މިހާރު މުޅި ދުނިޔޭގައި ފެތުރެމުން އަންނަ ކޮވިޑް-19 ނަމަކަށް ކިޔާ ނނުރައްކާތެރި ވައިރަހަށް އިނގރޭސި ވިލާތުގެ ގިނަ ބަޔަކު ފައްސިވެ، އެބަލީގައި މީހުން މަރުވަމުން އަންނަ ރޭޓު މައްޗަށް ދާން ފެށުމާއި އެކު، ކުރިއަށް އޮތް ތިން މަހަށްވެސް އިނގިރޭސިވިލާތުގެ ގައުމުތައް ލޮކްޑައުން ކޮށްފައި ބާއްވަން ޖެހިދާނެ ކަމުގެ އިންޒާރު އެގައުމުގެ ސީނިއަރ ހެލްތު ޗީފް ދީފިއެވެ.

އިނގިރޭސިވިލާތުން 1019 މީހުން މިހާތަނަށް ކޮވިޑް-19 ޖެހިގެން މަރުވެއްޖެއެވެ. އަދި 17،089 މީހުން ވަނީ ވައިރަހަށް ފައްސިވެފައެވެ. މިއަދު އެގައުމުގެ ބޮޑުވަޒީރު ޖޯންސަން ވަނީ އިތުރަށް ކަންކަން ގޯސްވެދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

"އިނގިރޭސީން އަންނަ ޖޫން މަހާއި ހަމަޔަށް މިހެން ކަންކަން ދާކަމުގައިވާ ނަަމަ ކޮރޯނާ ވައިރަހުގެ ސަބަބުން ލޮކްޑައުންގައި ތިބެން ޖެހިދާނެ. އަދިވެސް މިކަން ކޮންޓްރޯލް ކުރެވޭ ހާލަތަކަށް ނުދޭ. ކަންކަން ދަނީ އިތުރަށް ގޯސްވަމުން" އެގައުމުގެ ސީނިއަރ ހެލްތު ޗީފް ކްރިސް ވިޓީ ވިދާޅުވިއެވެ.

މި ފެށޭ މަހުގެ ތެރޭގައި އެގައުމުން 5700 މީހުން މަރުވާނެ ކަމަށް މިހާރު ވެސް ވަނީ ލަފާކޮށްފައެވެ.

އިނގިރޭސިވިލާތް ފުރަބަންދު (ލޮކްޑައުން) ކޮށްފައި ވަނީ މީގެ ފަސް ދުވަސްކުރިން ތިން ހަފްތާގެ މުއްދަތަކަށެވެ. ފުރަބަންދު ކޮށްފައި އޮތް ނަމަވެސް ކޮންމެހެން ކޮންމެހެން ގަންނަން ބޭނުންވާ ކާބޯތަކެތި ގަތުމަށާއި، ކޮންމެ ދުވަހަކު އެއް ފަހަރު ކަސްރަތު ކުރުމަށާއި، ބޭސްފަރުވާއަށް ކޮންމެހެން ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ގެއިން ނިކުތުމަށާއި އަދި ވަޒީފާ އަށް ދިއުމަށް ނުވަތަ ވަޒީފާ އިން އެނބުރި ގެއަށް ދިއުމަށް މަގުމައްޗަށް ނިކުތުމުގެ ހުއްދަ އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަބުރު?

    އޭ ކޮރޯނާ ދޭ ކޮރޯނާ?