ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ރަޝިއާ އިން ބޭހެއް އުފައްދާފައިވާ ކަމަށް ރަޝިއާގެ ފެޑްރަލް މެޑިކަލް ބައިލޮޖިކަލް އެޖެންސީ (އެފްއެމްބީއޭ) އިން ބުނެފިއެވެ. ނަމަވެސް މިބޭސް ބޭނުން ކުރަން ފަށާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އެފްއެމްބީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ރަޝިއާގެ ސައިންސްވެރިން އުފައްދި ބޭސް ވެގެން ދާނީ ކޮވިޑް-19 މުޅި ދުނިޔޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ކޮންޓްރޯލް ކުރެވޭނެ ބޭހަކަށް ކަމަށެވެ. ބޭހާއި ގުޅޭ ގޮތުން އަދި އިތުރު މައުލޫމާތުތަކެއް އެޖެންސީން އިއުލާން ކޮށްފައެއް ނުވެއެވެ.

ރަޝިއާގެ ހެލްތު މިނިސްޓްރީން ވަނީ ކޮވިޑް-19 އަށް ވެކްސިނަކާއި ބޭހެއް އުފެއްދުމުގައި ރަޝިއާގެ ސައިންސްވެރިން ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް މީގެ ހަފްތާއެއް ކުރިން ބުނެފައެވެ.

ރަޝިއާގެ ރައީސް ބްލަޑިމިއާ ޕޫޓިން ވަނީ ތިން މަސް ދުވަސް ވުމުގެ ކުރިން ކޮވިޑް-19 އިން ސަލާމަތް ވެވޭނެ ކަމަށް ބުރާސްފަތި ދުވަހު ވިދާޅުވެފައެވެ. ރަޝިއާގެ ވިޔަފާރިވެރިންތަކަކާއި ބައްދަލުކޮށް ޕޫޓިން ބުރާސްފަތި ދުވަހު ވިދާޅުވީ ކޮވިޑް-19 އިން ސަލާމަތްވާން ވަރަށް ގިނަ ދުވަސް ހޭދަވާނެ ކަމަށް ބައެއް މީހުން ބުނަމުންދާ ކަމަށާއި ނަމަވެސް ބަލީގެ މައްޗަށް ތިން މަސް ދުވަސް ވުމުގެ ކުރިން ކުރިހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އަހަރެމެން ކޮރޯނާ ވައިރަސް ބަލި ކުރާނަން ދެމަސް ދުވަސް ނުވަތަ ތިން މަސް ދުވަސް ވުމުގެ ކުރިން. މިއީ ވަރަށް ރަނގަޅަށް ކޮށްފައިވާ ލަފާކުރުމެއް. ފަހަރުގައި އެއަށްވުރެ އަވަހަށް ވެސް ވައިރަސްގެ މައްޗަށް ކުރި ހޯދިދާނެ." ޕޫޓިން ވިދާޅުވިއެވެ.

ރަޝިއާ އިން މިހާތަނަށް 1264 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން 04 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އެނޯ

    الحمدلله

    103
  2. ރޭމްރޭމަން

    އަލްޙަމްދުލިއްﷲ! މާތްﷲ އިރާދަކުރެއްވިއްޔާ ތި ބޭސް ވާނީ މުޅި އިންސާނިއްޔަތަށް ހުރި ޝިފާއަކަށް! އިންޝާﷲ!

    180
    2
  3. އިބްރާހީމް

    ﷲ އަށް ޙަމްދު ހުރި! އަވަހަށް ތިޔަބޭހުގެ ފަރުވާ ލިބޭނޭ ގޮތް މިންވަރު ކޮށްދެއްވާ އިންސާނީ ދަރިފަސްކޮޅަށް ކުރިމަތިވެފައިވާ މިވަބާއިން ސަލާމަތްވުމުގެ ހެޔޮތައުފީޤު މިންވަރު ކޮށްދެއްވާށި!

    167
    1
    • ާހެޔޮއެދޭ

      އާމީން

      97
  4. ހުވަދޫ

    ޢަލްހަމްދުލި އް ލާހު

    90
  5. ޢަންސާރު

    ޢެހެން އެއްޗެއް ހޯދޭނީ

    4
    24
  6. ޢަންސާރު

    ކާފަރުން މިއީ ބޭކާރު ބައެއް

    4
    34
  7. ނަސްރު

    "އަހަރެމެން ކޮރޯނާ ވައިރަސް ބަލި ކުރާނަން ދެމަސް ދުވަސް ނުވަތަ ތިން މަސް ދުވަސް ވުމުގެ ކުރިން.

    3
    7
  8. مقدمة

    ކޮބާ އެއުޅޭ ތުރަންބެ އޭނާ ކީކޭ ކިޔަނީ

    7
    3
  9. ދިވެހި

    ރައީސް ބްލަޑިމިއާ ޕޫޓިން ހިހިހިހހި

    7
    1
  10. ޙ

    އިންޝާ ﷲ