ކޮވިޑް-19 ޖެހިގެން ސްޕެއިން އިން އިތުރު 838 މީހަކު މަރުވެއްޖެ އެވެ.

މިހާތަނަށް އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 6528 އަށް އަރާފައެވެ.

އެ ގައުމުން އިތުރު 6549 މީހަކު މި ވައިރަސްއަށް ފައްސިވެފައިވައިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 78797 އަށް އަރާފައެވެ.

ފާއިތުވެދިޔަ ތިން ދުވަހަށް ބަލާއިރު، އެ ގައުމުން ކޮވިޑް-19އަށް ފައްސިވެފައިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަނީ ދަށްވަމުންނެވެ.

ސްޕެއިން އިން އިއްޔެ ކޮވިޑް-19 ޖެހިގެން މަރުވެފައި ވަނީ 844 މީހެކެވެ. މި މަހުގެ 27 ވަނަ ދުވަހު މި ވައިރަސް ޖެހިގެން މަރުވެފައި ވަނީ 773 މީހުންނެވެ.

މިއަދު މިއީ އެ ގައުމުން ކޮވިޑް-19 ޖެހިގެން ދެވަނައަށް އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

ދުނިޔޭގެ 199 ގައުމަކަށް ކޮވިޑް-19 މިހާރު ވަނީ ފެތުރިފައެވެ. ސްޕެއިން އަކީ މި ބަލި ފެތުރިގެން 2 ވަނަ އަށް އެންމެ ގިނަ މީހުން މަރުވެފައިވާ ގައުމެވެ. އަދި ހަތަރު ވަނައަށް އެންމެ ގިނަ މީހުން ފައްސިވެފައި ވަނީވެސް ސެޕެއިނުންނެވެ.

މީގެ އިތުރުން، މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު 677,705 އަށް އަރާފައިވާއިރު، މި ބަލިން ރަނގަޅުވެފައި ވަނީ، 146,319 މީހުންނެވެ.