ސްރީލަންކާ އިން، އިންޑިއާ އަށް ދިޔަ މީހަކު ގޭގައި ކަރަންޓިންކޮށްފައި ހުއްޓައި ގެެއިން ފިލައިގެން ދުވެފައި ގޮސް، އުމުރުން ދުވަސްވީ އަވަށްޓެރިއެއްގެ ކަރުގައި ދަތް އަޅައި، އެ އަންހެން މީހާ މަރާލައިފިއެވެ.

އިންޑިއާގެ ރިޕޯޓްތައް ބުނާ ގޮތުގައި، އެ ފިރިހެން މީހާ ދަތް އަޅާފައި ވަނީ އުމުރުން 80 އަހަރުގެ އަންހެނެއްގެ ކަރުގައެވެ.

އެ ހަދިސާގައި އެ އަންހެން މީހާގެ ކަރުގައި ޒަހަމްތަކެއް ހުރިއިރު، މިދިޔަ ހުކުރު ދުވަހު ރޭގަނޑުގެ ވަގުތެއްގައި އެ މީހާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އޭނާއަށް އެ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، އިއްޔެގެ ވަގުތެއްގައި ވަނީ މަރުވެފައެވެ.

ކަރަންޓީންކޮށްފައި ހުއްޓާ ފިލައިގެން ދިޔަ އެ ޒުވާނާއަކީ ވިޔަފާރި ކުރުމުގައި އުޅޭ މީހެކެވެ. އެ މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ކޮވިޑް-19 އާ ގުޅިގެން ބޭރު ގައުމަކުން އިންޑިއާ އަށް އަންނަ ކޮންމެ މީހަކު ވަކި މުއްދަތެއް ވަންދެން ކަރަންޓީނު ކުރެއެވެ. އެއީ ކަމާއި ގުޅުން ހުރި ޖަމިއްޔާތަކުންވެސް އެގޮތަށް އަންގާފައިވާތީއެވެ. އެެހެންވެ އެ އުސޫލުގެ ދަށުން އެ މީހާވެސް ކަރަންޓިން ކުރީއެވެ.

ނަމަވެސް މިދިޔަ ހުކުރު ދުވަހުގެ ހަވީރު، އެ މީހާ ކުއްލިއަކަށް ހުރެފައި ގެއިން ނުކުމެ، މަގުމަތީގައި ދުވަން ފެށީއެވެ. އެކަމާއި އާއިލާއިންވެސް ތިބީ ހައިރާންވެފައެވެ. އޭނާގެ ބައްޕަވެސް އޭނާ އަތުލެވޭތޯ މަސައްކަތް ކުރި ކަމަށް ވެއެވެ.

އެންމެ ފަހުން އޭނާ ވަނީ މަގުމަތީގައި އިން އަންހެނެއްގެ ކަރުގައި ވަރަށް ބާރަށް ދަތް އަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އިލްމާ

    އަނެއްކާ މި ބަލި (ޒޮމްބީ) އަށް ވެސް ބަދަލުވަނީ ތޯ!

    35
    1
  2. އަހަންމަދޭ

    ތިޔައީ ކޮވިޑްނަވާރައިގެ ސަބަބުން ވީކަމެއްކަމައްވަންޏާ ވަރައްބިރުބޮޑު

    18
  3. ލާލާ

    ކުއްލިއަކަށް ނުކުމެ ދުވަންފެށީއޭ؟؟ ތިވާނީ މެންޓަލް ހެލްތް ހުއްނަ މީހަކަށް ހަމަހޭގަ ހުއްނަ މީހަކު ދަތެއް ނާޅާނެ

    13
    1
  4. ނާތް

    ޝައްކު

  5. އަހްމަދު

    އޭނަގެ ދަތްޕިލަ އުފުރާލާ

    11