއެވެ.
މީގެ އިތުރުން ކޮވިޑް-19 އާއި ގުޅިގެން ބައެއް ޤައުމުތަކުން ދަނޑުވެރިކަމާއި ގުޅުންހުރި ދާއިރާތަކަށް ޚާއްސަ އުސޫލުތަކެއް ކަނޑައަޅައި، ޤައުމުތަކުން ކާބޯތަކެތި ބޭރުކުރާ މިންވަރު ހިފެހެއްޓުމަކީވެސް ފަހަކަށް އައިސް ފާހަގަކުރެވިފައިވާ ކަމެއް ކަމަށާއި، އެކަމުންވެސް ދުނިޔޭގެ ބައެއް ހިސާބުތަކަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވުމުގެ ފުރުސަތު އެކަމުން ބޮޑުވާނެ ކަމަށް ޓޮރޭރޯ ވިދާޅުވިއެވެ.
ވީމާ ޤައުމުތަކަށް ކާބޯތަކެތި ފޯރުކޮށްދޭ ޤައުމުތަކުން މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށާއި، ކާބޯތަކެތި އުފެއްދުމަށް ކުރާ މަސައްކަތް ނުހުއްޓޭނެފަދަ އުސޫލުތައް އެކުލަވާލުމަކީ މުޙިންމު ކަމެއް ކަމަށް ޓޮރޭރޯ ވިދާޅުވެފައި ވެއެވެ. ޓޮރޭރޯ ވަނީ ދުނިޔެއިން ކާބޯތަކެތި ލިބުން ދަތިވެ އިތުރު ހާސްކަމަކަށް ގޮސްދާނެފަދަ އެފަދަ ފިޔަވަޅުތައް ޤައުމުތަކުން ނޭޅުމަށް އެދިފައެވެ.
ކޮވިޑްގެ ނުރައްކަލަށް ދުނިޔެ ހުށަހެޅި، ހީނުކުރާ މިންވަރަކަށް މި ވައިރަސްގެ ގެއްލުމާއި ދުނިޔެ ކުރިމަތިލަމުންދާ މި ދަނޑިވަޅުގައި ކާބޯތަކެތި ގަންނަ ފަރާތްތަކާއި ބޭނުންކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ކާބޯތަކެއްޗާއި ބެހޭ ޖަމިއްޔާ އިން ކުރިން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ގިނަ އަދަދަކަށް ތަކެތި ގަނެ ރައްކާ ކުރުންފަދަ ކަންކަން ކުރުމަކީ އޭގެ ނޭދެވޭ އަސަރު ގިނަ ބަޔަކަށް ކޮށްފާނެ ކަމެއް ކަމަށް އެޖަމިއްޔާއިން ކުރިން ބުނެފައި ވެއެވެ.
ސޯލިޙޫ މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަސައްކަތް ފަށަން އުޅޭ. މިހެން ތިބެގެން ކަމަކު ނުދާނެ.
ކުރީދުވަހު އިބުރޭ ޓީވީއަށް އަރާފަބުނި ބޭންކްގަ ލާރި އެބަހުއްޓޭ ދިވެހިން ބަނޑަކަށް ނުޖެހޭނެއޭ.
ކޮވިޑާއި ގުޅިގެން ކާބޯތަކެއްޗަށް ޖެހިދާނެ ކަމުގެ އިންޒާރު. ކޮވިޑާއި ގުޅިގެން މަސްތުވާ ތަކެއްޗައް ޖެހިދާނެ ކަމުގެ އިންޒާރު ދިވެހިރާއްޖެއައް ލިބިއްޖެ ނަމަ ކިހާ ރަންގަޅު. މިއަދުވެސް ރޯދަޔައް ގެއަށް ގަނެފަ ހުރި ކާޑު ކޮޅު މަސްތުވާ ތަކެތި ގަންނަން ލާރި ހޯދުމުގެ ނިޔަތުގަ ވިއްކާލީ ގޭގަ އޮންނަ ކެޔޮގަންޑު ވަގަށް ގެންދަނީ ރުކުގަ އޮންނަ ކާއްޓާއި ކުރުނބާ ކޮޅުވެސް ގެންދަނީ މިކަމައް ސަރުކާރުވެސް އޮތީ ނިދިފަ ކިތަންމެ ފަހަރަކު ޕޮލިހައް މައްސަލަ ހުށަހެޅިޔަސް މިއިން މީހަކު ހައްޔަރެއް ވެސް ނުކުރެވޭ މަސްތުވާ ތަކެތި ވިއްކާ މީހުންނާއި މަސްތުވެގެން މަމަތީގަ ހޭބަލިވެގެން އުޅޭ މީހުންނާއި ހެދީ ރައްޔަތުން މި އުޅެނީ އަންގަޔާ އަތާ ދިމާ ނުވެގެން.
މަމެންގެ އަތު އެބަހުރި ހާސްވާކަށް ނުޖެހޭ! ތިޔައީ ބިރުގަންނަވަން ދައްކާވާހަކަ،
މި އުޅެނީ އާއްމު ރައްޔިތުމީހާގެ މުދާކޮޅާ ފުރާނަ ސަލާމާތްތެރިކަމާއެކު ބަލަހައްޓާދޭނެ ޤާނޫނެއް މަޖިލީހުން ފާސްކޮށްދޭނެ ދުވަހަކަށް.... ނޫނީ.... ހަށިފާރަވެރިންނާއި ސީސީ ކެމެރާތަށް އާދައިގެ ރައްޔިތުމީހާއަށްވެސް ފޯރުކޮށްދެއްވާ....
އިބޫވެސް މީހަކު ލިޔެފައި އޮތް އެއްޗެއް ކިޔާލަނީ އެގައި އޮތް އެއްޗަކާ ހާލަތާ ދިމާވޭތޯ ނުބައްލާ ކަމަ ވިދާޅުވަނީ މާފަހުން މިއިގެނީ މީކިޔަން ވާބަރުގެ އެއްޗެއް ނޫންކަން